ކޮވިޑާ ހެދި ޔުނައިޓެޑަށް އުނދަގޫތަކެއް ދިމާވި: ރަންގްނިކް

Dec 30, 2021, 10:34 AM
ކޮވިޑާ ހެދި ޔުނައިޓެޑަށް އުނދަގޫތަކެއް ދިމާވި: ރަންގްނިކް

މެންޗެސްޓާ (ޑިސެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ އަށް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދެވޭ ސަބަބަކީ ކޮވިޑް-19އާ ހެދި ކުރިމަތިވެފައި އޮތް ހާލަތު ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ޖަރުމަނު ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

ރަންގްނިކް، 63، ޔުނައިޓެޑް ކޯޗުކަމާ ހަވާލުވީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. ރަންގްކިން ހަވާލުވި ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ރަންގްނިކް ހަވާލުވި ފަހުން ޔުނައިޓެޑް ވަނީ ފުރަތަމަ ތިން މެޗުގައި ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސްއާ އެއްވަރުވެ، ޕްރިމިއާ ލީގުގައި ނޮރިޗް ސިޓީ އާއި ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ކުޅެން އޮތް ބްރައިޓަން އާއި ބްރެންޓްފޯޑް މެޗު ވަނީ ކޮވިޑްގެ ސަބަބުން ފަސްކޮށްފަ އެވެ.

ފަސްކުރި މެޗުތަކަށް ފަހު ޔުނައިޓެޑުން އަލުން އެނބުރި އައިސް ކުޅުނު މެޗުގައި ރެލިގޭޝަންގައި އޮތް ނިއުކާސަލާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ މެޗަށް ތައްޔާރުވުމުގެ ތެރެއިން ކޮވިޑްގެ ކޭސްތަކަކާ ހެދި ޔުނައިޓެޑްގެ ޓްރެއިނިން ދަނޑު ވެސް ބަންދުކޮށްފައިވެ އެވެ. ކޮވިޑްގެ ހާލަތާ ހެދި އުނދަގޫތަކެއް ކުރިމަތިވިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރަންގްނިކް ބުނީ އެކަން ދިމާވި ކަމަށެވެ.

"ތެދެއް ތިބުނީ. އަހަރެމެންނަށް އެކަށީގެންވާ ސްޕީޑާއި އިންޓެންސިޓީ އަށް މަސައްކަތްކުރެވޭ ވަރަށް ޓްރެއިނިން ނުގެންދެވޭ، އެންމެ ފަހުން ތިން ޓްރެއިނިން ސެޝަންގައި މަސައްކަތްތަކެއް ކުރެވުނު. އެކަމަކު، އެއީ ބޭނުންވާ ވަރަކަށް ނޫން. މީގެ އެބަހުރި (ކޮވިޑް-19އާ ހެދި) ގޮންޖެހުންތަކެއް،" ރަންގްނިކް ބުންޏެވެ.

ކުރިން ހޮފެންހައިމް އާއި ޑޯޓްމަންޑަށް ކޯޗުކޮށްދިން ރަންގްނިކް ބުނީ އޭނާ ބޭނުންވާ ސިސްޓަމަށް ކުޅެން ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ. ސީޒަނެއްގެ މެދުތެރެއިން ޓީމެއް ކުޅެމުން އައި ސިސްޓަމެއް ބަދަލުކުރަން ބަލާއިރު ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ރަންގްނިކް ވެސް ގަބޫލުކުރެ އެވެ.

ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 17 މެޗުން 28 ޕޮއިންޓާ އެކު އެވެ. މިރޭ އަމިއްލަ ދަނޑުގައި ބާންލީ އަތުން ޔުނައިޓެޑް މޮޅުވެއްޖެނަމަ ލީގުގެ ހަ ވަނަ އަށް އެ ޓީމު ޖެހިލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox