ޗައިނާގެ ބައިޑޫ އިން އާ އެޕަކާ އެކު މެޓަވާސްގެ ދުނިޔެ އަށް

ބައިޑޫގެ ލޯގޯ.

ބައިޑޫގެ ލޯގޯ.

ޗައިނާގެ ޓެކް ކުންފުނި ބައިޑޫ އިން އުފެއްދި ވާޗުއަލް ރިއެލިޓީ އެޕަކާ އެކު މެޓަވާސްގެ ދުނިޔެ އަށް ވަނުމުގެ މަސައްކަތް ފަށައިފި އެވެ.

މިހާރު ދުނިޔޭގައި ބޭނުންކުރާ ވެބްގެ މައްޗަށް މެޓަވާސް އިން ކުރި ހޯދާނެކަމަށް ލަފާކުރަމުން ދާއިރު، ނައިކީ އާއި ފެރާރީ ފަދަ ބްރޭންޑްތަކުން ވެސް ވަނީ ވާޗުއަލް ދުނިޔެ އަށް ވަންނަން މަސައްކަތް ފަށާފަ އެވެ.

ޗައިނާގެ ކުންފުނިތަކުގެ ތެރެއިން ބައިޑޫ އިން މެޓަވާސްގެ ދުނިޔެ އަށް ވަންނަން އުފެއްދީ ޒިރާންގް ނަމަކަށް ކިޔާ އެޕެކެވެ. ޒިރާންގްގެ މާނައަކީ އުއްމީދުގެ ބިމެވެ.

"ޗައިނީޒް ގޫގްލް" ގެ ނަމުން މުހާތަބު ކުރާ ބައިޑޫ އިން ވަނީ އެ އެޕްގެ އެހީގައި ވާޗުއަލް ދުނިޔޭގައި ކޮންފެރެންސެއް ބާއްވާފަ އެވެ. ސްމާޓްފޯނާއި، ކޮމްޕިއުޓަރު އަދި ވާޗުއަލް ރިއެލިޓީ ގޮގްލްސްގެ އެހީގައި އެޕް ބޭނުންކުރެވޭނެ އެވެ.

ކޮންފެރެންސް ކުރިއަށް ދިޔައީ ބައިޑޫގެ ކޯފައުންޑަރު އަދި ޗީފް އެގްޒެކްޓިވް ރޮބިން ލީ އާއި 3ޑީ އެވެޓާ ހިމެނޭ އޯޑިއެންސަކާ އެކު އެވެ.

ބައިޑޫގެ ޒީރާންގް ޕްލެޓްފޯމްގެ ސްކްރީންޝޮޓެއް.
ބައިޑޫގެ ޒީރާންގް ޕްލެޓްފޯމްގެ ސްކްރީންޝޮޓެއް.

ބައިޑޫގެ ޒީރާންގް ޕްލެޓްފޯމްގެ ސްކްރީންޝޮޓެއް.

ބައިޑޫ އިން ބުނީ އެޕްލިކޭޝަންގެ މަސައްކަތް އަދިވެސް އުޅެނީ ފުރަތަމަ މަރުހަލާގައި ކަމަށާއި ފުރިހަމަ އެޕެއް ލޯންޗުކުރަން ހަ އަހަރު ހޭދަވާނެ ކަމަށެވެ.

އެޕް ބޭނުންކުރާ މީހުންނަށް ޑިޖިޓަލް ކެރެކްޓާޢެއް އުފައްދައިގެން، 3ޑީ ދުނިޔެއެއްގައި އެކަކު އަނެކަކާ މުއާމަލާތު ކުރެވޭނެ އެވެ.

ބައިޑޫ އިން ބުނީ އެއް ޑިޖިޓަލް ސްޕޭސްގައި 100،000 އެއްހާ މީހުންނަށް އެއް ފަހަރާ އުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެ އެޕް ބޭނުން ކުރެވޭނީ ހަމައެކަނި ޗައިނާގަ އެވެ.

އެޕް މެދުވެރިކޮށް ވާޗުއަލް މައުރަޒުތަކާއި ޑައިވްކުރަން ދަސްކުރުމާއި ޑިޖިޓަލް ސިވިމިން ޕޫލެއްގައި ފެތުން ފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭނެ އެވެ.

ބައިޑޫގެ ވާޗުއަލް ރިއެލިޓީ ކޮންފެރެންސްގައި ދައްލާލި އޭއައި އުފެއްދުންތައް.
ބައިޑޫގެ ވާޗުއަލް ރިއެލިޓީ ކޮންފެރެންސްގައި ދައްލާލި އޭއައި އުފެއްދުންތައް.

ބައިޑޫގެ ވާޗުއަލް ރިއެލިޓީ ކޮންފެރެންސްގައި ދައްލާލި އޭއައި އުފެއްދުންތައް.

"މުޅިން އާ ވާޗުއަލް ދުނިޔެއެއްގައި" ލިބޭ ފުރުސަތުތައް ފާހަގަވެ، ބޮޑެތި ޑިޖިޓަލް ކުންފުނިތަކުން ވަނީ އެ މާކެޓުގެ ތެރެއަށް ވަންނަން މިސްރާބު ޖަހާފަ އެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ފޭސްބުކް އިން ވަނީ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކޮށްފަ އެވެ. ބައިޑޫގެ އިތުރުން ޗައިނާގެ އެހެން ކުންފުނިތަކުން ވެސް އަންނަނީ ވާޗުއަލް ދުނިޔެ އަށް ވަންނަން މަސައްކަތް ކުރަމުންނެވެ.

ޓިކްޓޮކްގެ ކުންފުނި ބައިޓްޑާންސް އިން ވަނީ ވާޗުއަލް ރިއެލިޓީ ސިނާއަތުގެ ގިނަ ކުންފުނިތަކަށް އިންވެސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި ވާޗުއަލް ރިއެލިޓީ ހެޑްސެޓް އުފައްދާ ޕީކޯ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox