އާޓެޓާ ދެ ވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް، ސިޓީ މެޗު ގެއްލޭނެ

Dec 30, 2021, 9:36 AM
އާޓެޓާ ދެ ވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް، ސިޓީ މެޗު ގެއްލޭނެ

ލަންޑަން (ޑިސެމްބަރު 30) - އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެ، އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮަޅަށް އާސެނަލް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން ބެންޗަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އާޓެޓާ ކޮވިޑަށް ޕޮޒިޓިވްވުމުން، ސިޓީއާ ދެކޮޅަށް ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އާސެނަލް ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު އަލްބާޓް ސްޓުވިވަންބާގް އަދި ސްޓީވް ރައުންޑެވެ.

މިދިޔަ އަހަރުގެ މާޗު މަހު ވެސް އާޓެޓާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ފަހަރު އާޓެޓާ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު އެ ކްލަބް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

އާޓެޓާ، މި ފަހަރު ކޮވިޑަށް ޕޮޒިޓިވްވިއިރު، ފަހަކަށް އައިސް އާސެނަލުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އާސެނަލް މި ވަގުތު ލީގުގެ ހަތަރު ވަނަ މަގާމުގައި އޮތްއިރު، ވަރަށް އަވަހަށް އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، އެސްޓަން ވިލާގެ ކޯޗު ސްޓީވަން ޖެރާޑް އަދި ކްރިސްޓަލް ޕެލެސްގެ ކޯޗު ޕެޓްރިކް ވިއޭރާ އަށް ވެސް ވަނީ ދާދި ފަހުން ލީގުގެ މެޗުތަކެއް ގެއްލިފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާ އާސެނަލްގެ ޓާގެޓަކީ މި ސީޒަނުގެ ގަދަ ހަތަރަކާއި ޓްރޮފީއެއް ހޯދުން ކަމަށް އާޓެޓާ ވަނީ މީގެ ކުރިން ބުނެފަ އެވެ. އެ އަމާޒަށް ވާސިލްވާން ކުޅުންތެރިން ފަހަކަށް އައިސް ދައްކާ ކުޅުމަށް އާޓެޓާ ވަނީ ތަރުހީބު ދީފަ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox