ޝަކުވާނުކޮށް ކޮށްދިން ކަންކަން ބަލައިގަންނަން ޖެހޭނެ: އަސްލަމް

މިނިސްޓަރު އަސްލަމް: ރައީސް ސޯލިހްގެ ސަރުކާރަކީ ރައްޔިިތުންގެ އަޑު ކަނުލާ އަހާ ރައްޔިތުން އެދޭ ގޮތަށް ކަންކަ ކުރުމަށް އިޖާބަދޭ ސަރުކާރެއް ކަމަށް މިނިސްޓަރު ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު އަސްލަމް: ރައީސް ސޯލިހްގެ ސަރުކާރަކީ ރައްޔިިތުންގެ އަޑު ކަނުލާ އަހާ ރައްޔިތުން އެދޭ ގޮތަށް ކަންކަ ކުރުމަށް އިޖާބަދޭ ސަރުކާރެއް ކަމަށް މިނިސްޓަރު ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ސަރުކާރަކުން ވެސް ކޮށްދީފައިވާ ކަންކަމާ ޝަކުވާނުކޮށް ބަލައިގަންނަން ޖެހޭ ކަމަށް ޕްލޭނިން، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމް ކުރުމަށް ހަވާލު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ތަރައްގީގެ މަސައްކަތް ނިމެން އަދި ގާތް ވެސް ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި އެ ރާސްތާގައި ވަރަށް ދުރަށް އާދެވިފައިވާ ކަމަށެވެ. އަދި އެކަމުގައި އެކި ޒަމާންތަކުގައި ހިދުމަތްކޮށްދެއްވާ މިހިސާބަށް ގެނެސްދެއްވި ވެރިންނަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަބަދު ޝަކުވާ, އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ޝަކުވާ ކުރަންވެސް ޖެހޭނެ. ނަމަވެސް ކުރެވުނު ކަންކަން ބަލައި ގަންނަން ޖެހޭނެ, އެއި ކޮންމެ ބަޔަކު ކުރި ކަމެއް ވިޔަސް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ބަޔަކު ކޮށްދޭ މަސައްކަތްތައް ވެސް ބަލައިގަންނަ ބަޔަކާއި ބަލައި ނުގަންނަ ބަޔަކު އުޅޭނެ ކަމަށެވެ. އަދި އެކަން އެނގިހުރެ އެއީ ނުވާ ކަމަކަށް ހަދާ ބަޔަކު ވެސް އުޅޭނެ ކަމަށެވެ.

ނަމަވެސް, އެ އެންމެންނާއެކު ވެސް މަސައްކަތްކޮށް އުޅެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަޒަރުގައި ރައީސް ސޯލިހްގެ ސަރުކާރަކީ ރައްޔިިތުންގެ އަޑު ކަނުލާ އަހާ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަށް އިޖާބަދޭ ސަރުކާރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އުޖާލާ މުސްތަގްބަލެއް ފެންނާނީ ކުރެވިފައި ހުރި ކަންކަން ދެނެގަނެ އެކަން ބަލައިގަނެ އޭގެ ފަހުރުވެރިކަމާއެކު ކުރިއަށް ދިނުމުގެ އުންމީދުގައި މަސައްކަތް ކުރުމުން ކަމަށެވެ.

މިއަދު ބޭއްވި އެ ހަފްލާގައި ޖުމްލަ ތިން ކުންފުންޏަކާ ހަވާލުކުރީ 23 ރަށުގެ ފެނާއި 16 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 920 މިލިއަން ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox