އެއާޓްރެފިކް ކޮންޓްރޯލަރުން ރާއްޖޭގައި ތަމްރީނު ކުރުމުގެ ފުރުސަތު

އެމްއޭސީއެލްގައި އިއްޔެ ގާއިމުކުރި އޭޓީސީ ޓަވާ ސްޓިމިއުލޭޓާ އާ ބެހޭ މައުލޫމާތު ދެނީ. -- އަދަދު ފޮޓޯ: މުހައްމަދު ޝާބިން

އެމްއޭސީއެލްގައި އިއްޔެ ގާއިމުކުރި އޭޓީސީ ޓަވާ ސްޓިމިއުލޭޓާ އާ ބެހޭ މައުލޫމާތު ދެނީ. -- އަދަދު ފޮޓޯ: މުހައްމަދު ޝާބިން

އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖޭގައި ތަމްރީނު ކުރެވޭނެ ގޮތަށް، މޯޅްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި ގާއިމު ކުރި "އޭސީޓީ ޓަވާ ސިމިއުލޭޓާ" އިއްޔެ ހުޅުވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓަވަރު ހިމެނޭ ސަރަހަދުގައި ހުންނަ އިމާރާތެއްގައި ގާއިމު ކޮށްފައިވާ ސިމިއުލޭޓާ ހުޅުވައި ދެއްވީ އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ.

އިނގިރޭސި ވިލާތުގެ މައިކްރޯ ނޭވުން އުފައްދާފައިވާ ސިމިއުލޭޓާ ގާއިމުކޮށް ޓްރޭނިން ސެންޓަރެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާ ހޭދެވެފައިވާއިރު، އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރުމަށް ކުރަން ޖެހޭ ހޭދަ، އެތަނުގެ ސަބަބުން ވަރަށް ބޮޑުތަން ސަލާމަތް ކުރެވޭނެ ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.

"އެއާ ޓްރެފިކް ކޮންޓްރޯލަށް ބޭނުންވާ ވަރަށް ގިނަ ތަމްރީނުތައް މިތަނުން ދެނޭވެ. ކުރީގައި މީހުން ތަމްރީނު ކުރަން މި ފޮނުވަން ޖެހެނީ މެލޭޝިޔާ ސިންގަޕޫރު ފަދަ ގައުމުތަކަށް، މިހާރު މިތަނުގައި އެ ތަމްރީނުތައް ދެވޭނެ،" އޭސީޓީ އިންސްޓްރަކްޓާ އަހުމަދު ނަޒީރު ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގައި ހުންނަ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ތަޖުރިބާ ކުރެވޭ ގޮތަށް ސިމިއުލޭޓާ ގާއިމު ކޮށްފައި ވަނީ، ކްލާސް ރޫމާއި އަމަލީ ތަމްރީނުތައް ދެވޭ ސިސްޓަމްތައް ހިމެނޭ ގޮތަށެެވެ.

ނަޒީރު ވިދާޅުވި ގޮތުގައި މި ވަގުތު ވެސް 22 މީހުން ތަމްރީނު ކުރަން ޖެހިފައިވާއިރު، މީހުން ތަމްރީނު ކުރުމުގެ އެކި ފެންވަރުގެ ކޯސްތައް މުޅި އަހަރަށް ބަހާލައިގެން ޖެނުއަރީ މަހުގެ ފަހުކޮޅު ފެށޭނެ އެވެެ.

ރާއްޖޭގެ 17 އެއާޕޯޓެއްގައި 70 ވަރަކަށް އެއާ ޓްރެފިކް ކޮންޓްރޯލަރުން މަސައްކަތް ކުރަމުން ގެންދެ އެވެ. ހުރިހާ އެއާޕޯޓު ތަކެގައި ވެސް އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމްތް ދެމުން ގެންދަނީ އެމްއޭސީއެލް އިން ނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox