މާފުށި ހިއްކީ ތަފާތު ކޮންސެޕްޓަކަށް

މާފުށި ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ ދަށުން 25 ހެކްޓަރުގެ ބިން އެރަށުގައި ވަނީ ހިއްކާފައި. -- ފޮޓޯ އެމްޓީސީސީ

މާފުށި ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ ދަށުން 25 ހެކްޓަރުގެ ބިން އެރަށުގައި ވަނީ ހިއްކާފައި. -- ފޮޓޯ އެމްޓީސީސީ

ފަޅު ހިއްކައިގެން މާފުށްޓަށް އިތުރުކުރި ބިމަކީ، މީހުން ދިރިއުޅޭ ރަށަކަށް ރަށާ ވަކިން ހިއްކައިގެން އިތުރުކުރި ފުރަތަމަ ބިން ކަމަށާއި މި ކޮންސެޕްޓަށް މާފުށީ ރައްޔިތުން ރުހި ގަބޫލުވުމަކީ އެ ރަށު ރައްޔިތުންގެ ދުރު ވިސްނުން ފެންނަ ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"މިއީ ފުރަތަމަ ފަހަރަށް ރަށާ ވަކިން، ނުގުޅި، ގޮނޑުދޮށްތައް އެއީ ހިއްކުމުގެ ބައެއް ގޮތުގައި ކަނޑައަޅައި އަޅުގަނޑުމެން ހިއްކި ރަށް. މިގޮތަށް އާންމުކޮށް އަޅުގަނޑުމެން މީގެ ކުރިން ހިއްކާފަ ހުންނާނީ ރިސޯޓުހަދާ ރަށްތައް އެކަނި" ހިއްކި ބިން ކައުންސިލާ ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން 20 ހެކްޓަރުގެ ބިމެއްވަނީ މާފުއްޓާ ވަކިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ވެސް ހިއްކާފަ އެވެ. ރަށާއި ވަކިން މި ޑިޒައިނަށް ޕިކްނިކް އައިލެންޑު ހިއްކުމުގެ ސަބަބަކީ ރިސޯޓެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއް މި ރަށުގައި ގާއިމްކުރުމުގެ މަގުފަހިކޮށްދިނުން ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ބިން ހިއްކުމަކީ މިހާރު ވަރަށް ފަސޭހަކަމެއްކަން ފާހަގަކުރައްވާ އަސްލަމް ވަނީ މާފުށީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބިން ފެހި ކުރުމުގެ މަސައްކަތް ފެށުމަށް އިލްތިމާސްކުރައްވާފަ އެވެ. ވަޔާއި ކަނޑުގެ ރާޅުތަކުގެ ސަބަބުން ރަށް ގިރުން ހުއްޓުވުމަށްޓަކައި ވީ އެންމެ އަވަހަކަށް މަގޫ އާއި ފިތުރޯނުފަދަ ފަސޭހައި ހެދޭގަސްތައް އެ ސަރަހައްދުގައި އިންދުމަށް އަސްލަމް ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox