ދައުލަތުން ހަރަދުކޮށްގެން ހިއްކާ ބިންތަކުގެ 35 ޕަސެންޓް ކައުންސިލްތަކަށް ނުލިބޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: ހިއްކި ބިންތަކުގެ 35 ޕަސެންޓް ކައުންސިލްތަކުން ވަކިކުރާ އިސްލާހެއް ހުށަހަޅަން ވަނީ ނިންމާފައި

ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: ހިއްކި ބިންތަކުގެ 35 ޕަސެންޓް ކައުންސިލްތަކުން ވަކިކުރާ އިސްލާހެއް ހުށަހަޅަން ވަނީ ނިންމާފައި

ދައުލަތުން ހަރަދުކޮށްގެން ހިއްކާ ބިންތަކުގެ މަގުތަކާއި އާއްމުތަންތަން ކަނޑާފައި ބާކީ އޮންނަ ބައިގެ 35 ޕަސެންޓް ބޭނުންކުރާނެ ގޮތް ކަނޑައަޅައި އެކަން ތަންފީޒުކުރުމުގެ ބާރު ޕްލޭނިން މިނިސްޓްރީއަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ޑްރާފްޓްކުރައްވެވި ބިލުގައި އޮތީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، ހިއްކި ބިންތަކުން ބައެއް، ކައުންސިލްތަކުގެ އިހުތިސާސުން އިސްތިސްނާ ކުރުމަށެވެ.

އެ މާއްދާގެ (ބ)ގައި ގައިވާ ގޮތުން ރަށެއް ނުވަތަ ސިޓީއެއްގެ ބިން ބޭނުންކުރަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން އެކުލަވާލާ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭނާއި، އެ ކައުންސިލުން ހަދާ، ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއް ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އެ މާއްދާގެ (ބ-1) ގެ ގޮތުގައި އިތުރުކުރަން ބޮންޑޭގެ ޑްރާފްޓްގައި އޮތީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިއްކާފައިވާ ބިންތަކުގެ ތެރެއިން މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ނެގުމަށްފަހު، ސިޓީ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް އިތުރު ބަދަލެއް ދިނުމަކާ ނުލައި ބާކީއޮންނަ ބިމުގެ 35 ޕަސެންޓް ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، އެ ކަންކަން ތަންފީޒުކުރުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ ގައުމީ އިދާރާއަށެވެ. އެގޮތުން ގޯތި ދޫކުރުން ނުވަތަ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގުމަށާއި ވިޔަފާރި މަސައްކަތްކުރުމަށް ނުވަތަ އެހެންވެސް ބޭނުންތަކަށް އެ ބިން ބޭނުންކުރެވިދާނެ ކަމަށެވެ.

އިސްލާހު ހުށަހަޅުއްވަން ނިންމެވި މެންބަރު އިބްރާހިމް ރަޝީދު --
އިސްލާހު ހުށަހަޅުއްވަން ނިންމެވި މެންބަރު އިބްރާހިމް ރަޝީދު --

އިސްލާހު ހުށަހަޅުއްވަން ނިންމެވި މެންބަރު އިބްރާހިމް ރަޝީދު --

މެމްބަރު އިބްރާހީމް ރަޝީދު "އަދަދު"އަށް މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އެ ބަދަލު ގެންނަން ޖެހެނީ، ހުޅުމާލެއާއި ގުޅިފަޅުން ވެސް އިތުރަށް ގޯތި ދޫކުރަން އުޅޭ އިރު، ގުޅިފަޅުގައި އޮންނަ އާބާދީ އަނެއްކާވެސް ކޯޕަރޭޝަނެއްގެ ދަށުގައި ތިބެން ޖެހިދާނެތީ އެވެ.

"މި ބަދަލާއެކު ގުޅިފަޅަކީ ވެސް މާލޭގެ އިންތިހާބީ ދާއިރާއަކަށް ވެސް ވާން ޖެހޭނެ ކަމަށް އަަޅުގަނޑު ދެކެނީ، ބިލު ހުށަހެޅުމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓަރު އަސްލަމާ ވެސް އަޅުގަނޑު ވާނީ މަޝްވަރާކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ޖެހޭ ބައެއް ސަރަހައްދުތައް ކައުންސިލާ ހަވާލުނުކޮށްގެން މިހާރު ވެސް ވަނީ ބޮޑެތި މައްސަލަތައް އުފެދިފަ އެވެ. އެފަދަ ބައެއް މައްސަލަތައް މިހާރު ވަނީ ޝަރީއަތުގެ މަރުހަލާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox