ނަރުދަމާގެ ބޮޑު މަޝްރޫއު ދެނީ 150 މިލިއަންގެ ގެއްލުންވާ ގޮތަށް ކަމަށް ބުނެ އޭސީސީއަށް

ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ބޮޑު މަޝްރޫއުއާ ގުޅޭ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ބޮޑު މަޝްރޫއުއާ ގުޅޭ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ފެނާއި ނަރުދަމާގެ ބޮޑު މަޝްރޫއު ބަޔަކާ ހަވާލުކުރަނީ ދައުލަތަށް 150 މިލިއަން ރުފިޔާގެ ގެއްލުން ލިބޭ ގޮތަށް ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެެއް ހުށަހަޅައިފި އެވެ.

އެ މަޝްރޫއުއަކީ 10 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް އަދި ހަތަރު ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ޕްލޭނިން މިނިސްޓްރީން މަޝްރޫއުގެ ބީލަން ހުޅުވާލުމުން އަޒްރޯވާ މޯލްޑިވްސް ކުންފުނީގެ ފަރާތުން ވަނީ އަށް ރަށެއްގެ މަސައްކަތަށް އެންމެ ކުޑަ އަގު ހުށަހަޅާފަ އެވެ.

ނަމަވެސް, ޕްލޭނިން މިނިސްޓްރީން މަޝްރޫއު ހަވާލުކުރަން ނިންމީ އޭގެ ދެ ގުނަ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏަކަށްކަން ވަނީ އެނގިފަ އެވެ. އެހެންވެ, މަޝްރޫއުއާ ގުޅޭ ޝަކުވާ އޭސީސީއަށް ހުށަހެޅީ އަޒްރޯވާ މޯލްޑިވްސްގެ ފަރާތުންނެވެ.

އެ ކުންފުނީގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި, ދެ ކުންފުނިން ހުށަހެޅި އަގުތަކުގެ ފަރަގަށް ބަލާއިރު މިހާރު ނިންމާފައިވާ ގޮތަށް މަޝްރޫއު އެވޯޑްކޮށްފިނަމަ ދައުލަތަށް 150 މިލިއަން ރުފިޔާގެ ގެއްލުންވާނެ އެވެ. އެއީ ގާތްގަނޑަކަށް އިތުރު ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެވޭހާ ފައިސާ އެވެ.

މަސައްކަތުގެ ބިޑަށް ދެ ކުންފުނިން ހުށަހެޅި އަގާއި އޭގެ ފަރަގު --
މަސައްކަތުގެ ބިޑަށް ދެ ކުންފުނިން ހުށަހެޅި އަގާއި އޭގެ ފަރަގު --

މަސައްކަތުގެ ބިޑަށް ދެ ކުންފުނިން ހުށަހެޅި އަގާއި އޭގެ ފަރަގު --

އަޒްރޯވާ މޯލްޑިވްސް ކުންފުނިން ދަށް އަގެއް ހުށަހެޅި ނަމަވެސް, ބިޑު ކާމިޔާބުނުވި ސަބަބެއް ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުން ބަޔާންކޮށްފައިވަނީ މަސައްކަތުގެ ތަޖުރިބާ ނެތުމެވެ.

ނަމަވެސް, އެ ކުންފުނިން ބުނި ގޮތުގައި އެކަން ކަނޑައަޅާފައިވަނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގެ ބޭރުން މާލިއްޔަތު ގަވާއިދާ ހިލާފަށެވެ. އޭގެއިތުރުން އެ ފަރާތަށް ބިޑު ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ތަފާތުކޮށް އަމަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ބިޑު އެވޯޑްކުރަން ނިންމާފައިވާ ކުންފުނީގެ މަސައްކަތުގެ ތަޖުރިބާ ވެރިފައި ކުރުމަށްޓަކައި މީރާ އަދި އެހެން އިދާރާއެއްގައި ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެ ކުންފުނިން ރިސޯޓެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރި ކަމަށް ބުނާއިރު އެ މަސައްކަތް ކޮށްފައިވޭތޯ ވެސް ބަލާފައިނުވާ ކަމަށެވެ.

"...އެހެންކަމުން މަސައްކަތަށް ޝަރުތު ހަމަވާ އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަކީ އަޅުގަނޑުމެން ކަމުގައި ވެފައި އަޅުގަނޑުމެން ޑިސްކޮލިފައި ކުރުމަށްޓަކައި މަގާމުގެ ބޭނުން ކޮށްގެން ހިފެން ހުރި ހުރިހާ ޓޫލެއްގައި ވަނީ ހިފާފައި," އޭސީސީއަށް ފޮނުވި ސިޓީގައިވެ އެވެ.

އެހެންވެ, މިކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބުތަކެއް ހުރުމުން އެކަން ތަހުގީގުކޮށްދޭން ވަނީ އެދިފަ އެވެ. އަދި, މިއަދު މަޝްރޫއު އެވޯޑްކުރުމަށް މަސައްކަތް ކުރަމުންދާތީ އެ ޕްރޮސެސް ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox