ހަފްތާއެއްގެ ތެރޭ ޕްރިމިއާ ލީގުން ކޮވިޑްގެ 103 ގެ ކޭސް، ރެކޯޑެއް!

Dec 28, 2021, 2:02 AM
ހަފްތާއެއްގެ ތެރޭ ޕްރިމިއާ ލީގުން ކޮވިޑްގެ 103 ގެ ކޭސް، ރެކޯޑެއް!

ލަންޑަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ 103 ކޮވިޑް-19ގެ ކޭސްތައް ރިކޯޑް ކުރެވުނުއިރު، މިއީ މި ވަރުގެ މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ހަތް ދުވަސްތެރޭ ޕްރިމިއާ ލީގުގެ ކްލަބްތަކުގެ 15،186 ކޮވިޑް-19ގެ ޓެސްޓް ކުރެވުނެވެ. އޭގެ ތެރެއިން 106 ކޮވިޑް ކޭސް ފެނުނުއިރު، މިދިޔަ ހަފްތާގައި ވަނީ ޕްރިމިއާ ލީގުގެ ކްލަބްތަކާ ގުޅޭ ކޮވިޑްގެ 90 ކޭސް ރިޕޯޓްކޮށްފަ އެވެ.

ޑިސެމްބަރު މަސް ފެށުނު ފަހުން ކޮވިޑާ ހެދި ޕްރިމިއާ ލީގުގެ 15 މެޗެއް މިހާތަނަށް ވަނީ ފަސްކުރަން ޖެހިފަ އެވެ.

ޕްރިމިއާ ލީގުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ކޭސްތައް ގިނަ އަދަދަކަށް ރިޕޯޓް ކުރެވުނު ކަމުގައި ވިޔަސް އާ އަހަރާއި ކްރިސްމަސްއާ ދިމާކޮށް ކުޅޭ ޕްރިމިއާ ލީގާއި އެހެނިހެން ޑިވިޝަންތަކުގެ މުބާރާތްތަކުގެ މެޗުތައް ކުރިއަށްދާނެ ކަމަށެވެ.

މެޗުތައް ކުޅޭއިރު، އިނގިރޭސި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން އެކުލަވާލާފައިވާ ހަރުކަށި ސިއްހީ ގައިޑްލައިންތަކަށް އަމަލުކުރަން ޕްރިމިއާ ލީގުން ވަނީ އަންގައިފަ އެވެ.

ޕްރިމިއާ ލީގުން އަމަލުކުރަމުން އަންނަ ސިއްހީ ޕްރޮޓޮކޯލްގައިވާ ގޮތުން އިންޑޯ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުވާނެ އެވެ. ފަނަރަ މިނިޓަށް ވުރެ ގިނައިރު ކުޅުންތެރިއަކަށް ސިއްހީ އެހީތެރިކަމެއް ފޯރުކޮށްދޭނަމަ މެޑިކަލް ސްޓާފުން ތިބެންޖެހޭނީ ފުލް ޕީޕީއީ ކިޓްގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދާދި ފަހުން ޕްރިމިއާ ލީގުން. ވަނީ ކްލަބްތަކާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެއީ ކޮވިޑާ ހެދި މި ފަސްކުރާ މެޗުތަކާ ބެހޭގޮތުން ގޮތްތަކެއް ކަނޑައެޅުމަށާއި އަދި ކުރިއަށް އޮތްތަނުގައި މެޗުތައް ފަސްކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށެވެ. އެ ގޮތުން ކްލަބްތަކުން އެއްބަސްވީ ލީގު މެދުކަނޑާނުލައި، ހާލަތު ތަންދޭ މިންވަރަކުން މެޗުތައް ކުޅޭށެެވެ.

ކްލަބްތަކާ އެކު ޕްރިމިއާ ލީގުން ބޭއްވި ބައްދަލުވުމުގައި އަންގާފައިވަނީ ކުރިއަށް އޮތްތަނުގައި މެޗުތައް ލަސްކުރުމުގައި އަމަލުކުރަން ނިންމާފައިވަނީ ޔުއެފާ ޕްރޮޓޮކޯލަށް ކަމަށެވެ. ޔުއެފާ އިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވެ، ޓީމެއްގައި ފިޓްކޮށް ހުރެފިނަމަ ޝެޑިއުލްގައިވާ މެޗު ކުޅެން ޖެހޭނެ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox