އުރީދޫ އީކޮމާސް ޕްލެޓްފޯމް، މޫލީއިން 40 ޕަސެންޓުގެ ބޮޑު ޑިސްކައުންޓަކާއެކު އަހަރީ ސޭލް ޕްރޮމޯޝަން ފަށައިފި އެވެ.
އަންގާރަ ދުވަހުން ފެށިގެން ޖެނުއަރީ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް 2021" ގައި ސްމާޓް ފޯނާއި ޑިޖިޓަލް އެހެނިހެން ވަސީލަތްތައް ވެސް ލިބެން ހުންނާނެ އެވެ.
އުރީދޫއިން ބުނާ ގޮތުގައި މުލީ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެ ތަކެތި ގަނެވޭނެ އެވެ. އަދި އެގޮތަށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީވެސް ކޮށްދޭން އެކުންފުނިން ވަނީ ނިންމައިފަ އެވެ.
މޫލީ މެދުވެރިކޮށް ޕްރޮޑަކްޓްއެއް ގަނަންނާނީ ކިހިނެއް
- އެންމެ ފުރަތަމަ އުރީދޫ އެޕްލިކޭޝަން ނުވަތަ މޫލީ ވެބްސައިޓް މެދުވެރިކޮށް ސޭލްއަށް ޒިޔާރާތް ކުރައްވާނީ
- ދެން ބޭނުންވާ ޕްރޮޑަކްޓްއެއް ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާނީ.
- އެއަށްފަހު ކާޓްއިން ޗެކްއައުޓް ކުރައްވާ، އެ އެއްޗެއް ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާނީ
- އެންމެ ފަހު ކަމަކަށް، އެ އޯޑަރު ކަށަވަރު ކުރުމުގެ ގޮތުން ގަންނަ އެއްޗަކަށްވާ ފައިސާ ދައްކާލާނީ
މި ސޭލްގައި ކޮންމެ ނެޓްވޯކެއް ގެންގުޅޭ މީހަކަށްވެސް ބައިވެރިވެ، ހެޔޮ އަގުގައި ވިޔަފާރީ ކުރެވޭނެ އެވެ.










