މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަގުތީ ގޮތުން ބަންދުވާނެ ކަމަށް އެ ބޭންކުން އިއުލާނުކޮށްފި އެވެ.
އާ އަހަރު ފެށުމާގުޅުވައި ބޭންކުގެ މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ތިން ދުވަސް ދިނުމަށްފަހު ބޭންކު އަލުން ހުޅުވާނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހެވެ.
ބޭންކު ބަންދުވާ މުއްދަތުގައި މޯބައިލް އަދި އިންޓަނެޓް ބޭންކިންގްއާއި އޭޓީއެމްގެ ހިދުމަތްތަކަށް މެދުކެނޑުމެއް ނާންނާނެކަމަށް ބޭންކުން މައުލޫމާތުދިނެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރުވެސް މެދުކެނޑުމެއް ނެތި ހަރަކާތްތެރިވާނެކަމަށާއި އެހީތެރިކަމެއް ބޭނުންވާނަމަ 3330200 އަކަށް ގުޅުއްވައި މައުލޫމާތު ހޯއްދެވޭނެކަމަށް ބެންކުން ކުރި އިއުލާނުގައި ވެއެވެ.
އާ އަހަރު ފެށުމުގެ ވަގުތު މިހާރު ކުޑަތަންވެފައިވާ އިރު ގިނަ މުއައްސަސާތަކުގެ މުވައްޒަފުން ދަނީ ޗުއްޓީއަށް ތައްޔާރުވަމުންނެވެ. މީލާދީ އާއަހަރު ފެށޭދުވަސްވަނީ ހޮނިހިރު ދުވަހަކަށެވެ. ހަފްތާ ބަންދަކާއި ދިމާވުމުން ދެ ދުވަސް އާއަހަރާއި ގުޅިގެން ޗުއްޓީގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބޭނެއެވެ.














