މާޝިއާލް ބޭނުންވަނީ ޔުނައިޓަޑް ދޫކޮށްލަން: ރަންގްނިކް

Dec 27, 2021, 11:02 AM
މާޝިއާލް ބޭނުންވަނީ ޔުނައިޓަޑް ދޫކޮށްލަން: ރަންގްނިކް

މެންޗެސްޓާ (ޑިސެމްބަރު 27) - މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުންދާ ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއާލް އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން އަންގާފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

ރަންގްނިކް ބުނީ މާޝިއާލް ،26، އާއެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އޭނާގެ މުސްތަގްބަލާމެދު ވަރަށް ދިގުކޮށް ވާހަކަދެއްކި ކަމަށެވެ. އަދި ޔުނައިޓަޑް ދޫކޮށްލަން ބޭނުންވާ ކަމަށާއި މިއީ "ބަދަލެއް ގެންނަން އެންމެ ރަނގަޅު ވަގުތު:" ކަމަށް މާޝިއާލް ބުނި ކަމަށެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓަޑްގެ ފުރަތަމަ 11 ގައި މާޝިއާލް ކުޅުނީ ދެ މެޗެވެ. އޭނާ ވަނީ ލީގުގައި އެއް ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި މާޝިއާލް ކުޅެފައިވަނީ 10 މެޗުގަ އެވެ.

Advertisement

ރަންގްނިކް ބުނީ ޔުނައިޓަޑްގެ ދޫކޮށްލަން މާޝިއާލް ބޭނުންވިޔަސް، އޭނާ އަށް އަދި ރަސްމީކޮށް ހުށަހެޅުމެއް ނުލިބޭ ކަމަށެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާގައި އެހެން ކްލަބަށް ބަދަލުވާން މާޝިއާލް ބޭނުންވާކަމަށް އޭނާގެ އެޖެންޓް ވެސް ވަނީ ކުރިން ބުނެފަ އެވެ.

ރަންގްނިކް ބުނީ މާޝިއާލް ކްލަބު ދޫކޮށްލަންޖެހޭ ސަބަބު އޭނާ އަށް ގަބޫލްކުރެވޭ ކަމަށެވެ. އެކަމަކު ޖެނުއަރީ މަހު އެއްވެސް ހުށަހެޅުމެއް މާޝިއާލް އަށް ނުލިބިއްޖެ ނަމަ، އޭނާ ޔުނައިޓަޑްގައި މަޑުކުރާނެ ކަމަށެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox