ސިޓީ، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލަށް އުފާވެރި ނަތީޖާތަކެއް

Dec 26, 2021, 8:02 PM
ޗެލްސީގެ ޖޯޖީނިއޯ ޕެނަލްޓީ ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ޖޯޖީނިއޯ ޕެނަލްޓީ ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ، ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާސް އަދި އާސެނަލް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ސިޓީން ވަނީ އަމިއްލަ ދަނޑުގައި ލެސްޓާ އަތުން 6-3 އިން މޮޅުވެފަ އެވެ. ޗެލްސީން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ. އާސެނަލުން 5-0 އިން ނޮރިޗް ސިޓީ ބަލިކުރިއިރު، ޓޮޓެންހަމުން ވަނީ 3-0 އިން ކްރިސްޓަލް ޕެލަސް ކައިރިން މޮޅުވެފަ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ސިޓީ އަށް 19 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 18 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. މިރޭ ޗެލްސީން ހޯދި ޕޮއިންޓްތަކާ އެކު އެ ޓީމުން ވެސް ވަނީ 19 މެޗުން 41 ޕޮއިންޓް ހަމަކޮށްފަ އެވެ. އާސެނަލް ވަނީ ހަތަރު ވަނައިގައި ހަމަޖެހިލައިފަ އެވެ. އެއީ 19 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ކޮންޓޭގެ ކޯޗުކަމުގައި ލީގުގައި ބަލިނުވެ، އޮތް ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. މެޗު ހަމަކުރާއިރު ޓޮޓެންހަމަށް ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު އެބައޮތެވެ.

ސިޓީ ވަނީ މިރޭ ފުރަތަމަ 25 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިފަ އެވެ. ގޯލު ހުޅުވާލައިދިނީ އޭރިއާތެރެއިން ކެވިން ޑިބްރާނާ ޖެހި ގޯލުންނެވެ. ސާދަ ވަނަ މިނިޓްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ސިޓީ އަށް ދިން ޕެނަލްޓީ ރިޔާދު މާރޭޒް ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފަ އެެވެ. މެޗުގެ 21 ވަނަ މިނިޓްގައި އޭރިއާތެެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި އިލްކާއި ގުންޑޮގާން ސިޓީގެ ތިން ވަނަ ގޯލު ޖަހާފައިވަނިކޮށް އޭގެ ހަތަރު މިނިޓް ފަހުން އިތުރު ޕެނަލްޓީ އަކުން ރަހީމް ސްޓާލިން ސިޓީގެ ހަތަރު ވަނަ ގޯލު ޖެހި އެވެ. ސިޓީ އަށް ދެ ޕެނަލްޓީ ލިބުނީ ވެސް ލެސްޓާގެ ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ޓީލަމަންސް ކުރި ފައުލުތަކަށެވެ.

ލެސްޓާ އިން ދެ ވަނަ ހާފްގައި ކުޅެން އަަރައި ތިން ގޯލު ޖެހި އެވެ. ކެލެޗީ އިހެނާޗޯ ދިން ބޯޅަތަކުން ޖޭމްސް މެޑިސަން އާއި އަޑެމޯލާ ލުކްމަން ގޯލުތަކެއް ޖެހިއިރު، ލެސްޓާގެ ތިން ވަނަ ގޯލު ޖެހީ ކުރިން ސިޓީ އަށް ކުޅުނު އިހެނާޗޯ އެވެ. ސިޓީން ވަނީ އައިމެރިކް ލަޕޯޓާއި ސްޓާލިންގެ އިތުރު ގޯލަކާ އެކު މެޗުން މޮޅުވެފަ އެވެ.

ސިޓީގެ ސްޓާލިން (ވ) ލެސްޓާގެ އޯލްބްރައިޓަން ކައިރިން ބޯޅަ ހިފައިގެންދަނީ.

ނޮރިޗް ކޮޅަށް އާސެނަލްގެ ގޯލުތައް ޖެހީ ބުކާޔޯ ސަކާ ދެ ގޯލާއި ކިއެރަން ޓިއެރަނީ، އަލެކްސަންޑަ ލަކަޒޭޓް އަދި އެމީލް ސްމިތު ރޯވް އެވެ. މީގެ ތެރެއިން ލަކަޒޭޓް ޕެނަލްޓީ އަކުން ގޯލު ޖެހިއިރު، ސްމިތު ރޯވް މި މެޗުގައި ވެސް ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި އަރަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެސްޓަން ވިލާ އިން ކޯޗު ސްޓީވެން ޖެރާޑް ނުލައި މެޗަށް ނުކުތްއިރު ލީޑުނެގީ ވެސް އެ ޓީމުންނެވެ. މި ގޯލަކީ ވިލާގެ މެޓް ޓާގެޓްގެ ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޗެލްސީގެ ރީސް ޖޭމްސް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީން އެއްވަރުކުރީ ކަލުމް ހަޑްސަން އޮޑޯއި އަށް ވިލާގެ މެޓީ ކޭޝް ކުރި ފައުލަކަށް ދިން ޕެނަލްޓީން ޖޯޖީނިއޯ ވައްދާލި ގޯލުންނެވެ.

ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ރޮމެލޫ ލުކާކޫ 106 ދުވަސްތެރޭ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލު ކާމިޔާބުކޮށް ޗެލްސީ އަށް ކުރި ހޯދައިދިނެވެ. ޗެލްސީން ޖެހި ފަހު ގޯލުގައި ވެސް ލުކާކޫގެ ދައުރު ބޮޑެވެ. މެޗުގެ އިތުރު ވަގުުތުގައި ލުކާކޫ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ޖޯޖީނިއޯ ވަނީ ކާމިޔާބުކޮށް މެޗުގެ ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރުކޮށްދީފަ އެވެ.

ޖޯޖީނިއޯ މި މެޗުގައި ޖެހި ދެ ޕެނަލްޓީއާ އެކީ އޭނާ އަކީ ޕްރިމިއާ ލީގު ތާރީހުގައި ކަލަންޑަރު އަހަރެއްގެ ތެރޭ އެންމެ ގިނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާ އެވެ. ޖޯޖީނިއޯ އެއް ވަނައިގައި 10 ޕެނަލްޓީއާ އެކު އޮތްއިރު، ދެ ވަނައިގައި އޮތީ ލިވަޕޫލްގެ ޖެރާޑާއި ސައުތެމްޓަންގެ މެޓް ލެ ޓިސިއޭ އެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ ކަލަންޑަރު އަހަރެއްގެ ތެރޭ ނުވަ ޕެނަލްޓީ ޖަހައިފަ އެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗަށް ކްރިސްޓަލް ޕެލަސް އިން ނުކުތީ ކޮވިޑަށް ޕޮޒިޓިވްވުމުން އެ ޓީމުގެ ކޯޗު ޕެޓްރިކް ވިއޭރާ ނުލަ އެވެ. މި މެޗުގައި ޕެލަސްގެ ވިލްފްރިއެޑް ޒަހާ އަށް ފުރަތަަމަ ހާފުގައި ރަތް ކާޑެއް ދެއްކި އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ގޯލުތައް ޖެހީ ހެރީ ކޭން އާއި ލޫކަސް މޯރާ އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ސޮން ހެއުން މިން އެވެ.

ލީގުގައި މިރޭ ސައުތެމްޓަނުން ވަނީ ވެސްޓް ހޭމް ދަނޑުގައި މޮޅަށް ކުޅެ، 3-2 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox