ޔާމީންގެ މަރު: އާއިލާއިން އެދިގެން ހުކުމް ކުރުން ލަސްކޮށްފި

ޔާމީން ރަޝީދު: މި އަހަރުގެ ނިޔަލަށް ހުކުމް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި، ނަމަވެސް ލަސްކުރީ އާއިލާއަށް ހާޒިރު ނުވެވޭތީ -- ފޮޓޯ: އަދަދު ފައިލް

ޔާމީން ރަޝީދު: މި އަހަރުގެ ނިޔަލަށް ހުކުމް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި، ނަމަވެސް ލަސްކުރީ އާއިލާއަށް ހާޒިރު ނުވެވޭތީ -- ފޮޓޯ: އަދަދު ފައިލް

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ހުކުމް އިއްވުން އާއިލާގެ ފަރާތުން އެދިގެން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

މީގެ ހަތަރު އަހަރު ކުރިން އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީމ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ އިތުރުން، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 18، ގަ އެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށެވެ. މާނައަކީ މި އަހަރު ނިމުމުގެ ކުރިން މި މައްސަލަ ކޮޅެއްގައި ޖެހޭނެ ކަމެވެ.

ނަމަވެސް ގާޒީ ވިދާޅުވި ދުވަހަށް ހުކުމް ކުރަން އަޑުއެހުމެއް ތާވަލް ނުކުރީ ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެއީ އޭނާގެ އާއިލާގެ މީހެއްގެ ބަލިހާލަތު ހުރިގޮތުން ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމަށް އާއިލާގެ މެމްބަރުންނަށް ހާޒިރު ނުވެވިދާނެތީ ކަމަށް ކޯޓުން ފާހަގަކުރި އެވެ.

"ނިޔާވި ފަރާތުގެ އާއިލާ އަކީ ބަރާބަރަށް ކޮންމެ އަޑުއެހުމަކަށް ވެސް ހާޒިރުވާ ބައެއް. އެހެންވެ އެކަންކަމުގެ މައްޗަށް ބަލައި، އާއިލާގެ އެދުމުގެ މަތިން މި މައްސަލަ ސާބިތުވާނަމަ ވާރިޒުންގެ ބަސް ނަގަން ވެސް ޖެހޭތީ ހުކުމް ކުރުން ލަސްކުރެވިފައި ވަނީ،" ކްރިމިނަލް ކޯޓުން މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

ހުކުމް ކުރުމަށް އަޑުއެހުމެއް ތާވަލް ކުރާނެ ދުވަހެއް ކޯޓުން މިހާތަނަށް ކަނޑައެއްނާޅަ އެވެ. ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު މި މައްސަލަ ނިންމާނެ ކަމަށް ބުންޏެވެ.

ދައުލަތުން އެ މައްސަލައިގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އޭގެ ކުރިން މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ވެސް ދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ދައުލަތުން ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރީ ލިބިފަ އެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ދަށުން އެ މީހުންނަށް މަރުގެ އަދަބު ކޯޓަށް ދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ނަމަވެސް ދިފާއުން ގަބޫލުކުރާ ގޮތުގައި މި ހަ މީހުންނަށް ދައުވާ ސާބިތުވުން ނާދިރެވެ. އެގޮތުން މީހަކު މެރުމުގެ މަޝްވަރާއެއްގައި ނޫނީ ސައްލާއެއްގައި ބައިވެރިވެފައިވި ނަމަވެސް އެ މީހެއްގެ މައްޗަށް "ދިރިހުރި އިންސާނެއް މެރި ކަމުގެ ނުވަތަ މެރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ" ދައުވާއެއް ނުއުފުލޭނެ ކަމަށް ދިފާއީ ވަކީލުން ބުނެފައިވެ އެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލިއިރު އޭނާ ދިޔައީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި އިންސާފު ހޯދުމަށް އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް ވަރަށް އިސް ސަފުގައި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox