ސައުދީ އަރަބިއްޔާ އިން ހޫތީންނާ ދެކޮޅަށް ހިންގާ ވައިގެ އަސްކަރީ ކެމްޕެއިން ވަރުގަދަކޮށްފި

ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ ޔަމަނުގެ އިމާރާތެއް. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ ޔަމަނުގެ އިމާރާތެއް. -- ފޮޓޯ: އޭއެފްޕީ

ރިޔާދް، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 26) - ސައުދީ އަރަބިއްޔާ އިން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހިންގާ ވައިގެ އަސްކަރީ ކެމްޕެއިން ވަރުގަދަކޮށް، ސަނާގައި ހުންނަ ހަނގުރާމަވެރިންގެ ކޭމްޕަކަށް ބޮން އަޅައިފި އެވެ.

ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ބުނީ ވައިގެ ހަމަލާތަކުގައި ހަތިޔާރު ގުދަންތައް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

"ސަނާގައި ހިންގި އޮޕަރޭޝަނަކީ އެ ތަނުގައި ހުންނަ އަލް ތަޝްރިފާތު ކޭމްޕުން ހަތިޔާރު ނެރެން މަސައްކަތް ކުރުމުން ހިންގި އޮޕަރޭޝަނެއް،" ސައުދީ އަރަބިއްޔާގެ ބަޔާނެއްގައި ބުންޏެވެ.

އިރާނުގެ އެއްބާރުލުމާ އެކު އުޅޭ ލުބްނާންގެ ޝިއައީ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ ގޮފިން ޔަމަން ހަނގުރާމައިގައި ބައިވެރިވާކަން އަންގައިދޭ ހެކި ލިބިފައިވާ ކަމަށޤ ސައުދީ އަރަބިއްޔާ އިން ބުނެ އެވެ.

ހޫތީންނަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތު ސައުދީ އަރަބިއްޔާ އިން އިރާނަށް ކުރެ އެވެ. އަދި ހޫތީ ހަނގުރާމަވެރިން ތަމްރީން ކުރަނީ ހިޒްބުﷲ އިން ކަމަށް ތުހުމަތުކުރެ އެވެ. ނަމަވެސް އިރާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ހޫތީންނާއި ޔަމަނުގެ ގާނޫނީ ސަރުކާރާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ހަނގުރާމަ ކުރަމުންނެވެ. ސައުދީ އަރަބިއްޔާ އިން ޔަމަނުގެ ގާނޫނީ ސަރުކާރުގެ އެދުމަށް ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ.

ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައި ވާއިރު، ހޫތީން އަންނަނީ ސައުދީ އަރަބިއްޔާގެ ފަސްގަނޑަށް ވެސް ހަމަލާތައް އަމާޒު ކުރަމުންނެވެ.

އެގޮތުން ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ސައުދީ އަރަބިއްޔާ އިން ދެ މީހުން މަރުވި އެވެ. އެއީ ތިން އަހަރަށް ފަހު ހޫތީންގެ ހަމަލާއެއްގައި ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox