މަޑަވެލީގެ އިހްތިސޯސްގައި ހާދޫ ހިމަނައިދިނުމަށް އެދި ރައީސަށް ހުށަހަޅައިފި

މަޑަވެލި: ލޯކަލް ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސް ކެއްކުމާއި ހިއްކުމުގެ އިތުރުން ހުއިފިލަނޑާ ދިރުވާ އާލާކުުރުން ފަދަ އިގްތިސާދީ އަދި ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވި އެކަމުގެ މަންފާ ދެ ރަށަށް ލިބޭނެތީ ކަމަށް ރައީސް އޮފީހަށް ފޮނުވި ސިޓީގައިވޭ-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މަޑަވެލި: ލޯކަލް ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސް ކެއްކުމާއި ހިއްކުމުގެ އިތުރުން ހުއިފިލަނޑާ ދިރުވާ އާލާކުުރުން ފަދަ އިގްތިސާދީ އަދި ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވި އެކަމުގެ މަންފާ ދެ ރަށަށް ލިބޭނެތީ ކަމަށް ރައީސް އޮފީހަށް ފޮނުވި ސިޓީގައިވޭ-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ގދ. މަޑަވެއްޔާ އެއް ފަޅެއްގައި އޮންނަ ހާދޫ އެ ރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމަނައިދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

ރައީސް އޮފީހަށް އެ ސިޓީ ފޮނުވާފައި ވަނީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނެވެ.

ރައީސަށް ފޮނުއްވި ސިޓީގައި ބުނީ މަޑަވެއްޔަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމަށް ވާތީ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތްތަކާއި ކައުންސިލަށް އާމްދަނީ ހޯދުމަަށް ކުރެވޭނެ މަސައްކަތް ވެސް މަދު ކަމަށެވެ.

ހާދޫގައި ކުރެވޭނެ މަސައްކަތްތައް ހުރުމާއެކު އެ ރަށުން ލިބޭނެ މަންފާއިން މަޑަވެއްޔަށް ފައިދާވނެތީ އެ ރަށް ދިނުމަށް އެދުނީ ކަމަށް ސިޓީގައި ފިރުޝާން ވިދާޅުވެފައިވެ އެވެ.

"ހާދޫގައި ލޯކަލް ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސް ކެއްކުމާއި ހިއްކުމުގެ އިތުރުން ހުއިފިލަނޑާ ދިރުވާ އާލާކުުރުން ފަދަ އިގްތިސާދީ އަދި ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވި އެކަމުގެ މަންފާ ދެ ރަށަށް ލިބޭނެ،" ފިރުޝާން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ފިރުޝާން ވިދާޅުވީ ހާދޫ އާއި މަޑަވެލި، ހޯޑެއްދޫ ކޯޒްވޭއިން ގުޅާފައި އޮތްއިރު ހާދޫއަކީ މެދަށް އޮންނަ ރަށް ކަމުން އެ ރަށަކީ ހޯޑެއްދޫ އާއި މަޑަވެލީގެ އިހްތިސޯސަށް ވެސް އަރައި ރަށެއް ކަމަށެވެ.

މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު ކުރިން ކޯޒުވޭއެއް އޮތެވެ. ނަމަވެސް, އެ ކޯޒުވޭ ބަޔަކު ނުކުމެ ކަނޑާލީ އެވެ. އޭގެފަހުން އަލުން ކޯޒުވޭއެއް އެޅުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގެ ދަށުން، 223 މީޓަރުގެ ކޯޒްވޭއަކުން ގދ. މަޑަވެއްޔާއި ގދ. ހާދޫ ގުޅުވައިލުމުގެ އިތުރުން، 160 މީޓަރުގެ ކޯޒްވޭއަކުން ހާދޫ އާއި ހޯޑެއްދޫ ގުޅުވައިލުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން 262 މީޓަރުގެ މަގު ހެދުން ހިމެނޭ ކަމަށާއި 65 މީޓަރުގެ ހަތަރު ރިވެޓްމެންޓް (ޖުމުލަ 260 މީޓަރު) ގާއިމު ކުރުން ވެސް ހިމެނެ އެވެ.

މިއީ 84،170،699.20ރ. ގެ މަޝްރޫއެއް ކަމަށާއި މަސައްކަތް ނިންމައި ހަވާލުކުރަން އެމްޓީސީސީއަށް 300 ދުވަހުގެ މުއްދަތު ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox