ޕްރިމިއާ ލީގުން ބޭއްވީ ބޭކާރު ބައްދަލުވުމެއް: ކޮންޓޭ

Dec 25, 2021, 3:09 AM
ޕްރިމިއާ ލީގުން ބޭއްވީ ބޭކާރު ބައްދަލުވުމެއް: ކޮންޓޭ

ލަންޑަން (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކާ އެކު ލީގުގެ ބޯޑުން ބޭއްވީ އެއްވެސް ބޭނުމެއް ނުހިފޭ ބޭކާރު ބައްދަލުވުމެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ކޮވިޑް-19ގެ ސަބަބުން މި ދުވަސްވަރު އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ފަސްކުރަން ޖެހޭތީ ލީގު ކުރިއަށްދާއިރު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ލީގުގެ ބޯޑުން ވަނީ ބުރާސްފަތި ދުވަހު ލީގުގެ ކްލަބްތަކާ ބައްދަލުކޮށްފަ އެެވެ. ކޮވިޑް-19ގެ ސަބަބުން މި މަސް ތެރޭ ޖުމްލަ އެއްކޮށް ޕްރިމިއާ ލީގުގެ 13 މެޗެއް ވަނީ ފަސްކޮށްފަ އެވެ. އެންމެ ފަހުން ފަސްކުރީ މި ހަފްތާގައި އެވަޓަން އާއި ބާންލީ ކުޅެން އޮތް މެޗެވެ.

ޕްރިިމިއާ ލީގުން ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުން ކޮންޓޭ ސިފަކުރީ "ބޭކާރު ވަގުތުތަކެއް"ގެ ގޮތުގަ އެވެ. އެހެންވެ، އޭނާ ނިންމީ އެ ބައްދަލުވުމުގެ ވާހަކަ މީޑިއާގައި ނުދައްކަން ކަމަށެވެ.

"އަހަރެން އެ ބައްދަލުވުމުގެ ވާހަކަ ދައްކަން ނެތިން. އެ ބައްދަލުވުމުގައި ކަން ހިނގި ގޮތަށް ބަލާއިރު، މަންޒަރުތައް ސިފަވީ އަހަރެމެން ވާހަކަ ދައްކަން ޖެހުނީ ފާރަކާ ހެން. އެއީ ކްލަބްތަކާ ބައްދަލުކުރަން އައިއިރު ވެސް ހުރިހާ ކަމެއް ނިންމާފައި އޮތީ. ބައްދަލުވުމަކީ ދައްކާލުމަށް ބޭއްވި ކަމެއް،" ކޮންޓޭ ބުންޏެވެ.

"ބައެއް ކޯޗުން ވާހަކަ ދައްކައި ހައްލުތަކެއް ހޯދަން ލަފާދޭން މަސައްކަތް ކުރި. އެކަަމަކު، އެއީ ލީގަށް އެއްވެސް ބޭނުންތެރި ކަމެއްގެ ގޮތުގައެއް ނޫން ފެނުނީ،"

ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ކޮންޓޭ އެއްވެސް ހިޔާލެއް ހުށަހަޅާފައިވޭތޯ ބަލަން ބީބީސީ ސްޕޯޓްސް އިން ކުރި މަސައްކަތުގައި އަލި މަގެއް ނުފެނުނެވެ. އެ ސުވާލުތަކަށް ލީގު ބޯޑުގެ ޖަވާބެއް ނުލިބުނެވެ.

ކްލަބްތަކާ އެކު ޕްރިމިއާ ލީގުން ބޭއްވި ބައްދަލުވުމުގައި އަންގާފައިވަނީ ކުރިއަށް އޮތްތަނުގައި މެޗުތައް ލަސްކުރުމުގައި އަމަލުކުރަން ނިންމާފައިވަނީ ޔުއެފާ ޕްރޮޓޮކޯލަށް ކަމަށެވެ. ޔުއެފާ އިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވެ، ޓީމެއްގައި ފިޓްކޮށް ހުރެފިނަމަ ޝެޑިއުލްގައިވާ މެޗު ކުޅެން ޖެހޭނެ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox