ޓީސީ ބަލިކޮށް ސަސް އަށް ފުރަތަމަ މޮޅު

Dec 24, 2021, 2:22 PM
ޓީސީގެ މާއިޝް (ވ) ކައިރިން ސަސްގެ އިއްބެ ބޯޅަ ހިފައިގެންދަނީ.

ޓީސީގެ މާއިޝް (ވ) ކައިރިން ސަސްގެ އިއްބެ ބޯޅަ ހިފައިގެންދަނީ.

ޓީސީ ސްޕޯޓްސް ކްލަބް ކައިރިން 3-1 އިން ކުރިހޯދައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

މިދިޔަ ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ސަސް އިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން 2-0 އިން ބަލިވެފަ އެވެ. ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވި، ޓީސީ ބަލިކޮށް، ސަސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދިއިރު، މިއީ ސަސްއާ މި ފަހަރު ހަވާލުވި ކޯޗު އިސްމާއިލް މަހަފޫޒްގެ އިރުޝާދުގެ ދަށުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން 35 ވަަނަ މިނިޓްގައި ސަސް އަށް ލީޑުނަގައިދިނީ ކުރިން ޓީސީ އަށް ކުޅުނު އައިހަމް އަހުމަދު (އައިހު) އެވެ. އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ އައިހު މި ގޯލު ޖެހީ ޓީސީ ކީޕަރު އާދަމް އިމްއާން ކައިރިން ނައްޓާފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްގެ ދެ ވަނަ ގޯލު ޖެހީ ވެސް ކުރިން ޓީސީ އަށް ކުޅުނު ކުޅުންތެރިއެކެވެ. މި ފަހަރު ގޯލު ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. މަތިން ހުރަސްކޮށްލި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އިއްބެ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ޓީސީގެ ފޯވާޑް ތޮލާލް ނަސީރު ވަނީ ހިލޭ ޖެހުމަކުން މޮޅު ގޯލެއް ޖަހައިފަ އެވެ. ތޮލާލް ޖެހި ބޯޅަ ގޯލަށް ވަންއިރު ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެކަމަކު، ޝަފީއު ވަނީ މި މެޗުގައި ޓީސީގެ ހަސަން އީނާޒް ޖެހި ޕެނަލްޓީއެއް މަތަކޮށްފަ އެވެ.

ސަސްގެ ފަހު ގޯލު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިޔާ އިއްބެ އެވެ. ހިލޭ ޖެހުމަކުން ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) ނެގި ހުރަހެއް އެ ޓީމުގެ އަބްދުﷲ ހަނީފް (ބެންޖޯ) ގޯލަށް ފޮނުވާލުމުން ކީޕަރު އިމްއާން އަތުގައި ޖެހިފައި ނުކުތްވަގުތު އިއްބެ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ކުޅޭނީ މާޒިޔާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox