ޕްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭގޮތް ހަދަން ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ބޭނުންވޭ

Dec 24, 2021, 5:07 AM
ޕްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭގޮތް ހަދަން ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ބޭނުންވޭ

މެންޗެސްޓާ (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ފަސް ބަދަލު ގެެނެވޭގޮތް ހަދަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ޖަރުމަނުގެ ރަލްފް ރަންގްނިކް ބުނެފި އެވެ.

ކޮވިޑް-19ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ 12 މެޗެއް މި މަސް ތެރޭގައި ފަސްކުރަން ޖެހުނުއިރު، އޭގެ ތެރޭގައި ޔުނައިޓެޑުން ބްރައިޓަން އާއި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ހިމެނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކޯޗުންނާއި ސީނިއާ އޮފިޝަލުންނާ އެކު ލީގުގެ ބޯޑުން ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި މިހާރު އޮތް ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ލީގު ވަގުތީ ގޮތުން މަޑުޖައްސާލަން ކްލަބްތަކުން ބޭނުމެއްނުވި އެވެ. ކްލަބްތަކުން އެދުނީ ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި ވެސް ކުޅެވޭ ވަރަކަށް މެޗުތައް ކުޅޭށެވެ. އެއީ މި ވަގުތު ފަސްކުރާ މެޗުތައް ފަހުން ކުޅެފިނަމަ ސީޒަނުގެ ފަހު ކޮޅުގެ ޕްރެޝަރުގައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭނެތީ އެވެ.

ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ރަންގްނިކް ބުނީ މި ކަންކަމަށް ފުޓްބޯޅައިގެ ތެރެއިން ގެނެވޭނެ ހައްލަކީ މެޗުތަކުގެ ތެރެއިން ފަސް ބަދަލު ގެެނެވޭ ގޮތް ހެދުން ކަމަށެވެ.

މެޗުތަކުގައި ފަސް ބަދަލު ގެނެވޭ ގަވާއިދަކީ 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން ތިން މަހެއްހާ ދުވަހަށް ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ފެށިއިރު، ގެނައި ގަވާއިދެކެވެ. އެ ގަވާއިދު ޔޫރަޕްގެ ވަރުގަދަ ހުރިހާ ލީގެއްގައި ދަމަހައްޓަމުން އައި ނަމަވެސް ޕްރިމިއާ ލީގުގައި އޮތީ ތިން ބަދަލު ގެނެވޭ ގަވާއިދެވެ.

"ހަގީގަތަކީ މިހާރު މި އޮތީ މީގެ ދޮޅު އަހަރު ކުރިން އޮތް ހާލަތު. އަހަންނަށް ލިބިފައިވާ މައުލޫމާތު ގޯސްކަމުގައި ނުވާނަމަ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ތެރެއިން މި ލީގު (ޕްރިމިއާ ލީގު) އެކަނި މި އޮތީ ތިން ބަދަލު ގެނެވޭ ގޮތަށް، މިއީ އަހަރެންގެ ނަޒަރުގައި ބަދަލުވާން ޖެހޭ ކަމެއް،" ފަސް ބަދަލުގެ ގަވާއިދާ ބެހޭގޮތުން ރަންގްނިކް.ބުންޏެވެ.

ފަސް ބަދަލުގެ ގަވާއިދު ނުގެނެވި އޮތީ ކްލަބްތަކުގެ މެޖޯރިޓީ ތާއީދުނުކުރާތީ އެވެ. އެއީ ފަސް ބަދަލު ގެނެސްފިނަަމަ މަޝްހޫރު ގިނަ ކުޅުންތެރިން ތިބި ޓީމުތަކަށް އެޑްވާންޓޭޖް އޮންނާނެތީ އެވެ.

ރަންގްނިކް ބުނީ މެޗުތަކަށް ނަގާ ޓީމު ޝީޓުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކީޕަރު ނޫން އަށް ކުޅުންތެރިއަކު ހިމެނޭއިރު، ފަސް ބަދަލު ގެނެވެން ޖެހޭ ގޮތަށް ގަވާއިދުގައި އޮންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރަންގްނިކް ބުނީ އިނގިރޭސި ފުޓްބޯޅަ ސީޒަން ދިގުލައިދާ އެންމެ ބޮޑު ސަބަބަކީ ލީގުގެ އިތުރުން ދެ ކަޕް މުބާރާތް އޮންނާތީ ކަމަށެވެ.

ދާދި ފަހުން ފްރާންސް އިން ވެސް ވަނީ އެ ގައުމުގެ ފުޓްބޯޅައިގައި ކުޅެމުން އައި އެއް ކަޕް މުބާރާތް ހުއްޓާލައިފަ އެވެ. އެއީ ކުޅުންތެރިން ސީޒަނެއްގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެ ކަމަށް ލުޔެއް ގެނައުމުގެ ގޮތުުންނެވެ.

ރަންގްނިކް ބުނީ ފްރާންސްގައި ގެނައި ބަދަލު އިނގިރޭސި ފުޓްބޯޅައިގައި ވެސް ގެންނަން ޖެހޭ ކަމަށާއި އެ ގޮތުން އެންމެ ރަނގަޅު ގޮތަަކަށް ވާނީ ލީގު ކަޕް ހުއްޓާލުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox