އިރާނުން ޔަމަނަށް ހަތިޔާރުތަކެއް ފޮނުވަނިކޮށް އެމެރިކާ އިން ހުއްޓުވައިފި

އަރަބި ކަނޑުން ހަތިޔާރާ އެކު ހިފެހެއްޓި ބޯޓު. -- ފޮޓޯ: އޭއެފްޕީ

އަރަބި ކަނޑުން ހަތިޔާރާ އެކު ހިފެހެއްޓި ބޯޓު. -- ފޮޓޯ: އޭއެފްޕީ

މަނާމާ، ބަހްރެއިން (ޑިސެމްބަރު 23) - އިރާނުން ޔަމަނުގެ ހޫތީންނަށް ހަތިޔާރުތަކެއް ފޮނުވަނިކޮށް އަރަބި ކަނޑުން ބޯޓެއް ހިފަހައްޓާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޔޫއެސް ނޭވެލް ފޯސާޒް ސެންޓްރަލް ކޮމާންޑް (ނެވްސެންޓް) އިން ބުނީ އުތުރު އަރަބި ކަނޑުން ފާހަގަވި ބޯޓު ހިފެހެއްޓީ ޑިސެމްބަރު 20 ގައި ކަމަށެވެ. އޭގައި ތިބި ފަސް މީހުންނަކީ ޔަމަނުގެ ރައްޔިތުންނެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން ދަނީ ހަނގުރާމަ ކުރަމުންނެވެ. އިރާނުން ހޫތީންނަށް އެހީވާ ކަމަށް ތުހުމަތު ކުރެވޭ އިރު، ސަރުކާރުގެ ފައުޖަށް އެހީވަނީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުންނެވެ.

"ޔޫއެސް ފަސް ވަނަ ފްލީޓްގެ މަނަވަރުތަކުން ހިފެހެއްޓި މަސް ބޯޓުން އަތުލައިގަތީ 1400 އޭކޭ-47 ރައިފަލް އާޢި 226،600 ވަޒަން،" އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ވަކި ދައުލަތަކަށް ނިސްބަތް ނުވާ މަސް ބޯޓު ފުރި ކަމަށް ބެލެވެނީ އިރާނުން. އެ ބޯޓު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރި ރޫޓަކީ މީގެ ކުރިން ވެސް ގާނޫނާ ހިލާފަށް ޔަމަނުގެ ހޫތީންނަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުންކޮށްފައިވާ ރޫޓެއް."

ބަހްރެއިން ގައި ގާއިމްވެގެން ތިވޭ ޔޫއެސް ފަސް ވަނަ ފްލީޓުގެ މަނަވަރުތަކުން މި އަހަރުގެ ތެރޭގައި ގާނޫނާ ހިލާފަށް ޓްރެފިކް ކުރަނިކޮށް 8،700 އަށް ވުރެ ގިނަ ހަތިޔާރު ހިފަހައްޓާފައި ވެ އެވެ.

ޔަމަނުގެ ހޫތީންނަށް އިރާނުން އެހީވާ ކަމަށް އެމެރިކާ އާއި ސައުދީ އަރަބިއްޔާ އިން ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް އިރާނުން އެ ތުހުމަތު ދޮގުކުރެ އެވެ.

"ހޫތީންނަށް ނުސީދާކޮށް އަދި ސީދާކޮށް ވެސް ހަތިޔާރު ވިއްކުމާއި ފޯރުކޮށްދިނުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފު ކަމެއް،" އެމެރިކާގެ ބަޔާނުގައި ބުންޏެވެ.

އެމެރިކާ ކަނޑުގެ ސިފައިން ބުނީ ބޯޓުގެ ކްރޫ މެމްބަރުން ހައްޔަރުކުރާނެ ކަމަށާއި ބޯޓަކީ ކޮމާޝަނަލް ކަނޑުގެ ދަތުރަށް އޮތް ނުރައްލަކަށް ވާތީ ފައްތާލާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox