ނަޕޯލީ ބަލިވުމުގެ ފައިދާ މިލާނުން ނަގައިފި

Dec 23, 2021, 6:19 AM
ލަނޑު ޖެހުމަށް ފަހު މިލާންގެ ކުޅުންތެރިން އުފާފާޅުކުރަނީ. --

ލަނޑު ޖެހުމަށް ފަހު މިލާންގެ ކުޅުންތެރިން އުފާފާޅުކުރަނީ. --

މިލާން (ޑިސެމްބަރު 23) - އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން 1-0 އިން ނަޕޯލީ ބަލިވިއިރު، އެމްޕޮލީގެ މައްޗަށް 4-2 އިން ކުރިހޯދައި އޭސީ މިލާން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗުތަކަށް ފަހު އިޓާލިއަން ލީގު ވަނީ އާ އަހަރާ ދިމާކޮށް ފިނި މޫސުމަށް ބްރޭކެއް ނަގައިފަ އެވެ. ލީގު މެދުކަނޑާލިއިރު، އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އެވެ. އިންޓަ އަށް 19 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް މިލާނަށް ވަނީ 19 މެޗުން 42 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް 19 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެޓަލަންޓާ އަށް ވަނީ 19 މެޗުން 38 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 19 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ނަޕޯލީ އަތުން ސްޕެޒިއާ މޮޅުވި ގޯލަކީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ނަޕޯލީގެ ހުއާން ޖީސޫސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ނަތީޖާ އަށް ފަހު ރެލިގޭޝަނުގައި އޮތް ސްޕެޒިއާ ވަނީ ހަ މެޗަށް ފަހު މޮޅެއް ހޯދައިފަ އެވެ. ސްޕެޒިއާ އޮތީ 19 މެޗުން ހޯދި 16 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.

އެމްޕޮލީ ދަނޑުގައި ކުޅުނު މެޗުގައި މިލާނަށް 12 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އޮލިވީއޭ ޖިރޫޑް ދިން ބޯޅައަކުން ފްރޭންކް ކެސިއޭ އެވެ. އޭގެ ހަ މިނިޓް ފަހުން އެމްޕޮލީގެ ނަދީމް ބެޖްރާމީ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެސިއޭ އިތުރު ގޯލެއް ޖަހައި މިލާނަށް އަލުން ލީޑުނަގައިދިނެވެ.

ދެ ވަނަ ހާފުގައި މިލާންގެ އަނެއް ދެ ގޯލު ޖެހީ އަލެސަންދްރޯ ފްލޮރެންޒީ އާއި ތިއޯ ހެނާންޑޭޒް އެވެ. އިތުރު ވަގުތުގައި އެމްޕޮލީގެ އަންދްރޭ ޕިނަމޮންޓީ ވަނީ ޕެނަލްޓީ އަކުން އެމްޕޮލީގެ ދެ ވަނަ ގޯލު ޖަހައިފަ އެެވެ.

މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ލީގުގެ ކޮންމެ މޮޅަކީ ވެސް މުހިއްމު ތިން ޕޮއިންޓް ކަމަށާއި އެކަމަކު، ބައެއް ކަހަލަ މެޗުތަކުން ލިބޭ ތިން ޕޮއިންޓްގެ ފައިދާ ސީޒަން ނިމުމުން ފެންނާނެ ކަމަށެވެ. އެ ގޮތުން ބަލާއިރު، އެމްޕޮލީ އަތުން މި ލިބުނު މޮޅު މުހިއްމުވާނެ ކަމަށް ޕިއޯލީ ބުންޏެވެ.

ފިނި މޫސުމުގެ ބްރޭކަށް ފަހު އިޓާލިއަން ލީގުގެ މެޗުތައް ދެން ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox