ޗައިނާގެ ސެލެބްރިޓީން ނުދައްކާ ހުރި ޓެކްސް ދައްކަން 10 ދުވަސް

ޗައިނާގައި ލައިވް ސްޓްރީމިން އަށް މަޝްހޫރު ހުއާންގް ވެއި އަށް މި ހަފުތާގައި އެންގީ ނުދައްކާ ހުރި ޓެކްސްގެ ޖޫރިމަނާ އަށް 204 މިލިއަން ޑޮލަރު ދެއްކުމަށް. -- ފޮޓޯ: އޭއެފްޕީ

ޗައިނާގައި ލައިވް ސްޓްރީމިން އަށް މަޝްހޫރު ހުއާންގް ވެއި އަށް މި ހަފުތާގައި އެންގީ ނުދައްކާ ހުރި ޓެކްސްގެ ޖޫރިމަނާ އަށް 204 މިލިއަން ޑޮލަރު ދެއްކުމަށް. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޑިސެމްބަރު 23) - ޗައިނާގެ ސެލެބްރިޓީން ނުދައްކާ ހުރި ޓެކްސް ދައްކައި ނިންމުމަށް 10 ދުވަސް ދީފި އެވެ.

ޓެކްސް ނުދައްކާ މައްސަލަ އާއި ސެލެބްރިޓީންގެ އަހުލާގީ މިންގަނޑު ދަށް މައްސަލައިގައި ޗައިނާ ސަރުކާރުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ޗައިނާގެ މުނިފޫހިފިލުވުމުގެ ސިނާއަތް އެންމެ ބޮޑަށް ހިނގާ ތަންތަނުގެ އިދާރާތަކުން ވަނީ ސެލެބްރިޓީން ޓެކްސް ދައްކައި ނިންމަން ސުންގަޑި ކަނޑައަޅައިފަ އެވެ.

ބެއިޖިން، ޝަންހާއީ، ގުއާންގްޑޮންގް، ޒެޖިއާންގް އަދި ޖިއަންގްސޫ ޕްރޮވިންސުން ސެލެބްރިޓީންނަށް އެންގީ ސުންގަޑީގެ ތެރޭގައި ޓެކްސް ނުދައްކައިފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ސެލެބްރިޓީންގެ އަމަލުތައް ރަނގަޅު ކުރަން ލިބުނު މުއްދަތުގައި އެކަން ނުކޮށްފި ނަމަ، ޓެކްސް ޑިޕާޓްމަންޓުން ސީރިއަސް ވިސްނުމެއްގައި ކުރިއަށް ދާނެ،" ގުއާންގްޑޮންގް ޓެކްސް އޮފީހުން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ޗައިނާގައި ލައިވް ސްޓްރީމިން އަށް މަގްބޫލް "ކުއީން" ހުއާންގް ވެއި ޓެކްސް ނުދައްކާ ހުރުމުން 200 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި އެވެ. އޭގެ އެއް ދުވަސް ފަހުން 110 މިލިއަން މީހުން ފޮލޯ ކުރާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ސަސްޕެންޑް ކުރި އެވެ.

މިދިޔަ އޯގަސްޓް މަހު އެކްޓްރެސް ޒެންގް ޝުއާންގް ޓެކްސް ނުދައްކާ ހުރުމުން 46 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު އެކްޓްރެސް ފޭން ބިންގްބިންގް ޓެކްސް ނުދައްކާ ހުރި މައްސަލަ ފެންމަތިވި، އޭނާގެ ކެރިއަރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ފޭން އަކީ އޭގެ ކުރިން ޗައިނާގެ އެންމެ މުއްސަނދި އެއް އެކްޓްރެސް އެވެ. އޭނާ ވަނީ ހޮލީވުޑްގެ އެކްސް-މެން އަދި އަޔަން މޭން ފަދަ ފިލްމު ސީރީޒްތަކުން ވެސް ފެނިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox