ރާމޯސް އަށް ރަތެއް، ފަހު ވަގުތު އިކާޑީ ޖެހި ލަނޑާއެކު ޕީއެސްޖީ ސަލާމަތްވެއްޖެ

Dec 23, 2021, 5:12 AM
ރާމޯސް އަށް ރަތް ކާޑު ދެއްކުމުން އޭނާ ރެފްރީއާ ވާހަކަ ދައްކަނީ.

ރާމޯސް އަށް ރަތް ކާޑު ދެއްކުމުން އޭނާ ރެފްރީއާ ވާހަކަ ދައްކަނީ.

ޕެރިސް (ޑިސެމްބަރު 24) - މެޗުގެ އިތުރު ވަގުތުގަައި އާޖެންޓީނާގެ ފޯވަޑް މައުރޯ އިކާޑީ ޖެހި ލަނޑާ އެކު، ފްރާންސް ލީގުގައި ބަލިނުވެ ރޭ ސަލާމަތްވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ލޯރިއެންއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ފުރަތަމަ ހާފު ނިމެނިކޮށް ލޯރިއެން އަށް ލީޑު ހޯދައިދިނީ ތޯމަސް މޮންކޯޑިއުން ޖެހި ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީން މެޗުގެ ނަތީޖާ އެއްވަރުކުރީ އިކާޑީ ޖެހި ލަނޑުންނެވެ. އަޗްރަފް ހަކީމީ ހުރަސްކޮށްލި ބޯޅަ އިކާޑީ ގޯލުގެ ތެރެއަށް އަމާޒިކޮށްލީ ބޮލުންނެވެ.

އިކާޑީ ލަނޑު ޖެހުމުގެ ކުރިން، ޕީޢެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޮސް އަށް ވަނީ ދެ ރީނދޫ ކާޑާއެކު، ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، ޕީޢެސްޖީ މެޗު ނިންމާލީ 10 ކުޅުންތެރިނާ އެކު އެވެ. މި މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދޭން އެންހެލް ޑި މާރިއާ އަަށް ރަނުގެ ފުރުސަތެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ. އަނެއްކޮޅުން ލިއޮނަލް މެސީ ފޮނުވާލި ބޯޅައެއް ލޯރިއެންގެ ކީޕަރު ޕައުލް ނާޑީ ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު އިކާޑީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެލިގޭޝަން ޒޯންގައި އޮތް ލޯރިއެން ވަނީ ޖުމްލަކޮށް ބަލާއިރު، ތަރިން ގިނަ ޕީއެސްޖީ ކައިރީގައި މޮޅަށް ކުޅެފަ އެވެ. ތާވަލްގެ 19 ވަނައިގައި ލޯރިއެން އަށް 19 މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ޕީއެސްޖީ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނީސް އިން ވަނީ ރޭ ލެންސް 2-1 އިން ބަލިކޮށްފަ އެވެ. ނީސް އަށް 19 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗަކީ މި ފަހަރު ޕީއެސްޖީ އަށް ލީގުގައި މޮޅެއް ނުލިބި ނިމުނު ފަސް ވަނަ މެޗެވެ. މި މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޓީމުގެ ނަތީޖާތައް ރަނގަޅު ނަމަވެސް، ޓީމުގެ ފަރާތުން ދެކެން ބޭނުންވާ ކުޅުން ނުދެއްކޭ ކަމަށެވެ.

"ކުޅުމަށް ބަލާއިރު މި ޓީމުގެ އެންމެ ރަނގަޅު ކުޅުން އަދި ނުދެއްކިގެން މި އުޅެނީ. އަހަރަމެން އަދިވެސް އެބަޖެހޭ ކުޅުން ރަނގަޅުކުރަން،" ޕޮޗެޓީނޯ ބުންޏެވެ.

ރާމޯސްގެ ރަތް ކާޑާ ބެހޭގޮތުން އަމާޒުވި ސުވާލުތަކަށް ޖަވާބުދޭން ޕޮޗެޓީނޯ ބޭނުމެއްނުވި އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox