ރެއާލުން އަހަރު ނިންމާލީ އަށް ޕޮއިންޓުގެ ލީޑަކާ އެކު

Dec 23, 2021, 1:25 AM
ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބިލްބާއޯ (ޑިސެމްބަރު 23) - ރަށުންބޭރުގައި ރޭ 2-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ފިނި މޫސުމުގެ ބްރޭކް ދިޔައިރު، އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

ސްޕެނިޝް ލީގުގެ މެޗުތައް އާ އަހަރަށް މެދުކަނޑާލިއިރު، ރެއާލް އެއް ވަނައިގައި އޮތީ 19 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 18 މެޗުން 38 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 18 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރަޔޯ ވަޔެކާނޯ އަށް ވަނީ 18 މެޗުން 30 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އޮތީ 18 މެޗުން 28 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

ބިލްބާއޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތް މިނިޓް ތެރޭ ރެއާލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލު ޖެހީ ހަތަރު ވަނަ މިނިޓްގަ އެވެ. މިއީ ޓޯނީ ކްރޫސް ދިން ބޯޅައަކުން ބެންޒެމާ ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން ބެންޒެމާ އިތުރު ގޯލެއް ޖަހައި، ވަނީ އަހަރު ނިމުމުގެ ކުރިން މި ސީޒަނުގައި 20 ގޯލު ހަމަކޮށްފަ އެވެ.

ރެއާލުން ދެ ގޯލުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން ބިލްބާއޯގެ އޮއިހާން ސަންކޭޓް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. ބިލްބާއޯ އަށް އެއްވަރުކޮށްދޭން ދެ ވަނަ ހާފުގައި އިނާކީ ވިލިއަމްސް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރެއާލުން ތިން ވަނަ ގޯލެއް ޖަހަން އެޑެން ހަޒާޑާއި ކްރޫސް ފޮނުވާލި ހަމަލާތައް ބިލްބާއޯގެ ކީޕަރު ހުލެން އަގިރެއްޒަބަލާ ވަނީ މަތަކޮށްފަ އެވެ.

ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅޭ ރެއާލުން އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު އެސްޕަންޔޯލް އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox