ވަން ޗައިނާ ޕޮލިސީއަށް ދިވެހިރާއްޖެއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

ނައިބު ރައީސް ފައިސަލް ޗައިނާގެ ސަފީރާއެކު: ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ވާހަކަ ދެއްކެވި -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ޗައިނާގެ ސަފީރާއެކު: ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ވާހަކަ ދެއްކެވި -- ފޮޓޯ: ރައީސް އޮފީސް

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ގަބޫލު ކުރުމުގެ "ވަން ޗައިނާ ޕޮލިސީ" އަށް ދިވެހިރާއްޖެއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުގެ ފަރާތުން ޗައިނާ ސަރުކާރަށް މިއަދު ދީފި އެވެ.

ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ ވަން ޗައިނާ ޕޮލިސީއަށް ދިވެހި ސަރުކާރުން ތާއީދު ކުރާނެކަމުގެ ޔަގީންކަން ދެއްވީ އެ ގައުމުގެ ސަފީރު ވަން ލީޝިންއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއިން 'ވަން ޗައިނާ' އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާފަ،" މިއަދުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ތަފްސީލަށް ނުގޮސް ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ޗައިނާގެ ފަރާތުން ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އަދި ޖީ-20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއަށް ބައިވެރިވެވުނީ ޗައިނާގެ އެހީތެރިކަން ލިބިގެން ކަމަށް ފާޙަގަ ކުރައްވައި ނައިބު ރައީސް ވަނީ އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފަ އެވެ.

އޭގެ އިތުރުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ސަފީރާއެކު ނައިބު ރައީސް ފައިސަލް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އަންނަ އަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ މުނާސަބާ ކަމަށްވާތީ، އެކަން ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox