އަރަބިއްޔާ އެޅުމަށް ބާ ޖަމާލުއްދީން ބިން ދެއްވަން ރައީސް ނިންމަވައިފި

އިލެކްޝަން ކޮމިޝަން މިހާރު ހިންގަމުންދާ އިމާރާތް: އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ބިން ދިނުމަށް ރައީސް ސޯލިހް ވަނީ ނިންމާފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިލެކްޝަން ކޮމިޝަން މިހާރު ހިންގަމުންދާ އިމާރާތް: އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ބިން ދިނުމަށް ރައީސް ސޯލިހް ވަނީ ނިންމާފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ބިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާ ގުޅިގެން އަރަބިއްޔާ ސްކޫލު އިމާރާތުގައި މި ވަގުތު ހާލަތު ހުރި ގޮތުން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމާ ކުދިން ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދަން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމި އެވެ.

ނަމަވެސް އެކަމާ އެ ސްކޫލުގެ ބެލެނިވެރިން ވަނީ އިހްތިޖާޖުވެސް ކޮށްފަ އެވެ. އެ ސުކޫލްގެ ބެލެނިވެރިން ބުނެފައި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ގެންގޮސްފި ނަމަ "ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ" ހިނގައިދާނެ ކަމަށެވެ.

އެ އިހްތިޖާޖުގެ ބައިވެރިން ތިބީ "ސޭވް އަރަބިއްޔާ" ފެހިކުލައިން ޖަހާފައިވާ ހުދު ޓީޝާޓު ލައިގެންނެވެ. އެ ޓީޝާޓުގަ "ދާއިމީ ހައްލެއް" އަދި "މުސްތަގުއްލު އިމާރާތެއް" މިފަދަ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.

އެކަމަށް ހައްލެއް ހޯދައިދެއްވުމަށް އެދި މިއަދު އެ ސްކޫކުގެ ބެލެނިވެރިން ރައީސާއެކު ބޭއްވި ބައްދަލުވުމުގައި ދެ ސްކޫލެއް އެއްކޮށްލައިގެން ކިޔަވައިދިނުމަކީ ހައްލެއް ނޫން ކަމަށް ރައީސް ވިދާޅުވި ކަމަށް ބެލެނިވެރިން ބުންޏެވެ.

ހައްލެއްގެ ގޮތުން މިހާރު އިލެކްޝަން ކޮމިޝަންގެ އޮޕަރޭޝަން ހިންގަމުންދާ އިމާރާތް (ކުރީގެ ޖަމާލުއްދީން ސްކޫލު) އަރަބިއްޔާ އެޅުމަށް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޝެއާ ކޮށްގެން އެގޮތަށް ގެންދިއުމަކީ ހައްލެއް ކަމަށް ރައިސް އަށްވެސް ގަބޫލުފުޅު ނުކުރެވޭ ކަމަށް ވިދާޅުވި. އެހެން ކަމުން އެހެން ހައްލެއް ހޯދުމަށް ޔަގީންކަން ދެއްވި ބާ ޖަމާލުއްދީން އަރަބިއްޔާ ސްކޫލު އެޅުމަށް ދޭނެ ކަމަށް،" ބައްދަލުވުމަށް ދިޔަ ބެލެނިވެރިޔަކު "އަދަދު" އަށް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011 ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011 ގައި އުވާލި އެވެ. އެއަށް ފަހު އޮގަސްޓް 25، 2011 ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox