"އިންޑިއާ އައުޓް" ކެމްޕެއިން ޖަރީމާއެއްގެ ގޮތުގައި ސިފަކުރެއްވުމުން ނާޒިމަށް ބަހުގެ ހަމަލާތަކެއް

Dec 20, 2021, 6:50 AM
ޕީއެންސީގެ ނައިބް ރައީސް ސައީދު، ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމް، އެމްއެންޕީގެ ރައީސް ނާޒިމް އަދި އެމްއެންޕީގެ ނައިބް ރައީސް ރިޔާޒް.

ޕީއެންސީގެ ނައިބް ރައީސް ސައީދު، ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމް، އެމްއެންޕީގެ ރައީސް ނާޒިމް އަދި އެމްއެންޕީގެ ނައިބް ރައީސް ރިޔާޒް.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ޖަރީމާއެއް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވުމުން އިދިކޮޅުން އޭނާ އަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕެއިނާ ބެހޭގޮތުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީނަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވީ އެއީ ވަކި ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގައި ހިންގާފައި ހުރި އެކި ކަންކަން ފޮރުވައި މަތި އަޅަން ހިންގާ ކެމްޕޭނެއް ކަމަށެވެ.

"މިއީ ގައުމީ ކެމްޕޭނެއް ނޫން. އެމްއެންޕީން ގަބޫލެއް ނުކުރަން އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ކެމްޕޭނެއް ކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.

އެ ވާހަކަތަކައް ރައްދުދެއްވައި ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާއަކީ ނާޒިމް ހިމެނޭ ކޯލިޝަނުން ހިންގާ މި ސަރުކާރުން އިންޑިއާއާ އެކު ހެދި އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެގްރިމެންޓާއި އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ކަމަށެވެ.

"އެއީ އަމިއްލަ ނަފްސު ހިމެނޭ ކޯލިޝަނުން ހެދި މުޑުދާރު ގޯސް! ސިޔާސީ މަގުބޫލުކަން ހޯދަންވާނީ ތިހާ ފިނޑިކޮށެއް ނޫން،" ސައީދު ޓްވީޓްކުރެއްވި އެވެ.

ސައީދުގެ އެ ވާހަކަތަކަށް ރައްދުދެއްވީ އެމްއެންޕީގެ ނައިބް ރައީސް އަބްދުﷲ ރިޔާޒެވެ. އޭނާ ވިދާޅުވި ގޮތުގައި ސައީދު އެ އިޝާރާތްކުރެއްވި ޔޫޓީއެފް އެގްރީމެންޓުގެ ފެށުމަކީ 2016 ވަނަ އަހަރު ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭން އޮން ކޯޕަރޭޝަން ކަމަށެވެ. އެހެންވެ ރިޔާޒް ވިދާޅުވި ގޮތުގައި ޔޫޓީއެފްގެ އެގްރިމެންޓުގައި ސައީދުގެ ނިސްބަތްވާ ޕާޓީގެ ސަރުކާރުގެ ދައުރެއް ވެސް އެބައޮތްކަން ވަރަށް ސާފު ކަމަށެވެ

"ކޮންމެ ކަމެއްގައި އޮޅުވާލަން ނޫޅުއްވާ،" ރިޔާޒް ޓްވީޓްކުރެއްވި އެވެ.

ރިޔާޒް ވާހަކަތައް ރައްދުދެއްވައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނަކީ ދެކެވުނު ވާހަކަތަކެއްގެ ޔައުމިއްޔާ ކަމަށާއި މިލިޓަރީ ސިފައިން ތިބެން އޭރު ޕީޕީއެމް ސަރުކާރުން ދެކޮޅު ކަމަށެވެ.

"ރައީސް ޔާމީން އެދިވަޑައިގަތީ ތިބި މީހުން ވެސް އަނބުރާ ގެންދަން. ވިސާ އާކޮށްނުދީ ފޮނުވާލަން ބޭނުންވީމަ އެ މައްސަލަ ވަނީ ޔޫއެން އަށް ވެސް ހުށައަޅާފައި،" ޝިޔާމް ޓްވީޓްކުރެއްވި އެވެ.

ކ. އަތޮޅުގައި އޮންނަ އުތުރުތިލަފަޅު ހިއްކައި، އެތަނުގައި ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާ އިން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު ސަރުކާރުން ބުނަމުން އަންނަނީ އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާއަކީ 2016 ވަނަ އަހަރު އޭރުގެ ރައީސް ޔާމީން އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

ނާޒިމް ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީން ބުނަމުން އަންނަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމާ ދެކޮޅު ކަމަށާއި އެކަމަކު އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ ކެމްޕެއިން ބަލައިނުގަންނަ ކަމަށެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް، އިދިކޮޅުގެ އެ ހަރަކާތް ސިފަކުރެއްވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. އޭގެ ނޭދެވޭ އަސަރާއި، ގެއްލުން ކައިރި މުސްތަގްބަލެއްގައި ރާއްޖެއަށް ކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެހެންވެ، އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިނުވުމަށް އޭނާ އިލްތިމާސްކުރެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox