ރައީސް، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރައްވަނީ

އަރަބިއްޔާ ބެލެނިވެރިން އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން: ބެލެނިވެރިން ބޭނުންވަނީ ރައިސާ ބައްދަލުކުރަން -- ފޮޓޯ: އަރަބިއްޔާ ފެމިލީ / ޓްވިޓާ

އަރަބިއްޔާ ބެލެނިވެރިން އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން: ބެލެނިވެރިން ބޭނުންވަނީ ރައިސާ ބައްދަލުކުރަން -- ފޮޓޯ: އަރަބިއްޔާ ފެމިލީ / ޓްވިޓާ

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ މައްސަލާގައި ބެލެނިވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.

އެ ސްކޫލުގެ މައްސަލާގައި ބެލެނިވެރިން ވަނީ އިހްތިޖާޖުވެސް ކޮށްފަ އެވެ. އެ ސުކޫލްގެ ބެލެނިވެރިން ބުނެފައި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ގެންގޮސްފި ނަމަ "ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ" ހިނގައިދާނެ ކަމަށެވެ.

އެ އިހްތިޖާޖުގެ ބައިވެރިން ތިބީ "ސޭވް އަރަބިއްޔާ" ފެހިކުލައިން ޖަހާފައިވާ ހުދު ޓީޝާޓު ލައިގެންނެވެ. އެ ޓީޝާޓުގަ "ދާއިމީ ހައްލެއް" އަދި "މުސްތަގުއްލު އިމާރާތެއް" މިފަދަ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ރައީސް، މިއަދު ބެލެނިވެރިންނާ ބައްދަލުކުރަން ނިންމާފައިވާ ކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިއަދު ހެނދުނު 11 ޖަހާއިރު އެވެ.

ބެލެނިވެރިން ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ ވެސް އިއްޔެ ބައްދަލުކޮށްފަ އެވެ.

އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލުކުރި ނަމަވެސް ހުޅުމާލޭގައި މިހާރު އިމާރާތްކުރާ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލް ހާއްސަ ކުރާނީ އެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބޭނުންވަނީ ވަގުތީ އިމާރާތެއް ހަދައި އެތަނަށް ދަރިވަރުން ބަދަލު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox