ޖިންސީ ގޯނާގެ ތުހުމަތު ނުކުރާ ކަމަށް ޗައިނާގެ ޓެނިސް ތަރި ބުނެފި

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޑިސެމްބަރު 20) - ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ލީޑަރަކަށް ޖިންސީ ގޯނާގެ ތުހުމަތު ނުކުރާ ކަމަށް ޓެނިސް ތަރި ޕެންގް ޝުއާއީ ބުނެފި އެވެ.

ޕެންގްގެ ރައްކާތެރިކަމާ މެދު ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށި ފަހުން ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުނީ އުޅެމުން ދަނީ މިނިވަންކަމާ އެކު ކަމަށެވެ.

ނަމަވެސް ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ބުނީ "ސެންސަރު ކުރުމެއް އަދި ޕްރެޝަރު ކުރުމެއް ނެތި ޕެންގް އަށް ވާހަކަދެއްކޭ ކަމާ މެދު ޝައްކު" ކުރާ ކަމަށެވެ.

ސިންގަޕޫރުގައި ޗައިނާ ބަހުން ނެރޭ ލިއަންހޭ ޒައޮބައޮ ނޫހަށް ދިން އިންޓަވިއުގައި ޕެންގް ބުނީ ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް އޭނާ ނުކުރާ ކަމަށެވެ.

"ވަރަށް މުހިއްމު ނުކުތާއެއް ފާހަގަކުރަން އަޅުގަނޑު ބޭނުން. އަޅުގަނޑަށް އެއްވެސް މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާނެ އަދި އެފަދަ ވާހަކައެއް ލިޔެފައި ވެސް ނުވާނެ،" 35 އަހަރުގެ ޕެންގް ބުންޏެވެ.

"އެކަން ސާފުކޮށްދޭން އަޅުގަނޑު ބޭނުން."

އެހެން ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ސޯޝަލް މީޑިއާ ވެއިބޯގައި ޕެންގް ބުނެފައި ވަނީ އުމުރުން 70 ގެ އަހަރުތައް ގުނަމުންދާ ކުރީގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީ ވަނީ އެތައް އަހަރެއް ވަންދެން ގަދަކަމުން ޖިންސީ ގުޅުން ބާއްވަން އޭނާ އަށް މަޖުބޫރުކޮށްފައި ކަމަށެވެ.

ވެއިބޯގައި އެ ވާހަކަ ޕޯސްޓު ކުރުމަށް ފަހު ފަހުން ރިމޫވްކުރި އެވެ. އޭގެ ފަހުން އާއްމު ތަނަކުން ނުފެނުމުގެ އިތުރުން ޕެންގްގެ ހަބަރެއް ވީ ދެ ހަފުތާ ފަހުންނެވެ. ޕޯސްޓް ޑިލީޓް ކުރި ނަމަވެސް، އޭގެ ސްކްރީންޝޮޓުތައް ވަނީ އާއްމުވެފަ އެވެ.

ޕެންގްގެ ވީޑިއޯ އިންޓަވިއުގައި އެ ޕޯސްޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބުނީ އެއީ "ޒާތީ މައްސަލައެއް" ކަމަށާއި އެކަމާ ގުޅޭ ގޮތުން މީހުންނަށް ވަރަށް ގިނަ ކަންކަން "އޮޅުންއަރާފައިވާ" ކަމަށެވެ.

ޑަބްލިއުޓީއޭ އިން ބުނީ ޕެންގްގެ ހާލަތާ މެދު އަދިވެސް ކަންބޮޑުވާ ކަމަށާއި ޖިންސީ ގޯނާގެ ތުހުމަތުތައް ތަހުގީގު ކުރަން ގޮވާލާ ކަމަށެވެ. ޕެންގްގެ މައްސަލަ ފެންމަތިވެ ޑަބްލިއުޓީއޭ އިން ނިންމީ ޗައިނާގައި އެއްވެސް މުބާރާތެއް ނުބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox