މިލާން ބަލިކޮށް ނަޕޯލީ ދެ ވަނަ އަށް

Dec 20, 2021, 1:53 AM
ިމިލާންގެ ޓޮނާލީ (ކ) ނަޕޯލީގެ ޒިއެލީންސްކީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ިމިލާންގެ ޓޮނާލީ (ކ) ނަޕޯލީގެ ޒިއެލީންސްކީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.

މިލާން (ޑިސެމްބަރު 20) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން 1-0 އިން ބަލިކޮށް، ނަޕޯލީ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ނަޕޯލީ އަށް ލިބުނު ފުރަތަމަ މޮޅެވެ. މި ތިން ޕޮއިންޓާ އެކު ނަޕޯލީ ދެ ވަނަ އަށް ޖެހިލީ ޕޮއިންޓުގެ ގޮތުން މިލާނާ އެއްވަރު ކޮށްގެންނެވެ. އެއް ވަނައިގައި އޮތް އިންޓަ މިލާނަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް މިލާނަށް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.

މިލާން ދަނޑުގައި ރޭ ކުޅުނު މެޗުގައި ނަޕޯލީން މެޗުގެ ހަމައެކަނި ގޯލު ޖެހީ ފަސް ވަނަ މިނިޓްގަ އެވެ. ޕޮލެންޑްގެ މިޑްފީލްޑަރު ޕިއޮޓްރޭ ޒިއެލީންސްކީ ނެގި ކޯނަރަކުން އެލިފް އެލްމާސް މި ގޯލު ޖެހީ ބޮލުންނެވެ. ނޯތު މެސެޑޯނިއާގެ އެލްމާސް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ މިލާން ގޯލުގައި ހުރި ފްރާންސް ކީޕަރު މައިކް މެނިއާން އަތްދަށުންނެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަަމަހަމަ ކުރަން އޭރިއާތެރެއިން މިލާންގެ ޒްލަޓާން އިބްރަހިމޮވިޗް ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައިރު، އޭރިއާބޭރުން އަލެސަންދްރޯ ފްލޮރެންޒީ ޖެހި ޝޮޓް ވެސް ގޯލާ ސީދާވާގޮތެއް ނުވި އެވެ. ދެ ވަނަ ހާފްގައި އޭރިއާތެރެއިން އިބްރަހިމޮވިޗް ޖެހި ބޯޅައެއް ނަޕޯލީ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މިލާންގެ ފްރޭންކް ކެސިއޭ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް ރެފްރީ ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް މި ގޯލު ނުލާން ނިންމީ މިލާންގެ އޮލީވިއޭ ޖިރޫޑް އޮފްސައިޑް މަގާމެއްގައި ހުރެ، ކުޅުމުގައި ބައިވެރިވުމުން ކަމަށް ބަލައިފަ އެވެ.

ލީގުގައި ރޭ ފިއޮރެންޓީނާ އިން ސަސުއޯލޯއާ 2-2 އިން އެއްވަރުކޮށް ހޯދި ޕޮއިންޓާ އެކު ވަނީ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް އެޓަލަންޓާ އަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ރޯމާ އާއި ހަ ވަނައިގައި އޮތް ފިއޮރެންޓީނާ އަދި ހަތް ވަަނައިގައި އޮތް ޔުވެންޓަަސް އަށް ވަނީ 18 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox