ދަ ގްރާންޑޭގެ މަސައްކަތް މާފުށީގައި: ނާދު އަށް އާ ޗެލެންޖެއް

Dec 19, 2021, 2:31 AM
މާފުށީގައި ކުރިއަށްދިޔަ ދަ ގްރާންޑޭގެ ޕްރެކްޓިހެއްގެ ތެރެއިން ނާދު.-- ފޮޓޯ: އަދަދު

މާފުށީގައި ކުރިއަށްދިޔަ ދަ ގްރާންޑޭގެ ޕްރެކްޓިހެއްގެ ތެރެއިން ނާދު.-- ފޮޓޯ: އަދަދު

ކ. މާފުށްޓައް ނިސްބަތްވާ ގިނަ ޒުވާނުންތަކެއް ގޮވައިގެން ދަ ގްރާންޑޭ ޓީމު އެކުލަވާލައި، ފުރަތަމަ ޑިވިޝަން ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ފުޓްބޯޅައިގައި އޭނާ ކުރާ އެންމެ ޗެލެންޖް ބޮޑު މަސައްކަތް ކަމަށް ދަ ގްރާންޑޭގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

މާފުށީ ދަނޑުގައި ޓްރެއިނިންތައް ކުރިއަށްގެންދާ ދަ ގްރާންޑޭ ޓީމުގައި ގިނަ އަދަދަކަށް ތިބީ ވެސް އެ ރަށުގެ ކުޅުންތެރިންނެވެ. އާންމު ގޮތެއްގައި ފުޓްސަލް ކުޅެމުން އައި ކުޅުންތެރިންތަކެއް ލައިގެން ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާން ނާދު އަށް ލިބުނީ ވިއްސަކަށް ދުވަހުގެ ޕްރީ ސީޒަން ޓްރެއިނިން މުއްދަތެވެ. މިއަދު ހަވީރު ޕްރެޒިޑެންޓްސް ކަޕްގައި ދަ ގްރާންޑޭ ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.

"އަޅުގަނޑު ބުނާނީ މިއީ ވަރަށް ބޮޑު ޗެލެންޖެކޭ. އަތުގައި ހިފައިގެން ގޮސް ޓްރެއިން ކުރަން މި ޖެހެނީ ތަންތަނަށް ލައިދީފައި. މި އަދި ފުރަތަމަ ޑިވިޝަނުގައި ނުކުރާވަރުގެ ތަޖުރިބާއެއް މި ކުރަނީ. ވަރަށް ބޮޑަށް ކިޔައިދޭން އެބަޖެހޭ،" މިއަދުގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާދު ބުންޏެވެ.

"ޓީމު ދަނޑުމަތީގައި ތިބޭނީ ކިހިނެއްތޯ. އެއީ ބޮޑު ފުޓްބޯޅަ ނުކުޅޭތީވެ، ވަރަށް އުނދަގޫ. ބޭސިކް ހުރިހާ އެއްޗެއް އެބަ ކިޔައިދެން. މިހާރު ވަރަށް ބޮޑަށް ކިޔައިދީގެން ރަނގަޅު އެބަވޭ. ޓީމު ދަނޑުމަތީގައި ހުންނައިރު، ފުޓްބޯޅަ ޓީމެއްގެ ބައްޓަން މިހާރު ފެންނާނެ،"

ނާދުގެ ބެލުމުގެ ދަށުން ދަ ގްރާންޑޭ ޕްރެކްޓިސް ފެށީ މިދިޔަ މަހު 27 ގަ އެވެ. ނާދު ބުނީ ފަރިތަކުރަން ލިބުނު މުއްދަތު އާންމުކޮށް ޕްރީ ސީޒަނަކަށް ބޭނުންވާ ވަގުތަށް ވުރެ ކުޑަ ކަމަށެވެ. މިހާތަނަށް ޓީމު އެކުލަވާލުމުގައި ފެނުނު މައްސަލަ އަކީ ޑިފެންސިވް މަގާމުތަކަށް ރަނގަޅު ކުޅުންތެރިން މަދުވުން ކަމަށާއި ޕްރެޒިޑެންޓްސް ކަޕްގެ ވަކި ހިސާބަކުން ބިދޭސީ ކުޅުންތެރިން ގެންނާނީ އެ މަގާމްތަކަށް ކަމަށެވެ.

ގްރާންޑޭ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މާފުށީ އެކި ވަޒީފާތަކުގައި އުޅޭ ކުދިން ކަމަށްވާތީ ހުރިހާ ކުޅުންތެރިންނަށް ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިވުމަށް އުނދަގޫތަކެއް އެބަހުއްޓެވެ. އެކަމަކު، ކުޅުންތެރިންގެ ފަރާތުން ޕްރެކްޓިހަށް ޖުމްލަކޮށް ލިބޭ އެއްބާރުލުން ރަނގަޅުކަން ނާދު ފާހަގަކުރި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނާދު ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރަށެއްގައި ފުޓްބޯޅަ ފޯރި އާލާކޮށް ފުރަތަމަ ޑިވިޝަނުގައި ރަށެއްގެ ރޫހުގައި ވާދަކުރުމަކީ ފުޓްބޯޅަ އަށް ވެސް އޭގެ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ނާދު ގަބޫލުކުރެ އެެވެ.

"މިއީ ވަރަށް ރަނގަޅު ފެށުމެއް ފުޓްބޯޅަ އަށް. މާފުށީގައި މިހެން ޓީމެއް ބާއްވައިގެން ކުރިއަށް ދިއުމަކީ ފުޓްބޯޅަ އަށް ކުރިއެރުމެއް،" ކުރިން ފުރަތަމަ ޑިވިޝަނުގެ ވެލެންސިއާ އާއި އޯލްޔޫތުލިންކް އޭޖް އަދި ވިކްޓަރީގައި ވެސް މަސައްކަތްކުރި ނާދު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ މިއަދު ހަވީރު ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެެވެ. ގްރީން ސްޓްރީޓްސް އިން ޕްރީ ސީޒަނުގައި މިހާތަނަށް ރަނގަޅަށް ކުރީ ފަސް ވަރަކަށް ޕްރެކްޓިހެވެ.

ނާދު ބުނީ ގްރީން ސްޓްރީޓްސްގެ ތައްޔާރީތަކާ މެދު ނުވިސްނާނެ ކަމަށާއި ދަ ގްރާންޑޭ އިން މެޗަށް ނުކުންނާނީ މިދިޔަ އަހަރު ލީގުގެ ތިން ވަނަ ހޯދި ގްރީން ސްޓްރީޓްސްއާ ކުޅެން ކަމަށެވެ.

"ގްރީން އަކީ މިދިޔަ އަހަރު ވެސް ލީގުގެ ތިން ވަނަ ޓީމު. އަޅުގަނޑުމެން ނުކުންނާނީ ތިން ވަަނަ ޓީމުކަން ދެކިގެން ވަރުގަދަކޮށް. އެކަން ވަރަށް ބޮޑަށް އެބަ ވިސްނަދެން ޓީމުގެ ހުރިހާ ޕްލޭޔަރުންނަށް ވެސް. މި ކުރިމަތިލާން މި ޖެހެނީ އެތައް ދުވަހަކު މި ދަނޑުގައި ކުޅެފައި ތިބި ބަޔަކާކަން ވެސް އެބަ އެނގޭ،" ނާދު ބުންޏެވެ.

"މީގެ (މި ޓީމުގައި) ތިބޭނީ މި ދަނޑަށް އަދި މި ކަހަލަ މުބާރާތަކަށް އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންތަކެއް ކުރިމަތީ ކުޅެން އާ ކުޅުންތެރިންތަކެއް. މިއީ ޓީމަށް ލިބޭނެ އުނދަގުލެއް ވިޔަސް ވަރަށް ބޮޑަށް ކިޔައިދީގެން ރަނގަޅު ކުރަމުން މި އަންނަނީ،"

ޕްރެޒިޑެންޓްސް ކަޕްގެ މި މެޗުތަކަކީ ދަ ގްރާންޑޭގެ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަނުގެ ކުޅުމުގެ މުހިއްމު ތަޖުރިބާތަކެއް ހޯދަން ބޭނުންހިފޭނެ މެޗުތަކެއް ކަމަށް ނާދު ގަބޫލުކުރެ އެވެ.

ނާދު ބުނީ އަންނަ ފެބްރުއަރީ މަހު ދިވެހި ޕްރިމިއާ ލީގު ފަށާއިރު، ޕްރެޒިޑެންޓްސް ކަޕުން ދަސްވާ ކަންކަމަށް ބަލައި ދަ ގްރާންޑޭ ރަނގަޅު ލެވަލަކަށް ގެންދެވިދާނެ ކަމަށެެވެ.

ދަ ގްރާންޑޭ އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox