އަރަބިއްޔާ އިމާރާތުގެ މައްސަލަ، ބެލެނިވެރިން ތިބީ ދޫދޭ ގޮތަކަށް ނޫން

އަރަބިއްޔާ ބެލެނިވެރިން އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން: ބެލެނިވެރިން ބޭނުންވަނީ ރައިސާ ބައްދަލުކުރަން -- ފޮޓޯ: އަރަބިއްޔާ ފެމިލީ / ޓްވިޓާ

އަރަބިއްޔާ ބެލެނިވެރިން އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން: ބެލެނިވެރިން ބޭނުންވަނީ ރައިސާ ބައްދަލުކުރަން -- ފޮޓޯ: އަރަބިއްޔާ ފެމިލީ / ޓްވިޓާ

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިން ކުރަމުންދާ ކަންކަން ހައްލުވަންދެން ހުއްޓާ ނުލާނެ ކަމަށް ބެލެނިވެރިން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލް ކުރިމަތީގައި އިއްޔެ ހަވީރު އެ އިހްތިޖާޖްކުރަން ފެށީ އެ ސުކޫލުގައި ބެލެނިވެރިން ބޭއްވި ބައްދަލުވުމަކަށްފަހު އެވެ. ބެލެނިވެރިން ބުނެފައި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ގެންގޮސްފި ނަމަ "ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ" ހިނގައިދާނެ ކަމަށެވެ.

އެ އިހްތިޖާޖުގެ ބައިވެރިން ތިބީ "ސޭވް އަރަބިއްޔާ" ފެހިކުލައިން ޖަހާފައިވާ ހުދު ޓީޝާޓު ލައިގެންނެވެ. އެ ޓީޝާޓުގަ "ދާއިމީ ހައްލެއް" އަދި "މުސްތަގުއްލު އިމާރާތެއް" މިފަދަ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.

އަރަބިއްޔާގެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތެރިވާ ބެލެނިވެރިޔަކު "އަދަދު" އަށް ބުނީ ބެލެނިވެރިން ނިންމާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ކުރަން ޖެހޭ ކަންކަން މައްސަލަ ހައްލުވަންދެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ބެލެނިވެރިން އެދެނީ ވަގުތީގޮތުން ތިބެވޭނެ ވަކި އިމާރާތެއް ނުވަތަ ޖާގައެއް ހަމަޖައްސައިދިނުމާއެކު އާ އިމާރާތެއް ރަސްމީކޮށް އަރަބިއްޔާ ސްކޫލުގެ 800 ދަރިވަރުންނަށް ހަމަޖައްސައިދިނުމަށް،" އޭނާ ބުންޏެވެ.

އެޑިޔުކޭޝަން މިނިސްޓްރީއަށް އެ ސްކޫލުގެ ޕީޓީއޭއިން މަޝްވަރާ ކުރި ކަންކަން ފޮނުވުމުން ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ބެލެނިވެރިން ބުންޏެވެ.

"މިނިސްޓްރީއަށް ސިޓީ ފޮނުވި ދުވަސް ނޫން އަނެއް ދުވަހުގެ ރޭގަނޑު ބަޔާނެ ނެރުނީ އިއްޒުއްދީނަށް ބަދަލު ކުރާ ކަމަށް. ރައިސް އޮފީހަށް ވެސް ދެ ފަހަރުމަތިން ސިޓީ ފޮނުވީމަވެސް ޖަވާބެއް ނުދެއްވި،" އޭނާ ކިޔައިދިނެވެ.

ރައިސް އޮފީހަށް ސިޓީ ފޮނުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބެލެނިވެރިންނާ އެއްވެސް މަޝަވަރާއެއް ކުރުމެއް ނެތި ކަންކަން ނިންމަމުން ދާތީ ކަމަށް ވެސް ބެލެނިވެރިން ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011 ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011 ގައި އުވާލި އެވެ. އެއަށް ފަހު އޮގަސްޓް 25، 2011 ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox