ލެވަންޑޯސްކީ މުލާގެ ރެކޯޑް މުގުރާލިއިރު، ބަޔާނުން ލީޑުފުޅާކޮށްފި

Dec 18, 2021, 4:03 AM
ލެވަންޑޯސްކީ މުލާގެ ރެކޯޑް މުގުރާލިއިރު، ބަޔާނުން ލީޑުފުޅާކޮށްފި

މިއުނިކް (ޑިސެމްބަރު 18) - ޖަރުމަނު ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީ ބޮޑު ރެކޯޑެއް މުގުރާލި ގޯލާ އެކު 4-0 އިން ވުލްފްސްބާގް ބަލިކޮޮށް ބަޔާން މިއުނިކުން ލީގު ތާވަލް އެއް ވަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލެވަންޑޯސްކީ ރޭ މި ވަނީ ކަލަންޑަރު އަހަރެއްގައި ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑް މުގުރާލައިފަ އެވެ. މުލާ އެ އަހަރު ޖެހީ 42 ގޯލެވެ. ރޭ ވުލްފްސްބާގް ކޮޅަށް ޖެހި ދެ ގޯލާ އެކު ލެވަންޑޯސްކީ މި އަހަރު މި ވަނީ 43 ގޯލު ލީގުގައި ޖަހައިފަ އެވެ. މިއީ އެއް އަހަރު ތެރޭ ލެވަންޑޯސްކީ މުލާގެ ބޮޑު ރެކޯޑެއް މުގުރާލި ދެ ވަނަ ފަހަރެވެ.

މިދިޔަ ސީޒަނުގެ ފަހު މެޗުގައި އޯގްސްބާގް އަތުން ބަޔާން މޮޅުވި މެޗުގައި ޖެހި ގޯލުން ލެވަންޑޯސްކީ ވަނީ މުލާގެ 49 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ. ލީގު ސީޒަނެއްގައި 40 ގޯލު ޖަަހައިގެން ކުރީގެ އެއް ވަަނަ ފޯވާޑް ގާޑް މުލާ ރެކޯޑް ހެދީ 1972 ވަނަ އަހަރު އެވެ. ލެވަންޑޯސްކީ މިދިޔަ ސީޒަނުގެ ފަހު މެޗުގައި ޖެހީ އެ ފަަހަރު ލީގުގައި އޭނާގެ 41 ވަނަ ގޯލެވެ.

މި މޮޅާ އެކު ފިނި މޫސުމުގެ ބްރޭކަށްދާއިރު، ބަޔާން އެއް ވަނައިގައި އޮތީ 17 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑް މިރޭ ނުކުންނާނީ ރަށުންބޭރުގައި ހާތާ ބާލިންއާ ދެކޮޅަށެވެ. މި މެޗުން ޑޯޓްމަންޑް މޮޅުވެއްޖެނަމަ ބަޔާންގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ތޯމަސް މުލާ އެވެ. ބަޔާނުން އަނެއް ހަތަރު ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ ބަޔާންގެ ލީޑުފުޅާކޮށްދިނީ ޑަޔޫޓް އުޕަމެކާނޯ އެވެ. އެއީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. އޭގެ ދެ މިނިޓް ފަހުން ލެރޯއި ސާނޭ ވަނީ ބަޔާންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ލެވަންޑޯސްކީ އެ ޓީމުގެ ފަހު ގޯލު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox