ކޮންމެ ރަށެއްގައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅައި، އަމަލުކުރަން ހަ މަހުގެ މުހުލަތެއް

މާލެ މަގެއްގައި ދުއްވަމުން ދިޔަ ވެހިކަލްތަކެއް: ކޮންމެ ރަށެއްގައި ވެސް ދުއްވޭނެ ވެހިކަލްތަކުގެ ޖުމްލަ އަދަދު ކަނޑައަޅަންޖެހޭ  -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މާލެ މަގެއްގައި ދުއްވަމުން ދިޔަ ވެހިކަލްތަކެއް: ކޮންމެ ރަށެއްގައި ވެސް ދުއްވޭނެ ވެހިކަލްތަކުގެ ޖުމްލަ އަދަދު ކަނޑައަޅަންޖެހޭ -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ދުއްވޭނެ ވެހިކަލްތަކުގެ ޖުމްލަ އަދަދު ކަނޑައެޅުމަށް ރަށު އަދި ސިޓީ ކައުންސިލްތަކަށް ގަވާއިދަކުން ޓްރާންސްޕޯޓް މިނިސްޓްރީން ލާޒިމްކޮށްފި އެވެ.

"އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު" ބުރާސްފަތި ދުވަހު ގެޒެޓު ކުރި ނަމަވެސް އެއަށް އަމަލު ކުރަން ފަށަންޖެހެނީ ހަ މަސް ދުވަސް ފަހުން ޖޫން 16، 2021 ގަ އެވެ.

އެ ގަވާއިދުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ބެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.

އުޅަނދުތަކުގެ އަދަދު ކަނޑައަޅާނެ ގޮތާއި ބަލަން ޖެހޭނެ ކަންކަމުގެ އިތުރުން، އެ އަދަދު ކަނޑައެޅުމުގެ ކުރިން ކޮންމެ ރަށަކުން ވެސް ހަދަން ޖެހޭނެ އެސެސްމެންޓްގެ ތަފްސީލުވެސް މި ގަވާއިދުގައިވެ އެވެ.

އޭގެ އިތުރުން އުޅަނދުތަކުގެ އަދަދާއި ރަޖިސްޓްރީ ކޮށްދިނުމުގެ އުސޫލާއި އެ އެއްޗެހި ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ވެސް މި ގަވާއިދުގެ ދަށުން ކައުންސިލްތަކުން ކަނޑައަޅަންޖެހެ އެވެ.

ގަވާއިދުގައި ވާގޮތުން ކޮންމެ ރަށެއްގައި ވެސް ބޭނުންކުރެވޭނެ ޖުމްލަ އުޅަނދުގެ އަދަދު ކަނޑައެޅުމުގައި ރިޔާއަތް ކުރަން ޖެހޭނެ އަސާސީ ކަންކަމެއްވެ އެވެ. އެއީ:

  1. އެ ރަށެއްގެ އާބާދީ
  2. އެ ރަށެއްގައި ބޭނުން ކުރަމުންދާ އުޅަނދުތަކުގެ ޖުމްލަ އަދަދު
  3. އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާ ޕާކް ކުރުމަށް ކަނޑައަޅާ ސަރަހައްދުގެ ބޮޑުމިން

މިކަންކަމުގެ މައްޗަށް ތައްޔާރު ކުރޭ އެސެސްމެންޓްގައި އެންމެ ގިނައިން އެރަށުގައި ވެހިކަލް ދުއްވާ ގަޑި އާއި އާންމު ދަތުރު ފަތުރު ނިޒާމް ހަމަޖެހިފައިވާ މިންވަރާއި އާބާދީގެ ނިސްބަތުން އެއްގަމު އުޅަނދު ބޭނުންކުރާ މީހުންގެ އަދަދު ވެސް އެރަށެއްގެ ކައުންސިލުން ދަނެގަންނަން ޖެހެ އެވެ.

އޭގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކުގެ ނަމުގައި އެތެރެކުރެވޭނެ، ވެހިކަލް ތަކުގެ އަދަދު ވެސް ކަނޑައެޅިގެން ދާނެ އެވެ. ސިނާއީ ރަށްރަށުގައި ނުވަތަ ރިސޯޓްތަކުގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ފާސްކުރާނީ މިނިސްޓްރީ އިންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މި ގަވާއިދާއި އިރުޝާދުގެ މަތިން އުޅަނދުތައް ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހެނީ ކައުންސިލުންނެވެ. އެއަށްފަހު ހޯދާ ހުރިހާ މައުލޫމާތުގެ އަލީގައި ތައްޔާރު ކުރާ ރިޕޯޓާއި، އެސެސްމެންޓް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. އެ އެއްޗެހި ބެލުމަށްފަހު ކައުންސިލުން ކަނޑައަޅާފައިވާ އަދަދު މިނިސްޓްރީން އާންމު ކުރާނެ އެވެ.

އެ އަދަދު އާންމުކުރާތާ ހަ މަހުގެ ތެރޭގައި އެ ރަށެއްގެ ވެހިކަލްތައް އެ ގަވާއިދުގެ ތެރެއަށް ފެއްތުމަށް މިއަދު ގެޒެޓް ކުރި އުސޫލުން ލާޒިމް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox