ހާލަތު ގޯސްވާތީ ޕްރިމިއާ ލީގުން ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

Dec 15, 2021, 8:09 AM
ހާލަތު ގޯސްވާތީ ޕްރިމިއާ ލީގުން ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ލަންޑަން (ޑިސެމްބަރު 15) - ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން އެ ބަލި ފެތުރުން އިތުރުވެފައިވާތީ، އިނގިރޭސި ޕްރިމިއާ ލީގުން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ޕްރިމިއާ ލީގަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބުތަކުން 42 މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއީ ޕްރިމިއާ ލީގުން ކޮވިޑް ޓެސްޓްކުރަން ފެށި ފަހުން، ހަފުތާއެއްގެ މުއްދަތެއްގައި ތެރޭގައި ޕްރިމިއާ ލީގުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ފަހަރެވެ.

މެންޗެސްޓާ ޔުނައިޓަޑާއި ޓޮޓެންހަމް ހޮޓްސްޕާ ޓީމުގެ ތެރޭގައި ކޮވިޑް ކޭސްތަކެއް ފެނި، އެ ދެ ކްލަބު ކުޅެން އޮތް މެޗުތަކެއް ވަނީ ފަސްކޮށްފަ އެވެ. މީގެ އިތުރުން ބްރައިޓަން، އެސްޓަން ވިލާ، ލެސްޓާ ސިޓީ އަދި ނޯވިޗްގެ ޓީމުން ވެސް ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިފަ އެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުގައި ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން، ޕްރިމިއާ ލީގުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ކްލަބުގެ ޓްރެއިނިންނަށް ވެސް ކުޅުންތެރިން އަންނައިރު ކުޅުންތެރިންނާއި އޮފިޝަލުން ވެސް ކޮވިޑް ޓެސްޓް ކުރުމެވެ. މީގެ އިތުރުން މާސް އެޅުމާއި، ގައިދުރުކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.

ކްރިސްމަސް ބަންދު ބޯމަތިވެފައިވާއިރު، މިއީ އާންމުކޮށް ޕްރިމިއާ ލީގުގެ މެޗުތައް ކައިރިކައިރީގައި ކުޅޭ ދުވަސްވަރެކެވެ. އެހެންކަމުން، މި ދުވަސްވަރު ކުޅެންޖެހޭ މެޗުތައް ފަސްވުމަކީ ކްލަބުތަކުން ބޭނުންވާ ގޮތެއް ނޫނެވެ.

އިންގްލެންޑުން ކޮވިޑް އެޅި ފިޔަވަޅުތައް ޖުލައި މަހު އުވާލުމާއެކު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ދަނޑަށް މީހުން ވައްދަން ފަށައިފަ އެވެ. އެހެން ނަމަވެސް، އިނގިރޭސި ސަރުކާރުގެ ނިންމުމަކާ ގުޅިގެން، ބުދަ ދުވަހުން ފެށިގެން ޕްރިމިއާ ލީގުގެ މެޗުތަކަށް ވަދެވޭނީ ނެގަޓިވް ޕީސީއާރް ޓެސްޓެއް ނުވަތަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަމުގެ ލިިޔުމަކާއެކު އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox