އޭސީސީ މެންބަރުން ވަކިކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ހުށަހަޅައިފި

މީގެ ކުރިން އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މީގެ ކުރިން އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް އެކަމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގެ ދަށުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ދައުރުން ބޭރު ޖަލްސާއެއް އެޖެންޑާކޮށްދިނުމަށް މަޖިލީހުގައި އެދިފައިވަނީ އެ ޕާޓީ ތަމްސީލް ކުރާ 65 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ސޮއިއާއެކު އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "އަދަދު"އަށް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި އެމްޑީޕީން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"އެ އެދުމާ ގުޅިގެން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް މަޖިލީހުގެ ރައީސް އަންނަނީ ކުރައްވަމުން. އެ ޖަލްސާ ތާވަލުކުރާނީ މާދަމާ ނޫނީ ހޯމަ ދުވަހަށްތޯ އަދި ނުނިންމަވާ،" ޒިޔާއު ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަނީ ކީއްވެ؟

އޭސީސީގެ ފަސް މެންބަރުން ވެސް ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ފަރާތުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ފަސް މެމްބަރުން ވަކި ކުރުމަށް ނިންމީ އޮޑިޓް އޮފީސް މެދުވެރިކޮށް އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ފާސްކޮށްފައި ވަނީ ވެރިކަން ހިންގާ އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއަށް ހާޒިރުވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓުންނެވެ. މެމްބަރުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަންޏެވެ.

ވަކިކުރުމަށް ނިންމި އޭސީސީގެ ފަސް މެންބަރުންނަކީ މަރިޔަމް ޝިއުނާ (ރައީސް) އާއި ފާތުމަތު އަނޫލާ އާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ. މީގެތެރެއިން އަލީ އަޝްރަފު ވަނީ މިދިޔަ ހަފުތާގެ ތެރޭ އިސްތިއުފާ ދެއްވާފަ އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީސީއަށް އެކަށީގެންވާ މިންވަރަކަށް މައްސަލަތައް ނުބެލެ އެވެ. ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގިނަކަން ފާހަގަކޮށް އޭސީސީން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނުކުރާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ވަކިކުރަން ނިންމި ދުވަހު އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވައި މުއައްސަސާއެއްގެ މިނިވަން ކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންސްތަކާއެކު, އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހޭ," ޝިއުނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް މި މަގާމުގައި މަސައްކަތް ކުރަނީ މާދަމާ ވެސް މި މަގާމުން ވަކިވެގެން ދާން ޖެހިދާނެ ކަމަށް, މިތަނަށް އަންނަ މެންބަރުންނަކީ ވަގުތީ މެންބަރުން, އެކަމަކު މުއައްސަސާއަކީ ދާއިމީ ތަނެއް, ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ އަބަދުވެސް ކުރެވެމުންދާ ކަމެއް,"

ޝިއުނާ ވިދާޅުވީ, އޭނާ އެ މަގާމު ނެތި އެހެން ބަޔަކު މަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގަ ލިބި, ވަސީލަތްތައް ލިބި, ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ޕޮލިޓިކަލް ވިލް, ސިޔާސީ ނިޔަތް އެ ގައުމެއްގައި އޮންނަން ޖެހޭ ކޮރަޕްޝަން ހުއްޓުވުމަށް," ޝިއުނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox