ޑެޕިއުޓީ މޭޔަރު ނަރީޝްގެ މައްޗަށް 35،000ރ.ގެ ދަރަންޏެއް ސާބިތުވެއްޖެ

ޑެޕިއުޓީ މޭޔަރު ނަރީޝް: 35،000 ގެ ސާބިތު ދަރަންޏެއް މަހެއްގެ ތެރޭގައި ދެއްކުމަށް ހުކުމެއް --

ޑެޕިއުޓީ މޭޔަރު ނަރީޝް: 35،000 ގެ ސާބިތު ދަރަންޏެއް މަހެއްގެ ތެރޭގައި ދެއްކުމަށް ހުކުމެއް --

މާލެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުއްޔަށް ނެގި، ދެ ކޮޓަރީގެ އެޕާޓްމެންޓަކަށް ދައްކަން ޖެހޭ 35،365.50ރ. އެއް މަހުގެ ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ތުނޑި. މެކްސް، ލ. ގަން، އަބްދުއްރަހްމާން އިދުރީސް، ޑެޕިއުޓީ މޭޔަރާ ދެކޮޅަށް އެ ކޯޓުގައި ދައުވާކުރީ އެއްލައްކައާ ގާތް ކުރާ އަދަދެއް ހޯދުމަށެވެ. އެއީ ކުލި ނުދައްކާ މަސްތަކަށްވާ ކުއްޔާއި، ޖޫރިމަނާއާއެކު، 90,000 ރުފިޔާއާއި، ކަރަންޓާއި ފެންބިލަށް ނުދައްކާވާ 8600 ރުފިޔާއާއެކު ޖުމްލަ 98،000 ރުފިޔާ އެވެ.

އެންމެ ފުރަތަމަ މި މައްސަލައިގެ ޑިސްޕުއިޓް ރިޒޮލިއުޝަން މަރުހަލާގައި ދައުވާއަށް ޖަވާބުދާރީވަމުން ނަރީޝް ވަނީ އެ ދަރަންޏަށް އިންކާރުކޮށް، އެއީ އޭނާ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުވާ ކުރާ ފަރާތަށް އޭނާ ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިދިޔަ މަހު ބޭއްވި އަޑުއެހުމެއްގައި ނަރީޝް ވަނީ އޭނާ ދައްކަން ޖެހޭ ފައިސާތަކެއް ކަމެއް އެއްބަސްވެފަ އެވެ. އެގޮތުން މިހާރު އަބްދުއްރަހްމާންއަށް ނުދެއްކި ވާނީ 35,000 ރުފިޔާ ކަމަށް އެ ދުވަހުގެ އަަޑުއެހުމުގައި އޭނާ ވިދާޅުވި އެވެ.

އެ ފައިސާ ދެއްކުމަށް ހަ މަސް ދުވަސް ދިނުމަށް ވެސް ޑެޕިއުޓީ މޭޔަރު އެދިވަޑައިގަތެވެ.

ނަމަވެސް އެކަމަށް ދައުވާ ކުރި ފަރާތުން އިންކާރުކުރި އެވެ. އޭނާ ވަނީ އެ ފައިސާއަކީ 2017 ވަނަ އަހަރުން ފެށިގެން ނުލިބިވާ ފައިސާއެއްކަން ފާހަގޮށް، އެންމެ ގިނަވެގެން މަހެއް ތެރޭ އެ ފައިސާ ބޭނުންވާ ކަމަށް ބުނެ، އެ ފަދައިން ހުކުމް ކޮށްދިނުމަށް އެދިފަ އެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިޔާއަތް ކުރުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ހުކުމް ކުރީ މި ހަފްތާގެ ހޯމަ ދުވަހު އެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކާއި، ޝަރީއަތުގެ އަޑުއެހުމުގައި ދެއްކި ވާހަކަތަކަށް ނަޒަރުކުރުކުރުމަށްފަހު، ގާޒީ ހާފިޒާ އަބްދުއްސައްތާރު ކޮށްފައިވާ ހުކުމްގައި ވަނީ ނަރީޝް ނުދައްކާވާ ކަމަށް އަމިއްލައަށް ވިދާޅުވި އަދަދު މަހެއްގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފަ އެވެ.

އެއީ މި މައްސަލަ ކުރިއަށް ދަނިކޮށް، ކައުންސިލް އިންތިހާބާ ދިމާކޮށް، 35,000 ރުފިޔާ ނަރީޝް އެ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާތީ އާއި، އެ އެޕާޓްމެންޓް ހިފަން އެޑްވާންސްގެ ގޮތުގައި ދެއްކި 28,000 ރުފިޔާ ދައުވާ ކުރި މީހާގެ އަތުގައި ހުރިކަން ޝަރީއަތަށް ސާބިތުވެފައި ވާތީ އެވެ.

މި މައްސަލައާއި ގުޅިގެން ނަރީޝް "އަދަދު" އަށް ވިދާޅުވީ، އެ ފައިސާ ގަވާއިދުން އޭނާ ދައްކަމުން ދިޔަ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ނުކުރާނެ ކަމަށާއި، އޭނާގެ މައްޗަށް ސާބިތުވެފައިވާ 35،000 ރުފިޔާގެ ދަރަނި ދައްކާ ހަލާސް ކުރާނެ ކަމަށެވެ.

"މިއީ ދެން އަނެއްހެން މައްސަލަ އެއްވެސް ނޫން. އެކަމަކު މި ފައިސާ ދައްކާ ހަލާސްކުރާނަން," ނަރީޝް ވިދާޅުވި އެވެ.

މިއަހަރުގެ އޭޕްރީމް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް، އެ ގޮނޑި ކާމިޔާބުކުރައްވާ ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް ވަޑައިގެންނެވިއިރު، އޭނާއަކީ މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމެއްވެސް ފުރުއްވި ބޭފުޅެކެވެ.

ފޯނެއް ގަތުމަށްފަހު ފައިސާ ނުދައްކައިގެން ވެސް ސާބިތު ދަރަނީގެ މައްސަލައެއް މީގެކުރިން އޭނާގެ މައްޗަށް ސާބިތުވެ ހުކުމް ކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox