ބޭބީސިޓް ކުރަން ހަވާލު ކުރި ދަރިފުޅު، ހުކުމާއެކު 15 އަހަރު ފަހުން މަންމައަށް ލިބެނީ

ފުރާވަރުގެ ކުއްޖެއް: ދަރިފުޅު ހޯދަން މަންމައަކު ކުރި މަސައްކަތަށް ވަނީ ކާމިޔާބު ލިބިފައި - ފޮޓޯ: އަދަދު

ފުރާވަރުގެ ކުއްޖެއް: ދަރިފުޅު ހޯދަން މަންމައަކު ކުރި މަސައްކަތަށް ވަނީ ކާމިޔާބު ލިބިފައި - ފޮޓޯ: އަދަދު

އާއިލީ ގުޅުމެއް ނެތް މީހަކު އަތުން އަމިއްލަ ދަރިފުޅު ހޯދުމަށް މަންމައަކު ކުރި މަސައްކަތް 15 އަހަރު ފަހުން ކާމިޔާބުވެއްޖެ އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ދަރިފުޅު, މަންމައާ ހަވާލުކުރުމަށް އަންގާފައިވާއިރު އެކަން ކާމިޔާބު ދައުލަތުގެ އެތައް މުއައްސަސާތަކަކާއި ކޯޓުތަކަށް ހިނގައި, އެތައް މަސައްކަތެއް ކުރި ފަހުންނެވެ.

އުމުރުން އެއް އަހަރުގައި ގެއްލިގެން ދިޔަ ދަރިފުޅު, ފުރާވަރަށް އަރައިގެން ދިޔައިރު މިހާތަނަށް ލޮލަށް ވެސް ފެނިފައިނުވެ އެވެ. އެކަމަކު, ހައިކޯޓުގެ ހުކުމާއެކު އޭނާ މިހާރު އެ ހުރީ އަލަތު ދަރިފުޅުގެ އިންތިޒާރުގަ އެވެ.

މިކަން ފެށުނު ގޮތް

ކައިވެނީގެ ބޭރުން 2004 ވަނަ އަހަރު އައިޝަތު (އަސްލު ނަމެއް ނޫން) އަށް ދަރިއަކު ލިބުނެވެ. އޭގެ އަހަރެއް ފަހުން އޭނާ ކައިވެނިކުރި އެވެ. އަދި އެ ކައިވެންޏަށް ދަރިއަކު ލިބުނެވެ.

ދެވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ކުއްޖާގެ އަތް ބިއްދައިގެން ދިޔުމުން ރަނގަޅު ސިއްހީ ފަރުވާ ލިބޭ ރަށަކަށް ދާން ޖެހުނެވެ. އެހެންވެ, އޭނާ އެ ރަށުން އެނބުރި އަންނަންދެން އަހުމަދާ (އަސްލު ނަމެއް ނޫން) އަލަތު ދަރިފުޅު ބެލުމަށް ހަވާލުކުރި އެވެ.

އެގޮތަށް އެ ދަރިފުޅު އަހުމަދާ ހަވާލުކުރީ އަހުމަދު ވެސް އެގޮތަށް އެދުމުންނެވެ. ކައިވެންޏެއްކޮށް އެ ރަށުގައި އުޅެމުން ދިޔަ އަހުމަދަށް ދަރިއަކު ނުލިބެ އެވެ. އައިޝަތު ސިއްހީ ފަރުވާއަށް ރަށުން ބޭރުގައި ހުއްޓައި އަހުމަދު ނިންމީ ދަރިފުޅު ގޮވައިގެން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރާށެވެ.

އެކަން އައިޝަތަށް އެނގުމުން ދަރިފުޅު ހަވާލުކުރުމަށް އެންގި އެވެ. ނަމަވެސް, އަހުމަދު, އޭނާގެ އާއިލާއާއެކު ދަރިފުޅު ގޮވައިގެން އެހެން ދުރު ރަށަކަށް ދިރިއުޅުން ބަދަލުކުރީ އެވެ. އެ ވަގުތުން ފެށިގެން އެ ކުއްޖާ ބަލަމުން އަންނަނީ އަހުމަދާއި އޭނާގެ އަންހެނުން, އަމިއްލަ ދަރިއެއް ގޮތަށެވެ.

އޭގެފަހުން އައިޝަތަށް ދަރިއާ ބައްދަލު ނުކުރެވޭއިރު, އޭނާ ދިޔައީ މުއައްސަސާތަކަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް އައިޝަތު މައްސަލަ ހުށަހެޅުމުން އެކަން ކޯޓު މެދުވެރިކޮށް ކުރިއަަށް ގެންދަން އެންގުމުން 2018 ވަނަ އަހަރު ތެރޭގައި އައިޝަތުގެ އުފަން ރަށު ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލާގައި އެ ކޯޓުގައި ޝަރީއަތް ހިންގުމަށް ނިންމީ ކުއްޖާ ބޭނުންވާނަމަ މަންމައާއެކު ދިޔުމަށް ފުރުސަތު ދިނުމަށެވެ. ހަޟާނަތު ހަވާލުކުރުމުގައި އެންމެ އިސްކުރަން ވާނީ މަންމަ ކަމަށްވާތީ އެ ކުއްޖާ ބަލައި އައިޝަތު ދިޔުމުން އެކަމާ ރުހި ދަރިފުޅު މަންމައާއެކު އަންނަން ތައްޔާރަށް ހުރިނަމަ އެކަމަށް ހުރަސް ނޭޅުމަށް އަހުމަދަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އެވެ.

އެކަމަކު, އެ ހުކުމާމެދު އައިޝަތު ހިތްހަމަނުޖެހޭތީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.

ހައިކޯޓާ ހަމައިން އައިޝަތަށް ކާމިޔާބު

އޭނާ ހައިކޯޓުގައި ފާހަގަކުރީ ދެ ކަމެކެވެ. ފުރަތަމަ ނުކުތާއަކީ މަންމަގެ ގާތަށް ދަރިފުޅު ދިޔުމަށް އިހްތިޔާރީ ގޮތުން ދޫކޮށްލާފައިވަނީ ގޯސްކޮށް ކަމެވެ. އެއީ ދަރިފުޅު ހުރި މާހައުލަކީ ޝަރުއީ އަދި ގާނޫނީގޮތުން އެ ދަރިފުޅު ނިސްބަތްވާ މާހައުލެއްކަމުގައި ނުވާތީ އެވެ.

އަނެއް ނުކުތާއަކީ އައިޝަތު ދަށު ކޯޓަށް ހުށަހެޅީ ހަޟާނަތުގެ މައްސަލައެއް ނޫން ކަމެވެ. ކުއްޖާ ބަލަމުން އަންނަނީ ކުއްޖާގެ ޝަރުއީ އަދި ގާނޫނީ ބެލެނިވެރިއަކަށް ވެސް ނުވާއިރު އެއީ ހަޟާނަތުގެ މައްސަލައަކަށް ނުވާނެ ކަމެވެ. އަދި އެއީ ކުއްޖާގެ މަސްލަހަތު އޮތް ހުކުމެއް ވެސް ނޫން ކަމަށް ފާހަގަކުރި އެވެ.

ހައިކޯޓުން ގަބޫލުކުރި ގޮތުގައި މެޖިސްޓްރޭޓް ކޯޓަށް އައިޝަތު ހުށަހެޅި މައްސަލައަކީ ހަޟާނަތުގެ މައްސަލައެއް ނޫނެވެ. އެހެންވެ, ހައިކޯޓުން ބަހުސަކަށް ދިޔައީ މަންމަ ގާތަށް ދާން އިހްތިޔާރީ ގޮތުން ދޫކޮށްލާފައި އޮތް ނުކުތާއަށެވެ.

އެ ކޯޓުން ބުނި ގޮތުގައި އަމިއްލައަށް ކުއްޖާގެ ކަންކަން ކުރެވޭ އުމުރަށް ދިއުމުން ނުވަތަ ވަކި އުމުރަކަށް ދިއުމުން ކުއްޖާ ދިރިއުޅޭނެ ފަރާތެއް އިހްތިޔާރު ކުރުމުގެ ހައްގު ކުއްޖާ އޮވެ އެވެ.

"ކުއްޖާގެ އުމުރުން ހަތް އަހަރު ފުރި ތަމްޔީޒު [ހެޔޮނުބައި ވަކިކޮށް ދެނެގަންނަން އެނގޭ ވަރުވުމުން] އުމުރަށް ދިއުމުން އެކުދިން އުޅޭނީ މަންމައާއި އެކުގައިތޯ ނުވަތަ ބައްޕައާއި އެކުގައިތޯ ބެލުމަށް އިހްތިޔާރު ދީ އެކުދިން އިހްތިޔާރު ކުރި މީހަކު ގާތު އުޅުމުގެ ހައްގު އެކުދިންނަށް ލިބިގެންވޭ،" ހުކުމުގައިވެ އެވެ.

ނަމަވެސް ހުކުމްގައި ފާހަގަކުރި ގޮތުގައި ކުއްޖާއަށް އިހްތިޔާރު ކުރުމުގެ ފުރުސަތު ދެވިފައިވަނީ ހަމައެކަނި ކުއްޖާގެ މައިންބަފައިން ތެރެއިންނެވެ. ދެން ކުއްޖާގެ އިހްތިޔާރަށް ބަލަނީ ގާނޫނީ ބަދަލުވެރިޔާއެއް ކޯޓުން ކަނޑައަޅާ ހާލަތްތަކުގަ އެވެ.

ޝަރުއީ ބަލަދުވެރިޔާ ނެތް ހާލަތެއްގައި ގާނޫނީ ބަލަދުވެރިޔާއަކަށް އާއިލީ ގޮތުން ގުޅުން ނެތް މީހަކަށް ވެސް ވެވިދާނެ އެވެ. މި މައްސަލާގައި ހިމެނޭ ކުއްޖާގެ ބައްޕައެއް ނެތުމުން އޭނާގެ ޝަރުއީ ބަލަދުވެރިއެއް ނެތެވެ. ނަމަވެސް, މިހާތަނަށް އޭނާގެ ގާނޫނީ ބަލަދުވެރިޔާއަކާ ގުޅޭ ގޮތުން ވެސް ކޯޓަކުން ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަދި އަހުމަދު, ކުއްޖާގެ ބަލަދުވެރިކަން ހޯދުމަށް ކޯޓެއްގައި އެއްވެސް ދައުވާއެއް ވެސް ކޮށްފައެއް ނުވެ އެވެ.

އެހެންވެ ހައިކޯޓުން ބުނީ ކުއްޖާ މިވަގުތު ހުރި މާހައުލަކީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ. އެއީ އޭގެ ސަބަބުން އިޖުތިމާއީ ގޮތުން ނޭދެވޭ ކަންތައްތަކަކަށް ފުރުސަތު ހުޅުވިގެން ހިނގައިދާނެތީ އެވެ.

"ކުޑަކުދިންގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްގެ ގޮތުގައި ކުއްޖާގެ މައިންބަފައިން ހިމެނިފައިވުމަކީ ކުޑަކުދިން އެއްވެސް ހަމައެއްނެތި މީހުންނަށް ދިނުމަށް ދެވިފައިވާ ހުއްދައެއް ނޫން," ހުކުމްގައި ބުންޏެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި ދަށު ކޯޓުން ކުއްޖާއަށް އިހްތިޔާރުދީ ކޮށްފައިވާ ހުކުމަށް ތާއިދުކޮށްފިނަމަ, އެއްވެސް އުސޫލެއް، ހަމައެއްނެތި، ގާނޫނުންނާއި ދައުލަތުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުޑަކުދިން ދިނުމާއި ކުދިން ވިއްކުމުގެ ސަގާފަތެއް މުޖުތަމައުގައި އާލާވެ ދިއުންފަދަ ނުރަނގަޅު ނަތީޖާއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންވެ, މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ކުއްޖާގެ މަންމައަށް އޭނާ ހަވާލުކުރުމަށް އަހުމަދުގެ މައްޗަށް އަމުރުކޮށްފަ އެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ (ރިޔާސަތު) އާއި އިސްފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަބްދުالله ހަމީދެވެ. މި ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އަހުމަދަށް އޮންނާނެތީ އައިޝަތަށް އަދިވެސް ދަރިފުޅާ ހަމައަށް ދިޔުމަށް ކުރަން ޖެހޭ އިންތިޒާރު ދިގުވެދާނެ އެވެ.

ނޯޓް: މައްސަލާގެ ބަވާތުން މީހުންގެ ނަމާއި ރަށުގެ ނަންތައް މި ލިޔުމުގައި ބޭނުންކޮށްފައިނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox