އެމްބާޕޭގެ 100 ވަނަ ގޯލާ އެކު މޮނާކޯ ބަލިކޮށް ޕީއެސްޖީ އަށް 13 ޕޮއިންޓުގެ ލީޑެއް

Dec 13, 2021, 3:04 AM
އެމްބާޕޭގެ 100 ވަނަ ގޯލާ އެކު މޮނާކޯ ބަލިކޮށް ޕީއެސްޖީ އަށް 13 ޕޮއިންޓުގެ ލީޑެއް

ޕެރިސް (ޑިސެމްބަރު 13) - ފްރެންޗް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ގޯލުތަކުން ޕީއެސްޖީން 2-0 އިން މޮނާކޯގެ މައްޗަށް ކުރިހޯދައި ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ފްރެންްްޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 18 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 17 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ރޭ މާސޭ އިން ވަނީ ސްޓްރާސްބޯ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. ރެނެސް ރޭ އަމިއްލަ ދަނޑުގައި 2-1 އިން ނީސް އަތުން ބަލިވެ، ތިން ވަނަ އަށް ވެއްޓުނީ އެވެ. ރެނެސް އަށް ލިބިފައިވަނީ 18 މެޗުން 31 ޕޮއިންޓެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު ރޭގެ މެޗަށް އެ ޓީމުން ނުކުތީ ޖޯޒީގައި ރަން ކުލައިން ނަމްބަރާއި ނަން ޖަހައިގެންނެވެ. އެއީ ދާދި ފަހުން ހަތް ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހޯދި, ޕީއެސްޖީގެ ލިއޮނަލް މެސީގެ ކާމިޔާބަށް ހާއްސަ ކުރުމުގެ ގޮތުންނެވެ.

ރޭގެ މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ އެމްބާޕޭ އެވެ. ކުރިން މޮނާކޯ އަށް ކުޅުނު އެމްބާޕޭ އެ ޓީމު ކޮޅަށް ޕީއެސްޖީ އަށް ކުރިހޯދައިދިނީ ޕެނަލްޓީ އަކުންނެވެ. މިއީ މޮނާކޯގެ ޖިބްރީލް ސިޑީބޭ ޕީއެސްޖީގެ އެންހެލް ޑި މާރިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެމްޕާބޭ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހި އެވެ. މިއީ ކައުންޓަ އެޓޭކެއްގައި މެސީ ހަމަޖެހިލާފައި އެމްބާޕޭ އަށް ދިނުމުން އޭނާ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު އެމްބާޕޭ ވަނީ ފްރެންޗް ލީގުގައި ޕީއެސްޖީ އަށް 100 ގޯލު ހަމަކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ އަކީ ފްރެންޗް ލީގުގެ ތާރީހުގައި އެއް ޓީމަކަށް 100 ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ޕީއެސްޖީއާ ގުޅުމުގެ ކުރިން ލީގުގައި އެމްބާޕޭ ވަނީ މޮނާކޯ އަށް 16 ގޯލު ޖަހައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox