ރޮނާލްޑޯގެ ޕެނަލްޓީން މޮޅުވެ ޔުނައިޓެޑް ފަސް ވަނަ އަށް

Dec 11, 2021, 7:42 PM
ރޮނާލްޑޯގެ ޕެނަލްޓީން މޮޅުވެ ޔުނައިޓެޑް ފަސް ވަނަ އަށް

ނޯވިޗް، އިންގްލެންޑް (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ނޯވިޗް ސިޓީ އަތުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީން 1-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް މި މެޗަށް ނުކުތްއިރު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެކަމަކު، މިރޭ ނޯވިޗް އަތުން މޮޅުވެ، ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން ވަނި އެއްވަރުކޮށްފަ އެވެ. ވެސްޓް ހޭމަށް ވަނީ 15 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑުން 27 ޕޮއިންޓް ހަމަކުރީ 16 މެޗުންނެވެ. ޔުނައިޓެޑް މޮޅުވުމުން މިރޭ ސައުތެމްޓަން އަތުން 3-0 އިން މޮޅުވި އާސެނަލް ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 16 މެޗުން ވަނީ 26 ޕޮއިންޓް ލިބިފަ އެވެ.

ނޯވިޗް ސިޓީގެ ކެރޯ ރޯޑްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. ފުރަތަމަ ހާފުގައި އޭރިއާތެރެއިން ނޯވިޗްގެ ފިންލެންޑް ފޯވާޑް ޓީމޫ ޕޫކީ އަށް ލިބުނު ބޯޅަ އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ. މި ހާފުގައި ޔުނައިޓެޑަށް ލީޑުނަަގައިދޭން އަލެކްސް ޓެލޭސް ޖެހި ހިލޭ ޖެހުމެއް ބޭރުވީ ނޯވިޗް ކީޕަރު ޓިމް ކްރުލް އަތުގައި ޖެހި އަދި ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.

ޔުނައިޓެޑް މޮޅުވި ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގައި ރޮނާލްޑޯ އެވެ. މިއީ ނޯވިޗްގެ މެކްސް އާރޮންސް އޭރިއާތެރެއިން ރޮނާލްޑޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނެ އެއް ކުޅުންތެރިއަކީ ކީޕަރު ޑޭވިޑް ޑެހެއާ އެވެ. ޑެހެއާ ވަނީ ނޯވިޗްގެ ޕޫކީ އާއި އޮޒާން ކަބަކް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ނޯވިޗަށް ގޯލު ޖަހައިދޭން އެ ޓީމަށް ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ސްކޮޓްލެންޑްގެ މިޑްފީލްޑަރު ބިލީ ގިލްމޯ ފޮނުވާލި ބޯޅައެއް ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބާއީ ފައިގައި ޖެހިފައި ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ކައުންޓަ އެޓޭކުގައި ޔުނައިޓެޑަށް ދެ ވަނަ ގޯލެއް ޖަހައިދޭން ރޮނާލްޑޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މާކަސް ރެޝްފޯޑް އޭރިއާތެރެއިން ހުސްކޮށްލާފައި ރޮނާލްޑޯ އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނޯވިޗް ލީގުގެ ފުލުގައި އޮތީ 16 މެޗުން 10 ޕޮއިންޓާ އެކު އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ޖަރުމަނުގެ ރަލްފް ރަންގްނިކް ހަވާލުވި ފަހުން ލީގުގައި އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވީ 1-0 އިންނެވެ. މިދިޔަ ހަފްތާގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކުރީ ވެސް 1-0 އިންނެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި ޒުވާން ޓީމެއް ގޮވައިގެން ޔުނައިޓެޑުން ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox