މާޝިއަލް ޔުނައިޓެޑް ދޫކޮށްލަން ބޭނުން، ޕޮގްބާ ގަދަކަމުން ނުބަހައްޓާނެ

Dec 11, 2021, 7:21 AM
މާޝިއަލް ޔުނައިޓެޑް ދޫކޮށްލަން ބޭނުން، ޕޮގްބާ ގަދަކަމުން ނުބަހައްޓާނެ

ލަންޑަން ( 11 ޑިސެމްބަރު) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއާލް ބޭނުންވަނީ އެ ޓީމު ދޫކޮށް، އެހެން ކްލަބަކަށް ބަދަލުވާން ކަމަށް އޭނާގެ އޭޖެންޓް ބުނެފައިވަނިކޮށް، ޔުނައިޓެޑުން އެ ޓީމުގެ ފްރާންސް ތަރި ޕައުލް ޕޮގްބާ ގަދަކަމުން ކްލަބްގައި މަޑުނުކުރުވާނެ ކަމަށް ބުނެފި އެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓަޑްގެ ފުރަތަމަ 11 އިން މާޝިއާލް އަށް ފުރުސަތު ލިބުނީ އެންމެ ދެ މެޗުގަ އެވެ. ޔުނައިޓަޑްގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވި ފަހުން ކުޅުނު މެޗެއްގައި މާޝިއާލް އަދި ނުފެނެ އެވެ.

ރަންގްނިކް ކުރިން ބުނީ މާޝިއާލް ،26، ޓީމުގައި ނެތީ އޭނާ އަށް ޓްރެއިނިންގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށެވެ.

ސްކައި ސްޕޯޓްސްއާ ވާހަކަދައްކަމުން މާޝިއާލްގެ އޭޖެންޓް ފިލީޕް ލަމްބޯލޭ ބުނީ ޔުނައިޓަޑްގައި މާޝިއާލް އަށް ކުޅުމުގެ ފުރުސަތެއް ނުލިބޭ ކަމަށާއި އޭނާ ބޭނުންވަނީ ޖެނުއަރީގެ ޓްރާންސްފާގައި އެހެން ޓީމަކަށް ބަދަލުވާން ކަމަށެވެ.

"މާޝިއާލް ހަމައެކަނި ބޭނުންވަނީ ކުޅުމުގެ ފުރުސަތު ލިބުން. އެހެންވެ އޭނާ ބޭނުމެއް ނުވޭ ޖެނުއަރީ (ޓްރާންސްފާގައި) ޔުނައިޓަޑްގައި މަޑުކުރާކަށް. އަހަރެން ވަރަށް އަވަހަށް ކްލަބާ ވާހަކަ ދައްކާނަން،" ލަމްބޯލޭ ބުންޏެވެ.

އިނގިޜޭސި ޕްރިމިއާ ލީގުގައި މިރޭ ނޯވިޗްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓަޑްގެ ކޯޗު ރަންގްނިކް ބުނީ ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިން ލޯނަކަށް ވިޔަސް ދޫކޮށްލުމަކީ އެ ކުޅުންތެރިޔާ އަށް އެންމެ ރަނގަޅު ގޮތަށް ވެދާނެ ކަމަށެވެ.

"އަހަރަމެން އެބަ ޔަގީންކުރަންޖެހޭ މިހާރު ސްކޮޑުގައި ތިބީ މި ކްލަބުގައި މަޑުކުރަން ބޭނުންވާ ކުޅުންތެރިންކަން. ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ނުލިބެންޏާ، އެންމެ ރަނގަޅު ގޮތަކީ ވަކިވަކިން ވާހަކަދެއްކުން. އެ ކުޅުންތެރިން ލޯނެއްގެ ގޮތުގައި ދޫކޮށްލުމަކީ ވެސް ހައްލަކަށް ވެދާނެ،" ރަންގްނިކް ބުންޏެވެ.

ފްރާންސްގެ މޮނާކޯ އިން 2015 ވަނަ އަހަރު މާޝިއާލް ޔުނައިޓަޑަށް ބަދަލުވީ 36 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. މިހާތަނަށް ޔުނައިޓަޑަށް ކުޅުނު 174 މެޗުގައި އޭނާ ވަނީ 56 ލަނޑު ޖަހައިފަ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑުން ދުނިޔޭގެ ރެކޯޑް ފީ އަކަށް އުމުރުން 28 އަހަރުގެ ޕޮގްބާ ގެނައީ 2016 ވަނަ އަހަރު އެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ ޕޮގްބާ ބޭނުންވާ ވަރުގެ މުސާރައެއް ދޭން ޔުނައިޓެޑުން ދެކޮޅު ހެދުމެވެ.

ރަންގްނިކް ބުނީ ޕޮގްބާ ޔުނައިޓެޑްގައި ބަހައްޓަން ބޭނުންވިޔަސް އޭނާ ބޭނުންނުވާ ނަމަ އެކަން ނުކުރާނެ ކަމަށެވެ. ޔުނައިޓެޑް ފަދަ ބޮޑު ޓީމަކަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއެއްގެ ވިސްނުން ބަދަލުކޮށްގެން އެކަން ކުރުވަން ބޭނުންނުވާ ކަމަށް ރަންްގްނިކް ވަނީ ބުނެފަ އެވެ.

"ހިނގާ އޭނަ (ޕޮގްބާ) އަނިޔާއިން ރަނގަޅުވެ ފިޓްވެގެން އެނބުރި ޓީމަށް އައީމަ ދެން ވާ ގޮތެއް ބަލަމާ،" ޕޮގްބާއާ ބެހޭގޮތުން ރަންގްނިކް ބުންޏެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox