ކޮވިޑާ ހެދި މެޗު ފަސްކުރާ އުސޫލެއް ސާފުވެފައި އޮންނަންޖެހޭ: އާޓެޓާ

Dec 11, 2021, 3:57 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޑިސެމްބަރު 11) - ކޮވިޑް-19ގެ ކޭސްތައް އިނގިރޭސިވިލާތުގައި ގިނަވަމުން އަންނަ މި ދަނޑިވަޅުގައި ހާލަތު ގޯސްވެ، ޓީމެއްގެ މެޗު ފަސްކުރަން ޖެހޭނެ ސަބަބުތަކެއް އެނގޭނެހެން އުސޫލުތަކެއް ސާފުކޮށް ފެންނަން އޮންނަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވެ، އާސެނަލްގެ އަވަށްޓެރި ކްލަބް، ޓޮޓެންހަމް އެންމެ ފަހުން ކުޅެން އޮތް ދެ މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ ޔުއެފާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެނެސްއާ ކުޅެން އޮތް މެޗާއި މާދަމާރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ދަނޑުގައި ކުޅެން އޮތް މެޗެވެ.

ލީގުގައި މިރޭ އާސެނަލުން ސައުތެމްޓަނާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުނީ މިހާރު ކަންތައްތައް ވަމުން އަންނަ ގޮތަށް ބަލާއިރު، މެޗު ކުޅެވޭނެ ހާލަތެއް ނުކުޅެވޭނެ ހާލަތެއް ބުނަން ނޭނގޭ ކަމަށާއި އެއީ ގޯހެއް ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު އާސެނަލްގެ ކޭމްޕްގައި ކޮވިޑް-19ގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާ ދުވަސްވަރެއްގައި އާސެނަލުން ވަނީ ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވެފަ އެވެ.

އާޓެޓާ ބުނީ ބްރެންޓްފޯޑް މެޗަކީ ވެސް ފަސްކުރަން ބަލާނަމަ އުސޫލަށް ފެތިދާނެ މެޗެއް ކަމަށާއި އެކަމަކު، އާސެނަލުން ކުޅެން ނިންމީ ކަން އޮތްގޮތް ސާފުނުވާތީ ކަމަށެވެ. މީގެ އެންމެ ރަނގަޅު ގޮތަކީ ޔުއެފާ އިން އަމަލުކުރަމުން އަންނަ ޕްރޮޓޮކޯލަށް އެންމެ ހަރުކަށިކޮށް އަމަލުކުރުން ކަމުގައި އާޓެޓާ ގަބޫލުކުރެ އެވެ.

"އަހަރެން ވެސް އެދެނީ އެންމެންގެ ރައްކާތެރިކަމަށް. އެއީ އެންމެ ފުރަތަމަ ކަންތައް. އެކަމަކު، އުސޫލެއްގެ ދަށުން ހިނގާ ކަމެއް ކަމުގައިވާނަމަ. އެ އުސޫލެއް އެބަޖެހޭ ސާފުވެފައި އޮންނަން،" ލީގުގެ ހަތް ވަނައިގައި އޮތް އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

ޔުއެފާ އިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވެ، ޓީމެއްގައި ފިޓްކޮށް ހުރެފިނަމަ ޝެޑިއުލްގައިވާ މެޗު ކުޅެން ޖެހޭނެ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން އަމަލުކުރަމުން އަންނަނީ ޔުއެފާ ޕްރޮޓޮކޯލަށެވެ. އިންގްލެންޑްގައި ވެސް ޔުއެފާ ޕްރޮޓޮކޯލަށް އަމަލުކުރާ ކަމަށް ބުނި ނަމަވެސް ގިނަ ފަހަރު އެކަން ކުރަނީ މެޗު ފަސްކުރަން ކްލަބަކުން ހުށަހަޅާ ގޮތަށާއި ހާލަތަށް ލީގު ބޯޑުން ބެލުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox