ގުރައިދޫ މަރުކަޒަށް އދ. ދިޔުމުން ފެނުނީ ބިކަވެ، ބާކީވެފައިވާ ބަޔަކު ދިރިއުޅެމުންދާ މަންޒަރު

ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ ބައެއް މީހުން: އދ. ބުނީ އެތަނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ ބައެއް މީހުން: އދ. ބުނީ އެތަނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކ. ގުރައިދޫގައި ސަރުކާރުން ހިންގާ މަރުކަޒު އޮތީ ވަރަށް ދަށް ހާލަތެއްގައިކަން ފާހަގަކޮށް، އެތަނަށް މުވައްޒަފުންނާއި ބަޖެޓާއި ސިއްހީ ހިދުމަތްދެވޭނެ ގޮތް ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ގޮވާލައިފި އެވެ.

ސަރުކާރުގެ ދައުވަތަށް ރާއްޖެ އައިސް 10 ދުވަހުގެ ތަހުގީގަކަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯކިން ގްރޫޕްގެ މެމްބަރު ޕްރިޔާ ގޮޕަލާން ވިދާޅުވީ މަރުކަޒުގައި ބަންދު ކުރާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މިންވަރާ ގާތް ކުރާ އަދަދަށް ވެސް އެތަނުގައި މުވައްޒަފުން ނެތް ކަމަށެވެ.

"މުވައްޒަފުން މަސައްކަތަށް ވަރަށް ޑެޑިކޭޓެޑް. އެމީހުންގެ މަސައްކަތް ފާހަގަކޮށް ތައުރީފް ކުރަންޖެހޭ. އެކަމަކު، ޑޮކްޓަރުންނާއި އިތުރު މުވައްޒަފުންނާއި ބަޖެޓު އެތަނަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒުގައި ތިބޭ މީހުންނާމެދު މުޖުތަމައިން ދެކޭ ގޮތް ވެސް ބަދަލު ކުރަންޖެހޭ ކަމަށް ޕްރިޔާ ވިދާޅުވި އެވެ.

"ފާހަގަ ކުރަންޖެހޭ ކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މުޖްތަމައިން ދެކޭ ނުރަނގަޅު ގޮތް. މިއީ ވަރަށް ސީރިއަސް މައްސަލައެއް. ބައެއް މީހުން މަރުކަޒުން ދޫކޮށްލުމުން ވެސް ތިބެނީ އެތަނުގައި. ސަބަބަކީ އާއިލާއިން އެމީހުން ބަލައިނުގަތުން. އަދި މިފަދަ ހާލަތްތަކުގައި އެމީހުންދާނެ އިތުރު ތަނެއް ސަރުކާރަކުން ނުދައްކާ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ބައްދަލުވުމުގައި ވޯކިން ގްރޫޕުގެ ޗެއާ ޑރ. އެލީނާ ސްޓެއިނާޓް ވިދާޅުވީ ސަރުކާރާއި ދިވެހި މުޖުތަމައިން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އިތުރަށް އަޅާލުންބަހައްޓަންޖެހޭ ކަމަށެވެ.

"ގުރައިދޫ ސެންޓަރަށް ސަރުކާރުގެ މާ ބޮޑު ސަމާލުކަމެއް ލިބޭކަން އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ. ދިވެހިން މުޖްތަމައިން ވެސް އެމީހުންނަށް އިތުރަށް އަޅާލައި، ނުކުޅެދުންތެރިކަން ހުންނަ، ސަޕޯޓާއި އަޅާލުން ބޭނުންވަ މީހުން ވެސް އުޅޭކަން ދަނެ، އެމީހުންގެ މަތިން ހަނދާންނައްތާނުލާ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކުރި ދަތުރުގެ ރަސްމީ ރިޕޯޓެއް އަދި އދ. ގެ ވޯކިން ގްރޫޕުން އެކުލަވާލާނެ އެވެ. އަދި އެ ރިޕޯޓް އަންނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox