މިއީ ފިލްމެއްގެ މަންޒަރެއް ނޫން، އުދުހޭ ކާރު ހަގީގަތަކަށް ވެއްޖެ!

އުދުހޭ ކާރު، ލިބަޓީ: މި ކާރު ޓެސްޓް ފްލައިޓްތަކުގެ މަރުހަލާ ވަނީ ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައި.

އުދުހޭ ކާރު، ލިބަޓީ: މި ކާރު ޓެސްޓް ފްލައިޓްތަކުގެ މަރުހަލާ ވަނީ ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައި.

މިއީ ދެން ހަމައެކަނި ފިލްމުތަކުގައި ފެންނާނެ މަންޒަރެއް ނޫނެވެ. ނެދާލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ޕާލް-ވީން އިން އުދުހޭ ކާރުގެ ހުވަފެން މި ވަނީ ހަގީގަތަކަށް ބަދަލުކޮށްލައިފަ އެވެ.

އެއީ މީގެ ކުރިން ފިލްމުތަކާއި ވާހަކަތަކުގައި އެންމެ ފޯރިގަދަކޮށް ދެކެވުނު އެއް ވާހަކަ އެވެ. އުދުހޭ ކާރެއް ދުއްވާ މަންޒަރު ފިލްމުތަކުން ނޫނީ ނުފެންނާނެ ކަމަށް އޮތީ ހީކުރެވިފަ އެވެ. އެކަން ކުށްހީއަކަށް ބަދަލުވެ، އުދުހޭ ކާރު ބާޒާރަށް ނެރުމުގެ ވަގުތު ވަނީ ކައިރިވެފަ އެވެ.

ނެދާލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ޕާލް-ވީން އުފެއްދި އުދުހޭ ކާރު، ލިބަޓީ ވަނީ އެންމެ ފަހުން ބޭއްވި ގުޑް ވުޑްސް ފެސްޓިވަލް އޮފް ސްޕީޑްގައި ދައްކާލައިފަ އެވެ.

Advertisement

ކުންފުނިތަކުން އުފައްދާފައިވާ ކާރުތައް ދައްކާލުމަށް ބޭއްވާ މި ފެސްޓިވަލްގައި ދުނިޔޭގެ ބޮޑެތި އެތައް ކުންފުންޏެއްގެ ކާރު ޑިޒައިންތައް ދައްކާލަ އެވެ. މިފަހަރުގެ ފެސްޓިވަލްގައި އުދުހޭ ކާރު ވެގެންދިޔައީ އެެހެން ހުރިހާ ކާރުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކާރަށެވެ.

ދެ މީހުންނަށް ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ކާރުގައި އުދުހިފައި 300 މޭލުގެ ދިގު ރާސްތާ އަކަށް ތިން ގަޑިއިރުގެ ތެރޭގައި ދެވެ އެވެ. އެއީ ޕެޓްރޯލް އަޅައިގެން ދުއްވާ ހަމަ ކާރެކެވެ. ނަމަވެސް އެންމެ ދިހަ މިނެޓުގެ ތެރޭގައި މަތިންދާ ބޯޓަކަށް ބަދަލުވެލުމުގެ ގާބިލްކަން ލިބިފައިވެ އެވެ.

ޓެސްޓުކުރުމުގެ މަރުހަލާތަކުގެ ތެރޭގައި މި ކާރު ވަނީ 142 ލޭންޑިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފަ އެވެ. މިހާރު ކުރިއަށް ދަނީ ބާޒާރަށް ނެރުމުގެ އެންމެ ފަހު މަސައްކަތްތަކެވެ.

މި ކާރުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 356،000 ޔޫއެއްސް ޑޮލަރެވެ. ފުރަތަމަ އުފައްދާ 350 ކާރު ވިއްކުމަށް ހަމަޖެހިފައިވަނީ 593،000 އެމެރިކާ ޑޮލަރަށެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox