ސަރުކާރު އޮތީ މަސްވެރިންނަށް ކަންފަތް ދީގެން

މަސް ދޯންޏެއްގައި ބަޔަކު ދޮށި އަޅަނީ: މަސްވެރިންގެ ޝަކުވާތައް އެބަހުރި-- ފޮޓޯ/ ޒުވާން މަސްވެރިޔާ

މަސް ދޯންޏެއްގައި ބަޔަކު ދޮށި އަޅަނީ: މަސްވެރިންގެ ޝަކުވާތައް އެބަހުރި-- ފޮޓޯ/ ޒުވާން މަސްވެރިޔާ

"މަސްވެރިންގެ އޮތީ އެއްމެ ޝަކުވާއެއް ދެ ޝަކުވާއެއް ނޫން. އެއަށްވުރެ ގިނަ ޝަކުވާ އެބަހުރި،" މަސްވެރިންގެ ކަންބޮޑުވުންތަކަށް އޮތް ހައްލަކީ ކޮބައިތޯ އެއްސެވުމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި އެވެ.

ސާޅީސް އެއް ވަނަ މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރާ ކ. ގާފަރުގައި ހުންނަވާ ހުސެން މިއަދު ވިދާޅުވީ މި ސަރުކާރުން ވެެރިކަމަށް އައިއިރު މަސްވެރިންކަމުގެ ދާއިރާގައި ގިނަ ގޮންޖެހުން ތަކެއް ހުރިކަމަށާއި މަސްވެރިކަމުގެ ދާއިރާ އަށް ސަރުކާރުން ގެންނަށް ބޭނުންވި ތަރަގީއަށް ކޮވިޑް-19 އާ ގުޅިގެން ލަސްވުމެއް އައި ކަމަށެވެ.

ކަނޑުމަތީގައި ލޯބޯ ފިއްސައިގެން މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ ބޮޑު ދެ ކަނބޮޑު ވުމަކީ ބާނާ މަސް ނުކިރުމާއި މަހަށް އެކަށީގެންވާ އަގު ނުލިބުމެވެ.

Advertisement
"ކެޕޭސިޓީ ނެތިގެންނެއް ނޫން މަސް ނުކިރެނީ. ކެޕޭސިޓީ އެބަހުރި. އެކަމަކު އެ އިރެއްގައި މަސްވެރިކަން ރަނގަޅުވާ ދިމާލެއްގައި އެ ތަނަކުން ހުރިހާ މަސްވެރިން މަސްކިރުވަަން ވިމާ މި މައްސަލަ މި ދިމާވަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ވާހަކަ ދައްކައިގެން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދީގެން ކަންކަން ހައްލުކުރެވޭނެ. އަޅުގަނޑު ރޭގައި ވެސް ގާފަރު މަސްވެރިންނާއި ބައްދަލުކުރިން. ބުނެ ދިނީމައި އެ ބޭފުޅުން ވެސް ގަބޫލުކުރޭ މި ވާގޮތް."

މަސްވެރިކަމުގައި ދެކެވަޑައިގަންނަވާ ބޮޑު މަންޒަރަކީ މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ކިރުވި ބާޒާރުން އެންމެ ރަނގަޅު އަގު ހޯދައިދިނުން ކަމަށް ހުސެން ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި، ދޮށީގައި މަސް ގަންނަ ހިސާބުން ފެށިގެން އެ މަސް ބޭރު ކުރެވެންދެން ނުވަތަ މަހުން އެހެން އުފެއްދުމެެއް ތައްޔާރު ކުރެވެންދެން މަހުގެ ކޮލިޓީ އެންމެ ރަނގަޅު ފެންވަރުގައި ހިފެހެއްޓުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސް ބާނާ ގޮތަށް ތައްޓުމަތީގައި ޖެހީމަ އެންމެ ރަނގަޅު ކޮލިޓީއެއްގައި ނުހުންނާނެ، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މިހާރު ވެސް މަސައްކަތްކުރޭ ރަނގަޅު ކޮލިޓީގައި ބަހައްޓަން،" ހުސެން ވިދާޅުވި އެވެ. "އެކަން ރަނގަޅު ކުރުމަށްޓަކައި ކުރެވޭނެ ކަމަކީ އެކަށީގެންވާ މިންވަރަށް އައިސް އެޅުން ނޫނީ ދޯނީގައި ފިނި ކުރެވޭނެ ނިޒާމު ހުރުން."

ހުސެން ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާނާ މަހުގެ ބޮޑު ބައެއް، އޭގެ އަގު އިތުރުވާނެ އިތުރު ގޮތެއް ނުހަދައި ބޭރު ކުރަމުން ގެންދިއުމަކީ ވެސް މަހަށް ލިބެން ޖެހޭ އެންމެ ރަނގަޅު އަގު ނުލިބޭ ސަބަބެކެވެ.

"ރާއްޖެއަކީ މަސްވެެރިކަމުގެ ރޯމެޓީރިއަށް އެއްކްސްޕޯޓު ކުރާ ގައުމެއްގެ ގޮތުގައި އޮވެގެނެއް މަސްވެރިކަމުން ލިބެން ޖެހޭ ފުރިހަމަ ފައިދާ އެއް ނުލިބޭނެ، ރާއްޖެއަށް ބާނާ، ފިނިކުރާ ކަޅުބިލަ މަހުގެ 94-97 ޕަސެންޓް އެސްޕޯޓް ކުރަނީ (ތައިލެންޑަށް) ޕްރޮސަސް ނުކޮށް. އެކަން އެގޮތަށް ކުރަން ޖެހެނީ އަޅުގަނޑުމެން އަމިއްލައަށް ޕްރޮސެސް ކުރުމުގެ، ތަކެތި އުފެއްދުމުގެ ގާބިލުކަން ނެތަތީ،" ހުސެން ވިދާޅުވީ އެ ގާބިލުކަން އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

ޔޫރަފަށް މަސް ބޭރުކުމަށް ޑިޔުޓީ ދައްކަން ޖެހުމާއި، ކޮޑިވް-19 އަށްފަހު ޕްރައިޓް ބޮޑުވުމާއި ވައިގެ މަގުން މަސް ބޭރުކުމަށް ޖާގަ ލިބުން ދަތިވުމަކީ ވެސް މަސްވެރިކަމާއި ގުޅިފައިހުރި ގޮންޖެހުންތައްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުމަށް ކުރިއަށްގެންދާ މައިގަނޑު ކަންތައްތައް ވެސް މިނިސްޓަރު ފާހަ ކުރެއްވި އެވެ.

100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ވަރަށް ފެލިވަރު ތަރައްގީ ކުރަނީ

ފެލިވަރު މަސް ފެކްޓަރީ-- ފައިލް ފޮޓޯ
ފެލިވަރު މަސް ފެކްޓަރީ-- ފައިލް ފޮޓޯ

ދަޅުގައި ބަންދުކުރުމަށްާޓަކައި ފެލިވަރު މަސް ފެކްޓަރީގައި މަސް ސާފުކުރަނީ -- ފައިލް ފޮޓޯ

މިނިސްޓަރު ހުސެން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޅ. ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުހާނާ އޮތީ ބާވެ ބާ ދަގަނޑަށްވެފަ އެވެ. އެއީ 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެކްޓަރީ އަކަށް ވިއަސް އެ ގާބިލުކަން މިހާރު 25 ޓަނަށް ވެއްޓިފައިވާ ކަމަށް ހުސެން ވިދާޅުވި އެވެ.

ހުސެން ވިދާޅުވީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ވަރަށް ފެލިވަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމާށެވެ. ފެލިވަރުގެ ބަނދަރު ވެސް ތަރައްގީކޮށް ފެލިވަރުގައި މިހާރު ހުރި 750 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އިތުރުން، އަލަށް 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް ބިޑު ކުރުމުގެ މަރުހަލާގައި، އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޑޫ ތަރައްގީ ކުރުމަށް 25 މިލިއަން ޑޮލަރު

ސައުދީ ފަންޑުގެ އެހީގައި ކޫއްޑޫ ތަރައްގީ ކުމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް ވަނީ އެކުލަވާފައިފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން ކޫއްޑޫ ތަރައްގީ ކުރާއިރު މިހާރު ހުރި ދެ ހާސް ޓަނުގެ ކޯލްޑް ސްޓޯރޭޖް، އިތުރު ހަތަރު ހާސް ޓަނަށް ބޮޑުކުމާއި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުން ހިމެނެ އެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު 50 ދޯނީގައި ބަހައްޓަނީ

ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމު (އާރު.އެސް.ޑަބްލިޔު) 50 ދޯންޏެއްގައި ގާއިމު ކުރުމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށް މިނިސްްޓަރު ވިދާޅުވި އެވެ. މިކަން ހިންގަނީ ވެސް ސައުދީ ފަންޑުގެ އެހީގަ އެވެ.

މިއަދު އެކަނި ވެސް ޖުމުލަ 125 ޓަނުގެ އައިސް ޕްލާންޓް

ފިޝަރީޒް މިނިސްޓަރު ވިދާޅުވި ދޯންޏަކަށް އަށް ޓަނުގެ ނުވަތަ 10 ޓަނުގެ އައިސް ބޭނުންވާއިރު، އައިސް ލިބުން ފަސޭހަ ކޮށްދިނުމަށް އައިސް ޕްލާންާޓް ތަކެއްގެ ހިދުމަށް މިއަދު ވެސް ފަށާފައިވާ ކަމަށެވެ.

  • ޅ. ފެލިވަރުގައި 50 ޓަނުގެ އައިސް ޕްލާންޓެއް.
  • ހއ. ހޯރަފުށީގައި 25 ޓަނުގެ އައިސް ޕްލާންޓެއް.
  • ރ. މަޑުއްވަރީގައި 25 ޓަނުގެ އައިސް ޕްލާންޓެއް.
  • ކ. ގާފަރުގައި 25 ޓަނުގެ އައިސް ޕްލާންޓެއް.

މިނިސްޓާރު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ދައުރު މަސްވެރިކަމުގައި އިތުރުވާން ޖެހޭ ކަމެވެ. މަސްވެެރިކަމަކީ ފައިދާހުރި ދާއިރާއެއްކަން އެ އިންޑަސްޓްރީގައި އިންވެސްޓް ކޮށްފައިވާ އަމިއްލަ ފަރާތްތަކުން ސާބިތުކޮށްދެމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން ބޭނުން ވަނީ މަސްވެރިކަމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަތައް އަޑުއަހައި، އެންމެން ގުޅިގެން މަސްވެެރިކަން ތަރައްގީ ކޮށްދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox