ފަހު މެޗުން ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއް ނުލިބުނު

Dec 9, 2021, 3:22 AM
ފަހު މެޗުން ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއް ނުލިބުނު

މޮސްކޯ (ޑިސެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފަހު މެޗުތަކުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.

ޗެލްސީން ރަޝިއާގެ ޒެނިޓް ޕީޓާސްބާގާ ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ޔުނައިޓެޑް ޒުވާން ޓީމެއް ގޮވައިގެން ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިންނެވެ.

ޒެނިޓްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ޓިމޯ ވާނާ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ކްލައުޑީނިއޯ އާއި ސަރްދާރް އަޒްމޫން ދެ ގޯލު ޖަހައި ޒެނިޓް ކޮޅަށް ނަތީޖާ އަނބުރާލި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ދެ ވަނަ ހާފްގައި ކުޅެން ނުކުމެ، ރޮމެލޫ ލުކާކޫ އާއި ވާނާ ޖެހި ގޯލުތަކުން އަނެއްކާ ވެސް ލީޑުނެގި އެވެ. މި މެޗުގައި ލުކާކޫ ޖެހި ގޯލަކީ އެންމެ ފަހުން 10 މެޗުގައި އޭނާ ޖެހި ފުރަތަމަ ލަނޑެެވެ. ޗެލްސީ މޮޅުވާނެ ކަމަށް ބަލައިގެން ހުއްޓައި، ޒެނިޓުން ވަނީ އިތުރު ވަގުތުގައި ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެެވެ. އޭރިއާ ރޮނގުކައިރިން މި ގޯލު ޖެހީ މަގޯމެޑް އޮޒްޑޯއޭވް އެވެ.

ގްރޫޕް އެޗްގެ އެއް ވަނަ ލިބުނީ ރޭ ސްވިޑެންގެ މަލްމޯ އަތުން 1-0 އިން މޮޅުވި ޔުވެންޓަސް އަށެވެ. މޮއިސޭ ކީންގެ ގޯލުން ރޭ މޮޅުވި ޔުވެންޓަސް ގްރޫޕް ސްޓޭޖު ނިންމާލީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޗެލްސީ އަށް ލިބުނީ 13 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވިނަމަ ޗެލްސީ އަށް ގްރޫޕްގެ އެއް ވަަނަ ލިބޭނެ އެވެ. މި ގްރޫޕްގެ ތިން ވަނަ ދިޔަ ޒެނިޓަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. މަލްމޯ މުބާރާތް ނިންމާލީ ޕޮއިންޓަކާ އެކު އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ޔުނައިޓެޑަށް އޮތީ ގްރޫޕްގެ އެއް ވަނަގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ. އެހެންވެ، ޔުނައިޓެޑުން ނެރުނީ ނިސްބަތުން ވަރަށް ޒުވާން ޓީމެކެވެ. ސީނިއާ ގިނަ ކުޅުންތެރިންނަށް ވަނީ ރެސްޓް ދީފަ އެވެ.

މެޗުގެ ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ މޭސަން ގްރީންވުޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަބިއަން ރެއިޑާ ވަނީ ޔަންގް ބޯއީސް އަށް އެއްވަރުކޮށްދީފަ އެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑްގެ އާ ކޯޗު ރަލްފް ރަންގްނިކްގެ ކޯޗުކަމުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެެވެ.

ޔުނައިޓެޑުން ގްރޫޕް އެފްގެ އެއް ވަނަ ހޯދީ 11 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ދެ ވަނަ އަށް ދާ ޓީމެއް އެނގޭނީ މިރޭ ވިޔަރެެއާލާއި އެޓަލަންޓާ ކުޅޭ މެޗަށް ފަހު އެވެ. ހަތް ޕޮއިންޓާ އެކު ވިޔަރެއާލް މި ވަގުތު ދެ ވަނައިގައި އޮތްއިރު ތިނެއްގައި އެޓަލަންޓާ އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ޔަންގް ބޯއީސް ހުރިހާ މެޗެއް ހަމަވިއިރު ލިބުނީ ފަސް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox