މުއްދަތުގައި ޓީޖެޓީ ހަވާލުނުކޮށްފިނަމަ، އެތަން އަތުލާނެ ކަމުގެ އިންޒާރު ދީފި

ޓީ ޖެޓީ: އެމްޕީއެލްގެ ބެލުމުގައި ދަށުގައި އޮތް މި ޖެޓީ އަތުލަން ސިޓީ ކައުންސިލުން ވަނީ އިންޒާރު ދީފައި -- ފޮޓޯ: ފުލިކާ ސުޖާ

ޓީ ޖެޓީ: އެމްޕީއެލްގެ ބެލުމުގައި ދަށުގައި އޮތް މި ޖެޓީ އަތުލަން ސިޓީ ކައުންސިލުން ވަނީ އިންޒާރު ދީފައި -- ފޮޓޯ: ފުލިކާ ސުޖާ

މޯލްޑިވްސް ޕޯސްޓް ލިމިޓެޓް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ ހަވާލުކުރަން ދިން މުއްދަަތުގައި އެކަން ނުކޮށްފިނަމަ، "ގަދަކަމުންވެސް އެ ޖެޓީ އަތުލާނެ" ކަމުގެ އިންޒާރު ސިޓީ ކައުންސިލުން ދީފި އެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުންގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާގައި މިއަދު ފާސްކުރީ އެމްޕީއަލްއަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ތެރޭގައި ޓީޖެޓީ، މާލެ ސިޓީ ކައުންސިލާ ހަވާލު ނުކޮށްފިނަމަ، އެ ޖެޓީ ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށެވެ.

އެ މުއްދަތު ހަމަވާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހަށެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، އަހަމަދު ނަރީޝް މި ނޫހަށް ވިދާޅުވީ ޖެޓީ ހޯދަން ކޯޓަށް ދާން ޖެހެއްޖި ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

"މިއީ އަސްލު ކޯޓަށް ދާންވެސް ޖެހޭ މައްސަލައެއް ނޫން. އެއީ ޕްލޭނިން މިނިސްޓްރީން އެމްޕީއެލްއަށް ޓީ ޖެޓީ ދިނީ ތިން އަހަރަށް، އެ މުއްދަތު ހަމަވެއްޖެ މިހާރު. އެހެންވީމަ މިހާރު އެއީ ސިޓީ ކައުންސިލްގެ ތަނެއް. އެހެންނަމަވެސް އެތަން އެމްޕީއެލަށް ދީފައިވާ މުއްދަތުގެ ތެރޭގައި ނުދީފިނަމަ، އަތުލަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން. ކޯޓަށްވެސް ދާނަން." ނަރީޝް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މިހާރު އެމްޕީއެމްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ, އަނެއްކާ ވެސް ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރުގައި ހަތަރު ފަހަރަށް އެދެފައިވާނެ ކަމަށެވެ. ނަމަވެސް އެތަން ދިނުމަށް ރައީސް އޮފީހުން އުޒުރުވެރިވި ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދައިފައިވާ އެގްރީމެންޓުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންކަމުން ގާނޫނީ ގޮތުން މިހާރު އެއީ ކައުންސިލްގެ ތަނެއް ނަމަވެސް، އެތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"އެމްޕީއެލާ ރައީސް އޮފީހުގަ އެދުނީ ޓީޖެޓީ އަލުން ކުރީގެ ގޮތަށް ސިޓީ ކައުންސިލަށް ހަވާލުކޮށްދިނުމަށް. އެއީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ދިނުމަށް. އެތަނުން ލިބޭ އާމްދަނީން ސިޓީ ކައުންސިލުން ވަރަށް ގިނަ ކަންކަން ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --

"ކޮންމެ މަހަކު ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް އެއީ. އެ ހުރިހާ ފައިސާއެއް ލިބެނީ އެމްޕީއެލް އަށް. އެ ފައިސާ ލިބިއްޖެ ނަމަ ބޭނުން ކުރެވޭނެ ކުނި މެނޭޖު ކުރުން ފަދަ އާމްދަނީ އިތުރުކުރަން ބޭނުންވާ ކަންކަންކަށް،"

ސިޓީ ކައުންސިލަށް ނުދޭން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް މާލޭ ރައްޔިތުންގެ ލާބަޔާއި މަންފާއާ ދެކޮޅަށް ނިންމެވި ނިންމުމެއް ކަމަށް ސިފަކުރައްވައި މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox