ހަޝޮގްޖީގެ މަރުގެ ތުހުމަތުވާ މީހަކު ޕެރިހުން ހައްޔަރުކޮށްފި

ޖަމާލް ހަޝޮގްޖީ އަކީ ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެއް. -- ފޮޓޯ: ރޮއިޓާޒް

ޖަމާލް ހަޝޮގްޖީ އަކީ ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެއް. -- ފޮޓޯ: ރޮއިޓާޒް

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ މަރުގައި ބައިވެރިވުމެއްވާ ކަމަށް ތުހުމަތު ކުރެވޭ ސައުދީ މީހަކު ފްރާންސް އިން ހައްޔަރުކޮށްފި އެވެ.

ފްރާންސްގެ ފުލުހުން ބީބީސީ އަށް ކަށަވަރުކޮށްދިން ގޮތުގައި ހާލިދް އައިދް އަލޮތައިބީ ހައްޔަރު ކުރީ އަންގާރަ ދުވަހު ޕެރިހުގައި ހުންނަ ޗާލްސް ޑެ ގޯލް އެއާޕޯޓުންނެވެ.

ލަފާކުރެވޭ ގޮތުގައި އޭނާ އަކީ ހަޝޮގްޖީގެ މަރާ ގުޅިގެން ތުރުކީ އިން ހޯދަމުންދާ ސައުދީގެ 26 މީހުންގެ ތެރެއިން އެކެކެވެ.

ސައުދީ އޮފިޝަލަކު ބުނީ އޭނާ ހައްޔަރު ކުރީ އޮޅިގެން ކަމަށާއި ހަޝޮގްޖީ މަރާލުމުގައި ބައިވެރިވި އެންމެންނަށް ސައުދީ އަރަބިއްޔާގައި ކުށް ސާބިތުވެފައިވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ އަލޮތައިބީ އަކީ ކުރިން ސައުދީގެ ޝާހީ ގާޑެކެވެ. އޭނާ މި ވަގުތު ހުރީ ކޯޓު މެދުވެރިކޮށް ބަންދުކޮށްފައި ކަމަށް އާރްޓީއެލް ރޭޑިއޯ އިން ބުންޏެވެ.

ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ހަޝޮގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގައި 2018 ވަނަ އަހަރު އެވެ.

ތުރުކީ އިން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލީ ސައުދީ ސަރުކާރުގެ އެންމެ އިސްވެރިންގެ އެންގުމަކަށެވެ. ނަމަވެސް ސައުދީ އިން އެކަން ދޮގުކުރެ އެވެ.

ހަޝޮގްޖީގެ މަރަށް ފަހު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަށެވެ. ނަމަވެސް އެމަނިކުފާނު ވަނީ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ސައުދީގެ ކޯޓަކުން 2019 ވަނަ އަހަރު ޝަރީއަތް ކުރުމަށް ފަހު ނަން ހާމަނުކުރާ އަށް މީހެއްގެ މައްޗަށް ހަޝޮގްޖީ މަރާލި ކަމަށް ސާބިތުވި އެވެ.

އޭގެ ތެރެއިން ފަސް މީހުންނަކީ ހަޝޮގްޖީ މަރާލުމުގައި ސީދާ ބައިވެރިވި މީހުންނެވެ. އެ މީހުންނަށް އިއްވި މަރުގެ ހުކުމް ފަހުން ވަނީ 20 އަހަރުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ.

އިތުރު ތިން މީހުންގެ މައްޗަށް ސާބިތުވީ އެ ހާދިސާ ސިއްރު ކުރި ކަމަށެވެ. އެ މީހުންނަށް އިއްވީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެވެ.

ހަޝޮގްޖީ އަކީ އަމިއްލަ އަށް ގައުމުން އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެމުން ދިޔަ ސައުދީ ނޫސްވެރިއެކެވެ. އޭނާ ވަނީ ސައުދީ ވަލީ އަހުދަށް ވަރަށް ބޮޑަށް ފާޑުކިޔައި ކޮލަމްތައް ދަ ވޮޝިންޓަން ޕޯސްޓު ނޫހުގައި ޝާއިއުކޮށްފަ އެވެ.

އޮކްޓޯބަރު 2، 2018 ގައި ހަޝޮގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންޒިއުލޭޓުގެ ތެރެއަށް ވަނީ ހަތީސޭ އާ ކައިވެނި ކުރަން ބޭނުންވާތީ އެކަމުގެ ލިޔެކިޔުންތައް ހުށަހެޅުމަށެވެ.

އެމެރިކާ އާއި ތުރުކީގެ އޮފިޝަލުން ބުނީ ކޮންޒިއުލޭޓު ތެރޭގައި އޭނާގެ އިންތިޒާރުގައި ތިބި ގްރޫޕަކުން، އޭނާގެ ކަރުގައި ހިފައި މަރާލުމަށް ފަހު، ހަށިގަނޑުގެ ގުނަވަންތައް ވަކިކުރި ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް މިއަދާ ހަމައަށް ވެސް ފެނިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox