ދިވެހި ބަހުން ލިޔާ ފޮތް މަދީތަ؟

ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކެއް ފޮތް ހަރެއްގައި -- އާޓްވޯކް: އަބްދުﷲ ޝަފީއު / އަދަދު

ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކެއް ފޮތް ހަރެއްގައި -- އާޓްވޯކް: އަބްދުﷲ ޝަފީއު / އަދަދު

ވަރަށް ފަހުން އަހަރެން ޤައުމީ ކުތުބުޚާނާ އަށް ޒިޔާރަތްކުރީމެވެ. ސްކޫލް ދައުރު ނިމުނު ފަހުން، އެންމެ ފަހުން އަހަރެން ޤައުމީ ކުތުބުޚާނާއަށް ވަނީ އައެލްޓްސް ޓެސްޓުގެ ވާހަކަދެއްކުމުގެ އިމްތިޙާނު ހެދުމަށް، މީގެ ދިހަ ވަރަކަށް އަހަރު ކުރިންނެވެ. އެހެންކަމުން، ލޮކަރަށް ދަބަސް ލުމަށްފަހު ތަޅުދަނޑި ޖިންސުގެ ފަހަތު ޖީބަށް ލައިގެން ސިޑިން މައްޗަށް އެރީ ވަރަށް އުއްމީދާއެކުގައެވެ.

މާސްކަކުން މޫނުގެ އެއްބައި ފޮރުވައިގެން ހުރިއިރުވެސް، އަހަންނަކީ ޢާއްމުކޮށް ލައިބްރަރީއަށް އަންނަ މީހެއް ނޫންކަން، ކައުންޓަރުގައި ހުރި ހުށިޔާރު މުވައްޒަފަށް އެނގުނުކަހަލައެވެ. ކައިރިއަށް އައިސް، ލައިބްރަރީގެ ޤަވާއިދުތަކާއި، ފޮތްތައް ހުރި ދިމަދިމާ ކިޔައިދޭން ފަށައިފިއެވެ. ކައުންޓަރު ކައިރިން ކަނައަތް ފަރާތަށް ފުރަތަމަ ޖެހުނު ދޮރު ދައްކާލާފައި، މިއީ ދިވެހި ބައޭ ބުނުމުން، ކެތްމަދުވެފައިވާ ހިތަކައިގެން އެ ދިމާއަށް ބޯ ދިއްކޮށްލީމެވެ. ހާދަ ކުޑަ ކޮޓަރިއެކެވެ. ފަހަރުގައި އެހެން ބައެއްގައިވެސް ދިވެހި ފޮތް ހުރީ ކަންނޭނގެއޭ ހިތަށް އެރިއެވެ. ބޭއިޚުތިޔާރުގައި "މި އެކަނިހޭ" އަހާލުމުން، ކައުންޓަރުގެ ފުރަގަހުން ތަނެއް ދައްކާފައި، އެއީ ކުޑަކުދިންގެ ފޮތްތައް ހުންނަ ތަނޭ އެ މުވައްޒަފު ބުންޏެވެ.

ފުރަތަމަ ދުވަހުވެސް ތަނާ ބެހޭގޮތުން ތަޢައްޞަބެއް އުފައްދާކަށް ބޭނުމެއް ނޫނޭ ހިތައި، ދިވެހި ފޮތްތަކާ ދިމާއަށް ހިނގައިގަތީމެވެ. އެހެން ނަމަވެސް މިހާރު، އިހު ހުރި ޖޯޝެއް ނެތެވެ. އުއްމީދުގެ ހުޅުކޮޅު ވަނީ ފަނޑުވެފައެވެ. އެންމެ ހައެއްކަ ހަރެވެ. ގިނައީ އެއް ފޮތެއްގެ އެތައް ޕްރިންޓެކެވެ. ތެދުތެދަށް ބުނާނަމަ، ބައެއް ފިހާރަތަކުގެ ފޮތް ހަރުންވެސް މިއަށްވުރެ ސިންދަފާތު ބޮޑު ދިވެހި ފޮތްތަކުގެ އަރުޝީފެއް ފެނުނީހޭ އަހަރެން ހިތައް އެރިއެވެ. މަޑުމަޑުން ފަހަރަކު ހަރެއް ބަލަން ފަށައިފީމެވެ. ފަހަރަކު ފޮތެއްގެ ބަނޑޭރިގަނޑު ބަލަމުންދިޔައީ އާ ފޮތެއް ނުވަތަ ނުދަންނަ ފޮތެއް ފެނުމުގެ ނަޞީބު ލިބޭތޯއެވެ. ލޮލުގައި އަޅައިގަތީ ބާ ފޮތްތައް ގިނަ ހަރުތަކެކެވެ. ކުރީ ޒަމާނުގެ އަދަބީ ފޮތްތަކުގެ އިތުރުން މަޖައްލާތަކުގެ ގިނަ ޢަދަދުތަކެއް އެއް ފޮތަކަށް ބައިންޑުކޮށްފައި ހުރި "ކަލެކްޝަން"ތަކެކެވެ. މި މަންޒަރު ފެނި ދެރަވެސް ވިއެވެ. ބައެއް ގޭގެއިންނާއި ސްކޫލްތަކާއި ޔުނިވަރސިޓީތަކުން ފެންނަ ކުތުބުޚާނާތައް ޤައުމީ ކުތުބުޚާނާއަށް ވުރެ މުއްސަނދީތޯ ސުވާލު އުފެދިގެންނެވެ.

މައްސަލައަކީ ކޮބައިތޯއެވެ؟ އަހަރެން ކުތުބުޚާނާއަށް ނުފަރިތައީ ބާވައެވެ؟ ފަހުގެ ލިޔުންތައް ކުތުބުޚާނާއަށް ހަދިޔާ ކުރެވޭ ވަރު މަދީބާއެވެ؟ މިއީ ކުތުބުޚާނާގެ މައްސަލައެއް ބާއެވެ؟ ނުވަތަ ބެލެނިވެރި ވުޒާރާގެ މައްސަލައެއްބާއެވެ؟ ފޮތްތައް ޝާއިޢުކޮށް، މާކެޓުކޮށް، ޕްރޮމޯޓުކޮށް ވިއްކާނޭ ޕަބްލިޝިން ހައުސަސް ނެތް މައްސަލަ ބާވައެވެ؟ ފޮތް ޗާޕުކޮށްގެން ވިއްކާނަމަ، ފައިދާ ނުޖެއްސެނީ ބާވައެވެ؟ ނުވަތަ ކަރުދާހުގައި ޝާއިޢުކުރުން ހުއްޓާލައި، އޮންލައިންކޮށް ޝާޢިއުކުރުމުގެ ޘަޤާފަތެއް އުފަންވީބާވައެވެ؟ ޔަޤީންވާ ކަމަކީ ދިވެހި ބަހުން ލިޔެފައި ހުންނަ ތަކެތި ކިޔާނޭ އޯޑިއަންސެއް އެބަ އޮތްކަމެވެ. މަދުވަނީ، ނުވަތަ ހޯދަން އުނދަގުލީ، އާބާދީގެ އެކި އުމުރުފުރާގެ، އެކި ވިސްނުމުގެ މީހުން ގަޔާވާ ފަދަ ފޮތްތަކެވެ.

ދިވެހި ފޮތް ނުވިކެނީ ކީއްވެގެންތޯ ވިސްނާލަމާތޯއެވެ. ފުރަތަމަ ކަމަކަށް، ގިނަ ފޮތްތައް ޝާއިޢުކުރަން މި ޖެހެނީ ލިޔުންތެރިޔާ އަމިއްލައަށް ދަރާ ވިކިގެންނެވެ. ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގައި ވައިގައި ހިފާލި ފޮތް ޗާޕުކުރުމާއި ޝާއިޢުކުރުމުގެ ފޯރި ނެތިގެން ހިނގައްޖެއެވެ. އެންމެ ފަހުންވެސް ގިނަ ޢަދަދެއްގެ ލިޔުންތެރިންގަ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ޝާއިޢުކުރި ޕަބްލިޝިން ހައުސްއެއްގެ ގޮތުގައި ފެނިގެންގޮސްފައިވަނީ ނޮވެލްޓީއެވެ. ދިވެހި ލިޔުންތެރިން ބޭނުންވަނީ އަލްމަރްޙޫމް ޢަލީ ޙުސައިން ފަދައިން، އެ ފަދަ ޝަޢުޤުވެރިކަން ދައްކަވައިގެން ދިވެހި ލިޔުންތައް ޝާއިއުކޮށްދެއްވާނެ ޕަބްލިޝަރުންތަކެކެވެ.

ދެން މިއޮތީ ޒަމާނާއި ޓެކްނޮލޮޖީއަށް އައި ބަދަލުތަކުގެ ވާހަކައެވެ. ހުރިހާ ކަމެއް ވެސް "އޮންލައިން" ވީ ވާހަކައެވެ. އޮންލައިން ފޮތްތަކުގެވެސް އަގެއް ހުންނާނީ އެ މަސައްކަތްތައް އަގުދީގެން ވިއްކާ މަސައްކަތްތަކެއްގެ ގޮތުގައި ހުރީމާ ނޫންހެއްޔެވެ؟ ލިޔުންތެރިން، ޚާއްޞަކޮށް ވާހަކަ ލިޔުންތެރިން އެމީހުންގެ ލިޔުންތައް ޢާއްމުކުރަން ބޭނުންނަމަ، ގިނަ ފަހަރަށް މި ޖެހެނީ "ރޯޔަލްޓީޒް" ދޫކޮށްލާފައި، އެޕިސޯޑަކަށް ވަކި އަގެއްގެ ރޭޓުން، ނުއަގުގައި ވެބްސައިޓްތަކަށް ވާހަކަ ވިއްކާށެވެ. އުފެއްދުންތެރި ދިވެހި ވިޔަފާރިވެރިން މި ގޮންޖެހުމުން އަރައިގަތުމަށްވެސް ޙައްލެއް ހޯދަން އެބަޖެހެއެވެ. ގައިމު މި ނޫން ޤައުމުތަކުގައިވެސް ޕްރިންޓުކޮށްފައި ހުންނަ ފޮތްތަކާއި އިލެކްޓްރޯނިކް ފޮތްތަކަށްވެސް މާކެޓެއް އޮވެއެވެ. ލިޔުންތެރިންނަކީ އަގުހުރި ބަޔަކަށް އަދި ލިޔުންތެރިކަމަކީ އާމްދަނީ ލިބޭ ފަންނަކަށް ހަދަންވީއެވެ.

ދެން އޮތީ ލިޔުންތެރިންނާއި ޕަބްލިޝަރުން ކުރަން ފެންނަ އެންމެ މުހިއްމު މަސައްކަތެވެ. މާކެޓު ދިރާސާކުރާށެވެ. ދިވެހި ފޮތްތަކުގެ ތެރޭގައި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ބޭނުންތެރި ދާއިރާތައް ހޯދައި އެ ދާއިރާތަކުގައި ހުރި "ވެކިއުމް"ތައް ނުވަތަ ހުސްކަން ފިލުވާލަމާ ބަހީއެވެ. މުހިއްމު ލިޔެކިޔުންތައް "ރީޕަބްލިޝް" ކުރަން ވީއެވެ. މުހިއްމު މަސައްކަތްތަކުގެ ވާރިސުންގެ ހުއްދަ ހޯދައިގެން އެ މަސައްކަތްތައް އަލުން ޝާއިޢުކުރެވޭނޭ މަގު ކޮށާންވީއެވެ. އަދި މި ރޮނގުރޮނގުން ދިރާސާކުރުމަށްފަހު ނެރޭ ފޮތްތައް ވަރުގަދައަށް މާކެޓުވެސް ކުރަންވީއެވެ.

މި ހުރިހާ ކަމެއް ކޮށްގެން ފޮތް މަދުވުމުގެ މައްސަލަ ހައްލުވާނެހެއްޔެވެ؟ ޚުދު އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަކީ ވިޔަފާރިވެރިއެއް ނޫނެވެ. އަހަރެންނަކީ ފޮތް ކިޔާ ހިތްވާ މީހެކެވެ. މުސްކުޅި ފޮތްފޮތުގެ ކަރުދާހަށް އަރާފައި ހުންނަ މަޑު މުށިކުލައަށް ލޯބިކުރާ މީހެކެވެ. ތާނަ އަކުރު ލިޔެފައި ހުންނަ އިރު އެ ފެންނަ ތަރުތީބުކަމަކާއި ކަވިކަން ފެނުމުން އުފާވާ މީހެކެވެ. ދުވަސްވީ ފޮތްފޮތުގެ ކަރުދާހުން ވަސްގަންނަ ހިތްވާ މީހެކެވެ. މަހު މުސާރަ ލިބުމާއެކު ނޮވެލްޓީ އާއި އަސްރަފީގެ ފޮތް ހަރުތަކަށް ބުޅިއެއްލާ މީހެކެވެ.

އަހަރެން ބޭނުންވަނީ އެ ބުޅީގައި ގަންނާނޭ ގިނަ ފޮތްތަކެކެވެ. އަހަރެން ބޭނުންވަނީ ޤައުމީ ކުތުބުޚާނާއަށް ވަންނަ އިރު، ދިވެހި ބަހަށް ޚާއްޞަކުރެވިފައިވާ ބަޔަކީ އެންމެ ބޮޑު، އެންމެ ހަރުތައް ގިނަ ބަޔަށް ވާށެވެ. އަހަރެން ބޭނުންވަނީ ކޮންމެ ދާއިރާއަކުން މަޢުލޫމާތު ހޯދަން ބޭނުންވިޔަސް، އެ ކަމަކާ ގުޅޭގޮތުން ލިޔެފައި ހުންނަ ދިވެހި ފޮތްތައް ފަސޭހައިން ފެންނާން ހުންނާށެވެ. ދިވެހި ބަހާ މެދު ފަޚުރުވެރިވާނޭ އިތުރު ސަބަބެއް ކަމުގައި ބެލޭނޭ، ދިވެހި ބަހުން ލިޔެފައިވާ ފޮތްފޮތުގެ ބިޔަ އަރުޝީފެއް އެކުލަވާލެވިފައި އޮންނާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox