އެމްބާޕޭގެ ރެކޯޑް ގޯލާ އެކު ޕީއެސްޖީ އަށް މޮޅެއް، ރެއާލަށް އެއް ވަނަ

Dec 7, 2021, 10:35 PM
އެމްބާޕޭގެ ރެކޯޑް ގޯލާ އެކު ޕީއެސްޖީ އަށް މޮޅެއް، ރެއާލަށް އެއް ވަނަ

ޕެރިސް (ޑިސެމްބަރު 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކީލިއަން އެމްބާޕޭގެ ރެކޯޑް ގޯލާ އެކު ޕީއެސްޖީން 4-1 އިން ކްލަބް ބްރޫޖެސް އަތުން މޮޅުވިއިރު، އިންޓަ މިލާން 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތު އަނެއް ބުރުގެ ޖާގަ ހޯދައިފި އެވެ.

ބްރޫޖެސް ކޮޅަށް ޕީއެސްޖީގެ އެމްބާޕޭ ވަނީ މިރޭ ހަތް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލާ އެކު އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި 31 ގޯލު ހަމަކޮށްފަ އެވެ. އެމްބާޕޭގެ އުމުރަކީ 22 އަހަރާއި 352 ދުވަހެވެ. ކުރިން އެ ރެކޯޑް އޮތީ 23 އަހަރާއި 131 ދުވަހުން 30 ގޯލު ހަމަކުރި ލިއޮނަލް މެސީ އަތުގަ އެވެ.

މިރޭ ބްރޫޖެސް ކޮޅަށް ޕީއެސްޖީގެ މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު އޭރިއާބޭރުން ޖެހިއިރު، ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. ބްރޫޖެސް އިން ވެސް ވަނީ މެޗުގައި ގޯލެއް ޖަހައިފަ އެވެ. ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ކައިރިން މި ގޯލު ޖެހީ މެޓް ރިޓްސް އެވެ.

Advertisement

ގްރޫޕް އޭގެ އެއް ވަނަ ހޯދި މެންޗެސްޓާ ސިޓީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ބައްޔަކުންނެވެ. އާރްބީ ލައިޕްޒިގު އަތުން ސިޓީ މިރޭ ބަލިވީ 2-1 އިންނެވެ. ލައިޕްޒިގުން މި މެޗުގައި ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ޑޮމިނިކް ސޮބޯޒްލާއި އާއި އަންޑްރޭ ސިލްވާގެ ގޯލުން ލައިޕްޒިގު ދެ ގޯލުގެ ލީޑެއް ނެގިއިރު، ރިޔާދު މާރޭޒް ވަނީ ގޯލެއް ޖަހައި ސިޓީ އަށް އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ސިޓީގެ ކައިލް ވޯކާ އަށް ރަތް ކާޑެއް ފަހުން ދެއްކިއިރު، ދެ ވަނަ ގޯލެއް ނުޖެހި އެ ޓީމު ބަލިވީ އެވެ.

ސިޓީ ގްރޫޕް އޭގެ އެއް ވަނަ ދިޔައީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޕީއެސްޖީ އަށް 11 ޕޮއިންޓް ލިބުނުއިރު، ލައިޕްޒިގު ތިން ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ފުލަށް ދިޔަ ބްރޫޖެސް އަށް ހަތަރު ޕޮއިންޓް ލިބުނެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް އިންޓަ އާއި ރެއާލަށް އޮތީ ދެ ވަނަ ބުރު ޔަގީންވެފަ އެވެ. އެހެންވެ، މެޗުގެ ވާދަވެރިކަން ބޮޑުވެފައި އޮތީ އެއް ވަނަ މަގާމަށެވެ.

ރެއާލުން ޓޯނީ ކްރޫސް އާއި މާކޯ އަސެންސިއޯގެ ގޯލުތަކުން މޮޅުވި މި މެޗުގައި އިންޓަގެ ނިކޯލޯ ބަރޭލާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލާއި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނަ ރެއާލުން ހޯދީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ އިންޓަ އަށް 10 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ޝެރިފް އަށް ހަތް ޕޮއިންޓް ލިބުނެވެ. ފުލަށް ދިޔަ ޝަހުތަރު ނިންމާލީ ދެ ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox